Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނިމިދިޔަ ސަރުކާރުން ބަޖެޓް ހަދާފައި އޮތީ

މިދިޔަ ސަރުކާރުން ބަޖެޓު ހަދާފައި އޮތީ ގަސްދުގައި އެއްވެސް ކަމެއް ނުކުރެވޭގޮތަށް: ރައީސް މުއިއްޒު

މި ހަފްތާގެ ތެރޭގައި ވެސް ސަރުކާރުން، އެކިފަރާތްތަކުން ކޮށްފައި ހުރި މަސައްކަތް ތަކަށް 500 މިލިއަން ރުފިޔާ އެކި ކުންފުނިތަކަށް ދޫކުރަމުން އަންނަކަމަށް ރައީސް ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2025 | އަންގާރަ 10:15
ރައީސް މުއިއްޒު ހޯޑެއްދޫ ރައްޔިތުންނާއި ބައްދަލުކުރުމުގެ ތެރެއިން

ރައީސް މުއިއްޒު ހޯޑެއްދޫ ރައްޔިތުންނާއި ބައްދަލުކުރުމުގެ ތެރެއިން

ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުން ފާސްކޮށްފައި އޮތް ޖަޓަކީ ގަސްދުގައި އެއްވެސް ކަމެއް ނުކުރެވޭގޮތަށް ފާސްކޮށްފައި އޮތް ބަޖެޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

ހުވަދޫ އަތޮޅަށް ކުރައްވާ ދަތުރުގައި ގދ. ހޯނޑެއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާލުވީ މި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނެ، އަދި އެންމެ މުހިންމު ކަމެއްދެއްވާނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ކަމަށެވެ. އަދި މި ސަރުކާރު އައިއިރު ކުރިން އޮތް އެމްޑީޕީ ސަރުކާރުން ރަށްރަށުގައި ހިންގަން ރާވާފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައް ނުނިމި އަދި އަނެއްބައި މަޝްރޫއުތައް ނުފެށިފައި ވާކަމަށެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ މިއީ ތަކުރާރުކޮށް ދެކެވިފައިހުރި ވާހަކަތައް ކަމަށާއި މިކަމުގައި އެންމެ ބޮޑު މައްސަލައަކަށްވީ މިދިޔަ އަހަރު ފާސްކުރި ބަޖެޓުގެ މައްސަލަކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ނިމިގެން ދިޔަ އަހަރުގެ ބަޖެޓަކީ މި ސަރުކާރުން ފާސްކުރި ބަޖެޓެއް ނޫންކަމަށާއި ކުރީ ސަރުކާރުން ނިމިގެން ދަމުން ގަސްދުގައި އެއްވެސް ކަމެއް ނުކުރެވޭގޮތަށް ބަޖެޓު ހައްދަވާދެއްވާފައި ވަޑައިގަތީ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމުގެ ސަބަބުން އެއްވެސްކަމެއް މި ސަރުކާރުން ބޭނުންވާ ގޮތަށް ކުރިއަށް ނުގެންދެވި ވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދެންނެވި ދަތިކަމުގެ ތެރެއިން ވެސް ގައުމު ދަރަނިވެރިވެ ނުދީ އިގްތިޞާދުކޮޅަށް ޖަހައި، އެއްވެސް ވަރަކަށް ފައިސާ ޗާޕް ނުކޮށް ދަރަނިތައް ދައްކަމުން އަންނަކަމަށެވެ. އެގޮތުން މި ހަފްތާގެ ތެރޭގައި ވެސް ސަރުކާރުން، އެކިފަރާތްތަކުން ކޮށްފައި ހުރި މަސައްކަތް ތަކަށް 500 މިލިއަން ރުފިޔާ އެކި ކުންފުނިތަކަށް ދޫކުރަމުން އަންނަކަމަށާއި އެއީ ހަމަ އެކަނި ސަރުކާރުން އެކިފަރާތް ތައްލައްވައި ކުރުވާފައި ހުރި ކަންތަތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އެ ފައިސާ ދޫކުރާނީ ކުދި އަދި މެދު ފަންތީގެ ކުންފުނިތައް ލައްވައި ކުރުވާފައި ހުރި މަސައްކަތްތަކަށް ކަމަށާއި މިދިޔަ ދުވަސްތަކުގައި އެ ދަރަނި ދިޔައީ ދައްކަމުން ކަމަށެވެ.

"ލޯކަލް އެކި ދަރަނިތައް ވެސް ދައްކަމުން މިއައީ. މި ހަފްތާ، މި ހިނގާ ހަފްތާ ތެރޭގައި ވެސް ހަމަ މިގޮތުން ސަރުކާރުން ފިނޭންސް މިނިސްޓްރީން އެކި ފަރާތްތަކަށް، ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކަށް 500 އަށްވުރެ ގިނަ މިލިއަން ރުފިޔާ ހަމަ ދިވެހި އެކިއެކި ކުންފުނިތަކަށް އެބަ ދޫކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން، ސަރުކާރުގެ އެކި ކުންފުނިތައް މެދުވެރިކޮށް ރަށްރަށުގައި ހުންނަ ކުދި ކުންފުނިތައް ލައްވައި ކުރުވާފައި ހުރި މަސައްކަތުގެ ބޮޑު ބައެއް ރޯދަ މަހުގެ ކުރިން ދައްކައި ނިންމޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު 7، ގައި ފިނޭންސް މިނިސްޓަރު މޫސާ ޒަަމީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، 124 ބިލިއަން ރުފިޔާގެ ދަރަންޏެއް ދައުލަތުގެ އޮތް ކަމަށެވެ. އޭގެތެރެއިން ދެބައިކޮށްފައި އެއްބަޔަކީ މިދިޔަ ސަރުކާރުގެ ދަރަނި ކަމަށާއި އަނެއް ބަޔަކީ އޭގެ ކުރީގެ ސަރުކާރުތަކުގެ ދަރަނި ކަމަށެވެ.

މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 33.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 25.5 ބިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 7.5 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 658 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު