Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެަޣައްޒާ ހަނގުރާމަ

ޤަޠަރުގެ އަމީރު ހަމާސް އަދި އެމެރިކާއާއެކު ޣައްޒާގެ ހަނގުރާމަ ހުއްޓުވުމާބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި

މެދުވެރިން ހޯމަ ދުވަހު އިސްރާއީލާއި ހަމާސްއަށް ޣައްޒާގެ ހަނގުރާމަ ނިންމުމަށް އެކުލާވާލާ އެއްބަސްވުމުގެ ފަހުގެ ޑްރާފްޓެއް ހުށަހަޅާފައިވާކަމަށް މަޝްވަރާތަކާ ބެހޭ މަޢުލޫމާތު ލިބިފައިވާ އޮފިޝަލެއް ބުނެފައިވޭ. ހަމާސް އިން އަބަދުވެސް ބުނެފައިވަނީ އެއްބަސްވުމުގެ ތެރެއިން ހަނގުރާމަ ދާއިމީކޮށް ނިމި، އިސްރާއީލު ސިފައިން ޣައްޒާ އިން ފައިބައިގެން ދާން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އިސްރާއީލުން ބުނެފައިވަނީ ހަމާސް ނައްތާލުމުގެ ކުރިން ހަނގުރާމަ ނުނިންމާނެ ކަމަށެވެ.

ރާއްޖެ އެމްވީ | 13 ޖެނުއަރީ 2025 | ހޯމަ 21:30
ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދުް އަލް ތާނީ

ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދުް އަލް ތާނީ

ޤަޠަރުގެ ވެރިކަން ކުރައްވާ އަމީރު ހޯމަ ދުވަހު ހަމާސްގެ އިސް އޮފިޝަލް ޚަލީލް އަލް-ހައްޔާ ހިމެނޭ ގޮތުން ހަމާސްގެ ވަފުދަކާ ބައްދަލުކުރައްވައި، ޣައްޒާގެ ހަނގުރާމަ ހުއްޓުވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިކަމަށް އަމީރުގެ އޮފީހުން ބުނެފައިވެއެވެ.

މި ބައްދަލުވުން ބޭއްވުނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ކައިރިވެފައިވާކަމުގެ އުންމީދުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަމީރުގެ އޮފީހުން އިތުރަށް ބުނެފައިވަނީ ޝައިޚް ތަމީމް އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން ހޯމަ ދުވަހު ފޯނުން ވާހަކަދައްކަވައި، ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

އަދި އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުއިރުމަތީގެ ސަފީރު ސްޓީވް ވިޓްކޮފް އަދި ބައިޑެންގެ އިދާރާގެ ސަފީރު ބްރެޓް މެކްގާކް ވެސް ހޯމަ ދުވަހު ދޯހާގައި ޤަޠަރުގެ އަމީރާއެކު ޣައްޒާގައި ހަނގުރާމަ ހުއްޓުވުމުގެ މަސައްކަތްތަކުގެ ކުރިއެރުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށް ބުނެފައިވެއެވެ.

މެދުވެރިން ހޯމަ ދުވަހު އިސްރާއީލާއި ހަމާސްއަށް ޣައްޒާގެ ހަނގުރާމަ ނިންމުމަށް އެކުލާވާލާ އެއްބަސްވުމުގެ ފަހުގެ ޑްރާފްޓެއް ހުށަހަޅާފައިވާ ކަމަށް މަޝްވަރާތަކާ ބެހޭ މަޢުލޫމާތު ލިބިފައިވާ އޮފިޝަލެއް ބުނެފައިވެއެވެ.

އެ އޮފިޝަލް ބުނިގޮތުގައި ހަނގުރާމަ ހުއްޓުވުމާއި ރަހީނުން ދޫކޮށްލުމުގެ ލިޔުން ދޯހާގައި ބޭއްވުނު މަޝްވަރާތަކުގައި ޤަޠަރުން ދެފަރާތަށް ހުށަހެޅި ކަމަށެވެ.

މި މަޝްވަރާތަކުގައި އިސްރާއީލުގެ މޮސާޑް އަދި ޝިން ބެޓް ޖާސޫސީ އޭޖެންސީތަކުގެ ވެރިންނާއި ޤަޠަރުގެ ބޮޑުވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ.

އެމެރިކާގެ މަޞްދަރަކުން ބުނެފައިވަނީ ބައިޑެން އިދާރާގެ މިހާރުގެ ސަފީރު ބްރެޓް މެކްގާކް ވެސް މަޝްވަރާތަކުގައި ބައިވެރިވި ކަމަށެވެ.

"ދެން އަންނަ 24 ގަޑިއިރަކީ އެއްބަސްވުމަކާ ހަމައަށް ވާޞިލުވުމަށް މުހިންމު ވަގުތުތަކެއް ކަމުގައި ވާނެ" ކަމަށް އެ އޮފިޝަލް ބުނެފައިވެއެވެ. އަދި މި ޑްރާފްޓަކީ ހޯމަ ދުވަހުގެ ފަތިހު ގަޑިތަކުގައި ލިބުނު ކުރިއެރުމެއްގެ ނަތީޖާއެއްކަމަށް ސިފަކޮށްފައިވެއެވެ.

އިސްރާއީލުގެ ކަން ރޭޑިއޯއިން އިސްރާއީލުގެ އޮފިޝަލަކާ ހަވާލާދީ ހޯމަ ދުވަހު ރިޕޯޓުކޮށްފައިވަނީ ޤަޠަރުގައި ތިބި އިސްރާއީލު އަދި ހަމާސްގެ ވަފުދުތަކަށް ޑްރާފްޓެއް ލިބިފައިވާ ކަމަށާއި، އިސްރާއީލުގެ ވަފުދުން އިސްރާއީލުގެ ވެރިންނަށް އެ ޑްރާފްޓާ ބެހޭ މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ދެފަރާތުގެ އޮފިޝަލުން ވެސް، މަޝްވަރާތަކުގައި ކުރިއެރުން ލިބިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

"މައިގަނޑު ބައެއް މައްސަލަތަކުގައި ކުރިއެރުން ލިބި، ބާކީ ހުރި ކަންކަން އަވަހަށް ނިންމުމަށް މަސައްކަތްކުރަމުން" ދާ ކަމަށް ހަމާސްގެ އޮފިޝަލެއް ހޯމަ ދުވަހު ރޮއިޓާސް އަށް ބުނެފައިވެއެވެ. މައްސަލައިގެ ބާވަތުން އޭނާގެ ނަން ހާމަނުކުރުމަށް އެދިފައިވެއެވެ.

އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރް ވިދާޅުވެފައިވަނީ މަޝްވަރާތައް ކުރިއަށްދަނީ ބައިޑެން އަދި ޓްރަމްޕްގެ ޓީމުތަކުގެ މެދުގައި ވިލަރެސްކުރެވިގެން ކަމަށެވެ.

"ކުރިއެރުން ލިބިފައިވޭ، ކުރިން އޮތް ގޮތަށްވުރެ މާ ރަނގަޅު. ރަހީނުންނާ ބެހޭ އެއްބަސްވުމަކަށް އައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާތީ އަހަރެމެންގެ އެމެރިކާގެ ރަޙްމަތްތެރިންނަށް ޝުކުރު އަދާކުރަން ބޭނުން،" ކަމަށް ސާރް ނޫސްވެރިންނަށް ވިދާޅުވިއެވެ.

އެމެރިކާ، ޤަޠަރު އަދި މިޞްރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަހު ޣައްޒާގެ ހަނގުރާމަ ނިންމުމަށް މަޝްވަރާތަކުގައި މަސައްކަތްކޮށްފައެވެ. ނަމަވެސް މިހާތަނަށް ނަތީޖާއެއް ނުނެރެވެއެވެ.

ގާހިރާ ގައި، މިޞްރުގެ ސަލާމަތީ އޮފިޝަލެއް ރޮއިޓާރސް އަށް ބުނެފައިވަނީ ހަނގުރާމަވެރި ދެފަރާތަށް ފޮނުވި ޑްރާފްޓަކީ ފަހުގެ އެއްބަސްވުމެއް ނޫން ކަމަށާއި، އެއީ "ކުރީގެ މަޝްވަރާތަކުގައި ހުރަސްއެޅި މައްސަލަތައް ޙައްލުކުރުމަށް" މަގުފަހިކުރުމަށް އަމާޒުކޮށްފައިވާ އެއްޗެއްކަމަށެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ބުނެފައިވަނީ އިސްރާއީލުގެ ސަރުކާރުން މުއައްސަސާތަކަށް ރަހީނުން ބަލައިގަތުމަށް ތައްޔާރުވުމަށް އަންގާފައިވާ ކަމަށެވެ.

ހަނގުރާމަވެރި ދެފަރާތުން ޖުމްލަ ގޮތެއްގައި އެއްބަސްވެފައިވަނީ ހަމާސް އިން ބަންދުކޮށްފައި ތިބި ރަހީނުން ދޫކޮށްލުމާއި އިސްރާއީލުން ބަންދުކޮށްފައި ތިބި ފަލަސްޠީނު މީހުން ދޫކޮށްލުމާއި އަދި ހަނގުރާމަ ހުއްޓާލުމުގެ އުޞޫލަށެވެ.

ނަމަވެސް ހަމާސް އިން އަބަދުވެސް ބުނެފައިވަނީ އެއްބަސްވުމުގެ ތެރެއިން ހަނގުރާމަ ދާއިމީކޮށް ނިމި، އިސްރާއީލު ސިފައިން ޣައްޒާއިން ފައިބައިގެން ދާން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އިސްރާއީލުން ބުނެފައިވަނީ ހަމާސް ނައްތާލުމުގެ ކުރިން ހަނގުރާމަ ނުނިންމާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2017

ގަލްފުގެ މައްސަލައިގައި ގަތަރުގެ އަމީރު ސައުދީ ވަލީއަހުދާ ފުރަތަމަފަހަރަށް މަޝްވަރާކުރައްވައިފި

09 ސެޕްޓެމްބަރު 2017
ގަލްފުގެ މައްސަލައިގައި ގަތަރުގެ އަމީރު ސައުދީ ވަލީއަހުދާ ފުރަތަމަފަހަރަށް މަޝްވަރާކުރައްވައިފި
05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
31 އޯގަސްޓު 2017

މިދިޔަ އަހަރަށްވުރެ ގިނަ މީހުން މިއަހަރު ޤަތަރުން ހައްޖަށް ދިޔަ: މައްކާގެ އަމީރު

31 އޯގަސްޓު 2017
މިދިޔަ އަހަރަށްވުރެ ގިނަ މީހުން މިއަހަރު ޤަތަރުން ހައްޖަށް ދިޔަ: މައްކާގެ އަމީރު
22 ޖުލައި 2017

މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު

22 ޖުލައި 2017
މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު
12 ޖުލައި 2017

އެމެރިކާއާއެކު ގަތަރުން އެއްބަސްވުމެއްގައި ސޮއިކުރުމަކުން ނުފުދޭ: ސައުދީ އިއްތިހާދު

12 ޖުލައި 2017
 އެމެރިކާއާއެކު ގަތަރުން އެއްބަސްވުމެއްގައި ސޮއިކުރުމަކުން ނުފުދޭ: ސައުދީ އިއްތިހާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު