Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ހޯމަ ދުވަހުގެ ހެނދުނުން ފެށިގެން، އިސްރާއީލުގެ ބާރުތަކުން ޣައްޒާގެ 5 ސަރަޙައްދަކަށް ބޮން އަޅައިފި

އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާތަނަށް މަދުވެގެން 46,584 ފަލަސްޠީނު މީހުން ޝަހީދުވެފައިވޭ.

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2025 | އަންގާރަ 01:54
2025 ޖެނުއަރީ 11 - ޣައްޒާގެ ދީރުލް ބާލާހުގައި ޓެންޓުތަކަށް އިސްރާއީލުން ދިން ހަމަލާއަށް ފަހު ކުޑަކުދިން ހިމެނޭ ގޮތަށް ފުރާނަ ގެއްލުނު މީހުންގެ ހަށިގަނޑުތައް އަލް އަގްސާ ޝަހީދުންގެ ހޮސްޕިޓަލަށް ގެންނަނ

ހޯމަ ދުވަހުގެ މެންދުރުފަހު، އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާ ސިޓީ އަށް ވައިގެ މަގުން ދިން ހަމަލާތަކުގެ ސަބަބުން 4 ފަލަސްޠީނު މީހުން ޝަހީދުވެ، އަދި އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ސަރަޙައްދުގެ މެޑިކަލް މަސްދަރުތަކުން މަޢުލޫމާތު ދިން ގޮތުގައި، ޝައިޚް ރަޟްވާން ސަރަޙައްދުގައި އެއްވެ ތިބި އާންމުންގެ ބަޔަކަށް އިސްރާއީލުގެ ބާރުތަކުން ދިން ހަމަލާއެއްގައި 2 އާންމު ރައްޔިތުން ޝަހީދުވެ، އިތުރު ބަޔަކަށް އަނިޔާވިއެވެ.

މީގެ އިތުރުން، ޣައްޒާ ސިޓީގެ އަލް-ޔަރްމޫކް ސަރަޙައްދާ ކައިރިން އާންމުންގެ ބަޔަކު އެއްވެ ތިބި ތަނަކަށް ދިން އިތުރު ވައިގެ ހަމަލާއެއް ގައި އިތުރު 2 މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވި ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

ހޯމަ ދުވަހުގެ ހެނދުނުން ފެށިގެން، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާ ސްޓްރިޕްގެ ތަފާތު 5 ސަރަޙައްދަކަށް ވައިގެ ހަމަލާތައް ދީފައިވާކަމަށާއި، މިކަމުގެ ސަބަބުން މީހުން މަރުވުމުގެ އިތުރުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ސަރަޙައްދުގެ މަސްދަރުތަކުން މަޢުލޫމާތު ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، އިސްރާއީލުގެ އާޓިލަރީން ޣައްޒާ ސްޓްރިޕްގެ ދެކުނުގައިވާ ރަފަހްގެ އުތުރު ސަރަޙައްދުތަކުގައި ހުރި ގެތަކަށް ބަޑިޖަހާފައިވެއެވެ.

ޣައްޒާ ސްޓްރިޕްގެ އުތުރުގައިވާ ބައިތު ހާނޫންގައި ހުރި ގިނަ އަދަދެއްގެ ގެތަކެއް އިސްރާއީލުގެ ބާރުތަކުން ހުޅުޖަހާ ރޯކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާތަނަށް މަދުވެގެން 46,584 ފަލަސްޠީނު މީހުން ޝަހީދުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ. އޭގެ އިތުރުން، 109,731 އަށްވުރެ ގިނަ މީހުން އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވެފައިވެއެވެ.               

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް

05 ސެޕްޓެމްބަރު 2017
ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް
29 އޯގަސްޓު 2017

އިންޑިއާގެ ފާދިރީ ރަމް ރަހީމްގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި

29 އޯގަސްޓު 2017
އިންޑިއާގެ ފާދިރީ ރަމް ރަހީމްގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި
22 އޯގަސްޓު 2017

އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

22 އޯގަސްޓު 2017
އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!
01 އޯގަސްޓު 2017

މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި

01 އޯގަސްޓު 2017
މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި
23 ޖުލައި 2017

ދެދުވަހުގެ ދަތުރުފުޅެއްގައި އުރުދުޣާން ގަލްފަށް

23 ޖުލައި 2017
ދެދުވަހުގެ ދަތުރުފުޅެއްގައި އުރުދުޣާން ގަލްފަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު