Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝް

ކުރީގެ ބޮޑު ވަޒީރު ހަސީނާ ހިމެނޭ ގޮތުން 97 މީހެއްގެ ޕާސްޕޯޓް ބަންގްލަދޭޝް ސަރުކާރުން ކެންސަލް ކޮށްފި

ހަސީނާގެ ސަރުކާރާ ދެކޮޅަށް ދަރިވަރުން ހިންގި މުޒާހަރާ ތަކުގައި 826 މީހުން މަރާލި ކަމަށް ބުނެ ބަންގްލާދޭޝްގެ ވަގުތީ ސަރުކާރުން ވަނީ އެމީހުންގެ ލިސްޓެއް އެކުލަވާލާފައެވެ. ވަގުތީ ސަރުކާރުން ދެކެނީ މި މަރުތަކަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކެއްގެ ގޮތުގައެވެ.

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2025 | އަންގާރަ 17:10
އަވާލީ ލީގުގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ

އަވާލީ ލީގުގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ

ކުރީގެ ބޮޑު ވަޒީރު ޝޭޚް ހަސީނާ ހިމެނޭ ގޮތުން 97 މީހެއްގެ ޕާސްޕޯޓް ބަންގްލަދޭޝް ސަރުކާރުން ކެންސަލް ކޮށްފިއެވެ.

ބަންގްލަދޭޝްގެ ސަރުކާރުން އަންގާރަ ދުވަހު ވަނީ 97 މީހުންގެ ޕާސްޕޯޓް ކެންސަލް ކުރިކަން އިއުލާން ކޮށްފައެވެ.

ބަންގްލަދޭޝް ސަރުކާރުން ބުނެފައިވަނީ ޕާސްޕޯޓް ކެންސަލް ކޮށްލި އެންމެންނަކީ ވެސް ޖުލައި މަހުގެ އެ ގައުމުގެ ޔުނިވަރސިޓީ ދަރިވަރުން އިސްނަގައިގެން ހަސީނާގެ ސަރުކާރާ ދެކޮޅަށް ހިންގި އިހްތިޖާޖާ ގުޅިގެން ހިނގި މަރުތަކާއި، މަޖުބޫރުން މީހުން ގެއްލުވާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ކަމަށެވެ.

މީގެ ތެރޭގައި މީހުން ގެއްލުވާލުމާ ގުޅުން ހުރި ކަމަށް ބެލެވޭ 22 މީހުންނާއި މަރުތަކާ ގުޅުން ހުރި ކަމަށް ބެލެވޭ 75 މީހުން ހިމެނެއެވެ. މި އެންމެންގެ ތަހުގީގު މިހާރު ފެށިފައިވާއިރު ބަންގްލަދޭޝް ސަރުކާރުން ބުނެފައިވަނީ ޕާސްޕޯޓުތައް ބާޠިލު ކުރުމަކީ މިހާރު ކުރިއަށްދާ ތަޙުޤީޤުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަންގާރަ ދުވަހު ޑާކާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ މުޙައްމަދު އަބުލް ކަލާމް އަޒާދު މަޒުމްދާރު ވިދާޅުވީ، އޯގަސްޓު މަހު ދަރިވަރުންގެ އިސްނަގައިގެން ހިންގި މުޒާހަރާތަކާ ގުޅިގެން ވެރިކަމުން ވައްޓާލެވުނު ހަސީނާވެސް މި ތުހުމަތުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ދަރިވަރުންގެ އިސްނެގުމުގައި ހިންގުނު މުޒާހަރާތަކާ ގުޅިގެން 5 އޯގަސްޓުގައި ހަސީނާ އިސްތިއުފާ ދެއްވާފައިވެއެވެ. އޭގެ ފަހުން އޭނާ ފިއްލަވައިގެން ވަޑައިގަތީ އިންޑިއާ އަށެވެ. އަދި މިހާރުވެސް އޭނާ ދިރިއުޅުއްވަނީ އިންޑިއާގައެވެ.

ހަސީނާގެ ސަރުކާރާ ދެކޮޅަށް ދަރިވަރުން ހިންގި މުޒާހަރާ ތަކުގައި 826 މީހުން މަރާލި ކަމަށް ބުނެ ބަންގްލާދޭޝްގެ ވަގުތީ ސަރުކާރުން ވަނީ އެމީހުންގެ ލިސްޓެއް އެކުލަވާލާފައެވެ. ވަގުތީ ސަރުކާރުން ދެކެނީ މި މަރުތަކަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކެއްގެ ގޮތުގައެވެ.

ބަންގްލަދޭޝްގެ ބައިނަލްއަޤްވާމީ ޖިނާއީ ޓްރައިބިއުނަލުން ހަސީނާ ހައްޔަރުކުރުމުގެ އަމުރެއް މިހާރު ވަނީ ނެރެފައެވެ.

2009 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގައި އޮތް ވެރިކަމުން، ވެރިކަމުގެ ބާރު އޮތް 15 އަހަރުގެ ތެރޭގައި މަޖުބޫރުން މީހުން ގެއްލުވާލާފައިވާ މައްސަލަތައް މިހާރުގެ ވަގުތީ ސަރުކާރުން ތަޙުޤީޤުކުރަން ފަށާފައިވެއެވެ. ޖަނަވަރީ މަހު އުފައްދާފައިވާ ތަޙުޤީޤު ކޮމިޝަނުން ހާމަ ކޮށްފައިވަނީ ދައުލަތުގެ ބާރުތަކުން ސިއްރުން މީހުން ބަންދުކޮށްފައިވާކަމަށެވެ.

ހަސީނާގެ ސަރުކާރުގެ ޝިކާރައަކަށްވީ މީހުން އަހަރުތަކެއް ވަންދެން ސިއްރު ތަންތަނުގައި ބަންދުކޮށް، އަނިޔާކޮށް، އަދި ބައެއް ޙާލަތްތަކުގައި މަރާލާފައިވާކަމަށް ބުނެވެއެވެ. ހެކި ފޮރުވުމަށްޓަކައި ހަށިތައް ކޯރުތަކަށް އުކާލާފައިވާ ކަމަށް ވެސް ވަނީ ބެލެވިފައެވެ.

ތަހުގީގު ކުރާ ކޮމިޝަނަށް މީހުން ގެއްލިފައިވާކަމުގެ 1،676 ޝަކުވާ ލިބިފައިވެއިވާ ކަމަށް ވަނީ ބުނެފައެވެ. މީގެ ތެރެއިން 758 މައްސަލަ މިހާރު ވަނީ ބަލާފައެވެ. ގެއްލުނު މީހުންގެ ތެރެއިން 73 އިންސައްތަ މީހުން ހޯދިފައިވާއިރު، 204 މީހުންގެ އެއްވެސް ޚަބަރެއް ލިބިފައެއް ނުވާ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.

ބަންގްލަދޭޝްގެ ތާރީޚުގައި އެންމެ ނުފޫޒު ގަދަ ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނުނު ހަސީނާ، މިހާރު ވަނީ އޭނާގެ ސިޔާސީ ހަޔާތުގައި ހަލަބޮލި ދުވަސްތަކަކާ ކުރިމަތިލައްވަން ޖެހިފައެވެ. 2024 ވަނަ އަހަރުގެ ޖުލައި މަހު ހިނގި މުޒާހަރާތަކާ ގުޅިގެން ހިނގި އަނިޔާވެރި އަމަލުތަކުގައި އޭނާގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކުރެވޭތީ، ބަންގްލަދޭޝް ސަރުކާރުން އޭނާގެ މައްސަލަ ބަލަން ބޭނުންވާކަން ވަނީ ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު