Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖެޖޫ ބޯޓު ވެއްޓުން

ޖެޖޫ އެއަރ ގެ ބޯޓު ވެއްޓުމުގެ ޒިންމާ ނަންގަވާ ދެކުނު ކޮރެއާގެ ޓްރާންސްޕޯޓް މިނިސްޓަރ އިސްތިއުފާ ދެއްވަނީ

ބޯޓުގެ އިންޖީނުތަކުގެ ތެރެއިން އެއް އިންޖީނުން ދޫނި ފަތް ފެނިފައިވާ ކަމަށާއި އަދި ވީޑިއޯ ފުޓޭޖުން ދައްކާގޮތުން އެއް އިންޖީނުގައި ދޫންޏެއް ޖެހިފައިވާކަން ވަނީ ކަށަވަރު ކުރެވިފައި. އެހެން ނަމަވެސް އިންޖީނުގައި ދޫންޏެއް ޖެހުމަކީ ލޭންޑިން ގިޔަރ މަސައްކަތް ކުރަން ނުޖެހޭ ސަބަބެއް ކަމަށް ނުދެކޭ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2025 | އަންގާރަ 09:34
ޑިސެމްބަރު 31، 2024 ގައި ދެކުނު ކޮރެއާގެ މުއާންގެ މުއާން އިންޓަނޭޝަނަލް އެއާޕޯޓަށް ވެއްޓުނު ޖެޖޫ އެއަރ މަތިންދާބޯޓުގެ ބައެއް

ޑިސެމްބަރު 31، 2024 ގައި ދެކުނު ކޮރެއާގެ މުއާންގެ މުއާން އިންޓަނޭޝަނަލް އެއާޕޯޓަށް ވެއްޓުނު ޖެޖޫ އެއަރ މަތިންދާބޯޓުގެ ބައެއް

ޑިސެމްބަރު 29 ވަނަ ދުވަހު ޖެޖޫ އެއަރ އޮޕަރޭޓްކުރި ބޯއިންގ ޖެޓެއް ވެއްޓި އެތައް ބަޔަކު މަރުވި ހާދިސާގެ ޒިންމާ ނަންގަވާ އިސްތިއުފާދެއްވަން ގަސްތުކުރައްވާ ކަމަށް ދެކުނު ކޮރެއާގެ ޓްރާންސްޕޯޓް މިނިސްޓަރު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުން ދެކުނު ކޮރެއާގެ މުއާން އަށް ދަތުރު ކުރި ބޯޓު ވަނީ ފުރޮޅުތައް ބޭނުން ނުކޮށް ރަންވޭ ގައި ޖައްސާ، އަދި މަތަ ނުވެ ގޮސް ރަންވޭގެ ބޭރުގައި ހުރި ކޮންކްރީޓް ސްޓްރަކްޗަރ އެއް ގައި ޖެހި ބޯޓުގައި ރޯވެފައެވެ.

"މި ހާދިސާ ގައި އަޅުގަނޑު ވަރަށް ބޮޑު ޒިންމާއެއް އުފުލަން ޖެހޭކަން އިހުސާސްކުރެވޭ،" ޕާކް ސަންގް-ވޫ ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުގެ ހާލަތަށް ވިސްނެވުމަށްފަހު އިސްތިއުފާދެއްވުމަށް އެންމެ ރަނގަޅު ވަގުތު އިސްތިއުފާ ދެއްވާނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިތުރަށް ބުނީ މަތިންދާބޯޓު ވެއްޓި 179 މީހުން މަރުވި ނުރައްކާތެރި ހާދިސާއަށް މަގުފަހިވި ކަމަށް މާހިރުން ބުނާ ވައިގެ ބަނދަރުތަކުގެ ލޭންޑިންގ ސިސްޓަމްތަކުގެ ރައްކާތެރިކަން އަވަހަށް ރަނގަޅު ކުރާނެ ކަމަށެވެ.

ހާދިސާ ތަޙުޤީޤުކުރާ އިސް ފަރާތް ކަމުގައިވާ ލީ ސޫންގް-ޔޯލް ވިދާޅުވީ، ހާދިސާ ހިނގި ތަނުން ފެނުނު ބޯޓުގެ އިންޖީނުތަކުގެ ތެރެއިން އެއް އިންޖީނުން ދޫނި ފަތް ފެނިފައިވާ ކަމަށާއި، އަދި ވީޑިއޯ ފުޓޭޖުން ދައްކާގޮތުން އެއް އިންޖީނުގައި ދޫންޏެއް ޖެހިފައިވާކަމަށެވެ.

ހާދިސާގައި ގެއްލުންވި ފްލައިޓް ޑޭޓާ ރެކޯޑަރ ރިކަވަރކޮށް އެނަލައިޒްކުރުމަށް، އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ އާއެކު މަސައްކަތް ކުރުމަށް ކޮރެއާގެ ތަޙުޤީޤުކުރާ ޓީމުގެ ދެ މެމްބަރުން ވަނީ ހޯމަ ދުވަހު އެމެރިކާއަށް ފުރާފައެވެ.

ފްލައިޓް ޑޭޓާ ރެކޯޑަރާއި ކޮކްޕިޓް ވޮއިސް ރެކޯޑަރއަކީ ހާދިސާއާ ގުޅޭ މުހިންމު މަޢުލޫމާތު އެކުލެވޭ ދެ ބްލެކް ބޮކްސް އެވެ.

ލީ ވިދާޅުވީ ފްލައިޓް ޑޭޓާ ރެކޯޑަރުން މައުލޫމާތު ނަގަން 3 ދުވަސް ނަގާނެ ކަމަށާއި، އެއް އިންޖީނު ނުވަތަ ދެ އިންޖީނު ހަލާކުވިތޯ ބެލުން ފަދަ މަޢުލޫމާތު ދެނެގަތުމަށް ޕްރިލިމިނަރީ އެނަލިސިސް ހެދުމަށް އިތުރު ދެ ދުވަސް ނަގާނެ ކަމަށެވެ.

ބޯޓުގެ ޕައިލެޓް މަތިންދާބޯޓުގެ ލޭންޑިންގ ގިއަރ ބޭނުން ނުކުރީ ކީއްވެގެން ކަމާއި، ބޯޓުގައި ދޫންޏެއް ޖެހިއްޖެ ކަމަށް ބުނުމަށްފަހު ދެވަނަ ފަހަރަށް ބޯޓު ޖައްސަން ޕައިލެޓް އަވަސްވެ ގަތީ ކީއްވެގެން ކަން އަދިވެސް ސާފު ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ބޯޓުގެ އިންޖީނުގައި ދޫނި ޖެހުމަކީ އާންމު ގޮތެއްގައި ލޭންޑިންގ ގިއަރ މަސައްކަތް ނުކުރުމަށް ދިމާވާ ސަބަބެއް ނޫނެވެ.

ތަޙުޤީޤު ކުރާ ފަރާތްތަކުން ހޮނިހިރު ދުވަހު ވަނީ ޖެޖޫ އެއަރގެ މަތިންދާބޯޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑަރުން ފުރިހަމަ ޓްރާންސްކްރިޕްޓެއް އެކުލަވާލާފައެވެ. އަދި އެ ޓްރާންސްކްރިޕްޓް ހާމަކުރާނީތޯ ނުވަތަ ނޫންތޯ ދަނީ މަޝްވަރާކުރަމުންނެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2017

ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް

07 ޖޫން 2017
ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް
02 ޖޫން 2017

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން

02 ޖޫން 2017
ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން
02 ޖޫން 2017

ކާބުލަށް ދިން ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ޕާކިސްތާނާއި ތާލިބާނުން: އަފްޣާނިސްތާން

02 ޖޫން 2017
ކާބުލަށް ދިން ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ޕާކިސްތާނާއި ތާލިބާނުން: އަފްޣާނިސްތާން
23 މެއި 2017

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން
17 މެއި 2017

އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި

17 މެއި 2017
އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު