Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖެޖޫ އެއަރ

ވެއްޓުނު ދެކުނު ކޮރެއާގެ މަތިންދާބޯޓުގެ ބްލެކް ބޮކްސް ހާދިސާ ހިނގުމުގެ ކުރިން މަސައްކަތް ކުރުން ވަނީ ހުއްޓިފައި

ބޯޓު ވެއްޓުމާ ގުޅިގެން ހިންގާ ތަހުގީގާ ބެހޭ ގޮތުން ދެކުނު ކޮރެއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ހޮނިހިރު ދުވަހު ބުނެފައިވަނީ ބޯޓުގެ ކޮކްޕިޓް އަޑު ރެކޯޑަރ (ސީވީއާރު) އަދި ފްލައިޓް ޑޭޓާ ރެކޯޑަރ (އެފްޑީއާރު) ހާދިސާ ހިނގުމުގެ ހަތަރު މިނެޓު ކުރިން މަސައްކަތްކުރުން ހުއްޓިފައިވާ ކަމަށެވެ.

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2025 | ހޮނިހިރު 17:18
2024 ޑިސެމްބަރު 29 ވަނަ ދުވަހު މުއާން އިންޓަރނޭޝަނަލް އެއަރޕޯޓަށް ވެއްޓުނު ޖެޖޫ އެއަރ ގެ ބޯޓުގެ ބައިތައް ތަހުގީގު ކުރަނީ

2024 ޑިސެމްބަރު 29 ވަނަ ދުވަހު މުއާން އިންޓަރނޭޝަނަލް އެއަރޕޯޓަށް ވެއްޓުނު ޖެޖޫ އެއަރ ގެ ބޯޓުގެ ބައިތައް ތަހުގީގު ކުރަނީ

ޑިސެމްބަރު 29 ވަނަ ދުވަހު 179 މީހުން މަރުވި ދެކުނު ކޮރެއާގެ މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާގެ ތަޙްޤީޤުކުރާ ފަރާތްތަކުން ބުނެފައިވަނީ، މި ހާދިސާ ހިނގުމުގެ މިނެޓުތަކެއް ކުރިން މަތިންދާބޯޓުގެ ދަތުރުގެ މަޢުލޫމާތު ރެކޯޑުކުރާ ޑިވައިސް މަސައްކަތްކުރުން ހުއްޓާލާފައިވާ ކަމަށެވެ.

ޖެޖޫ އެއަރގެ ބޮއިންގ 737-800 މަތިންދާބޯޓު ދެކުނު ކޮރެއާގެ މުއާން އިންޓަރނޭޝަނަލް އެއަރޕޯޓަށް ވެއްޓި އަލިފާން ރޯވެ، ބޯޓުގައި ތިބި ދެ މީހަކު ފިޔަވައި އެންމެން މަރުވިއެވެ.

ގާތްގަނޑަކަށް މިދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި ދެކުނު ކޮރެއާގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ ދަތުރުފަތުރުގެ ހާދިސާ ހިނގި ސަބަބު ހޯދުމުގެ އުއްމީދު ގުޅިފައި އޮތީ ފްލައިޓް ރެކޯޑަރަށެވެ. ޖަވާބު ހޯދުމަށް ގޮވާލުންތައް އިތުރުވަމުންދާއިރު، މި އާލާތްތައް މަސައްކަތް ނުކުރާކަން ހާމަވުމުން ހާދިސާއާ ގުޅޭގޮތުން ކުރެވޭ ތުހުމަތުތައް އިތުރުވާނެ ކަމަށް ބެލެވެއެވެ.

ބެންކޮކުން ފުރި ޖެޖޫ އެއަރގެ ފްލައިޓް ބޯޓުގެ މަންޒިލް ކަމުގައިވާ މުއާން އިންޓަރނޭޝަނަލް އެއަރޕޯޓަށް ވެއްޓުމާ ގުޅިގެން ހިންގާ ތަހުގީގާ ބެހޭ ގޮތުން ދެކުނު ކޮރެއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ހޮނިހިރު ދުވަހު ބުނެފައިވަނީ ބޯޓުގެ ކޮކްޕިޓް އަޑު ރެކޯޑަރ (ސީވީއާރު) އަދި ފްލައިޓް ޑޭޓާ ރެކޯޑަރ (އެފްޑީއާރު) ހާދިސާ ހިނގުމުގެ ހަތަރު މިނެޓު ކުރިން މަސައްކަތްކުރުން ހުއްޓިފައިވާ ކަމަށެވެ.

ސީވީއާރު ފުރަތަމަ އެނަލައިޒްކުރީ ދެކުނު ކޮރެއާގައެވެ. އެއަށްފަހު އިތުރު ތަޙްޤީޤުކުރުމަށް އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) އަށް ފޮނުވިއެވެ.

މި ހާދިސާ ހިނގި ސަބަބު އަދިވެސް ސާފެއް ނުވެއެވެ. ބޯޓު އައިސް ރަންވޭގައި ޖެހުނު އިރު މަތިންދާބޯޓުގެ ކުރީ އަދި ފަހަތު ލޭންޑިންގ ގިއަރ ފެންނަން ނެތްކަން ވީޑިއޯ ފުޓޭޖުން ދައްކައެވެ.

ހާދިސާ ތަޙްޤީޤުކުރާ ފަރާތެއްގެ ގޮތުގައި ކުރިން ޓްރާންސްޕޯޓް މިނިސްޓްރީގައި މަސައްކަތް ކުރި ސިމް ޖައި-ޑޮންގ ބުނެފައިވަނީ، މަޢުލޫމާތު ގެއްލިފައިވާކަމީ ހައިރާންވާންޖެހޭ ކަމެއް ކަމަށާއި، މިއީ ބެކަޕް ވެސް ހިމެނޭގޮތަށް ބޯޓުން މުޅިން ކަރަންޓު ކެނޑިފައިވާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. މިއީ ވަރަށް މަދުން ދިމާވާ ކަމެއް ކަމަށް ރޮއިޓަރޒްއިން ރިޕޯޓުކޮށްފައިވެއެވެ.

އޮފިޝަލުން ބުނާގޮތުގައި، ޕައިލެޓްގެ މޭޑޭ ކޯލެއްގައި ބޯޓުގައި ދޫނި ޖެހުނު ކަމަށް ބުނެފައިވެއެވެ. އަދި ކޮންޓްރޯލް ޓަވަރުން އެ ސަރަޙައްދުގައި ދޫނިއުޅެމުންދާ ކަމަށް އިންޒާރުދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މަތިންދާބޯޓުގެ ބަނޑުފަރާތް ރަންވޭގައި ކޭއްތެމުން ބޯޓު މަތަނުވެ ގޮސް ޖެހުނީ ރަންވޭ ނިމޭ ހިސާބުން ދުރުގައި ހުރި ކޮންކްރީޓް ސްޓްރަކްޗަރެއްގައެވެ. އޭވިއޭޝަން ތަޖުރިބާކާރުން ބުނެފައިވަނީ ގިނަ އެއަރޕޯޓުތަކުގައި މިފަދަ ސްޓްރަކްޗަރ ތައް ރަންވޭއާ މިހާ ކައިރީގައި ނުހުންނަ ކަމަށެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު