Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައްޝާރު އަލް-އަސަދު

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރަޝިއާގެ ކުރީގެ ޖާސޫސެއް ހިންގާ ކަމަށް ބުނާ ޖެނެރަލް އެސްވީއާރު ނަމަކަށް ކިޔާ ސޯޝަލް މީޑިއާ އެކައުންޓެއްގައި ޑިސެމްބަރު 31 ގައި ޝާއިއު ކުރި މައުލޫމާތައް ހަވާލާދީ މީޑިއާ ރިޕޯޓު ބުނެފައިވާ ގޮތުގައި ހުސްވި ހަފްތާގެ އާދީއްތަ ދުވަހުގެ މެންދުރުފަހު، އަސަދު ސެކިއުރިޓީ ގާޑުންނަށް އޭނާގެ ހާލު ގޯސްވެފައިވާ ކަމާއި ނޭވާލުމަށް ދަތިވާ ކަމަށް ވިދާޅުވެ ސިއްހީ އެހީ ހޯދުމަށް ގުޅުމަށް އަލް-އަސަދު އެދިވަޑައިގަތެވެ. އެއާއެކު ކުޑައިރުކޮޅެއްގެ ތެރޭގައި، އޭނާ ވަރަށް ބޮޑަށް ކެއްސަން ފަށައި، ނޭވާހާސްވާން ފެށި ކަމަށް ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 5 ޖެނުއަރީ 2025 | އާދީއްތަ 18:03
ބައްޝާރު އަލް-އަސަދު ގެ ވެރިކަން ވައްޓާލުމާއެކު އޭނާގެ ޕޯސްޓަރަކަށް ގެއްލުން ދީފައި

ބައްޝާރު އަލް-އަސަދު ގެ ވެރިކަން ވައްޓާލުމާއެކު އޭނާގެ ޕޯސްޓަރަކަށް ގެއްލުން ދީފައި

ސޫރިއާ ގެ ވެރިކަމުން ވައްޓާލެވުނު ކުރީގެ ރައީސް ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަ ލައިފި ކަމަށް މީޑިއާ ރިޕޯޓެއް ބުނެފިއެވެ.

ހަތިޔާރު އެޅި ގްރޫޕްތަކުން ވެރިކަމުން ވައްޓާލި ކުރީގެ ވެރިޔާ ދިރިއުޅުއްވަމުން ގެންދަވަނީ ރަޝިއާގެ ރައީސް ޕުޓިންގެ މެހުމާންދާރީ ގައި ރަޝިއާ ގެ ވެރިރަށް މޮސްކޯގައެވެ.

ރަޝިއާގެ ކުރީގެ ޖާސޫސެއް ހިންގާ ކަމަށް ބުނާ ޖެނެރަލް އެސްވީއާރު ނަމަކަށް ކިޔާ ސޯޝަލް މީޑިއާ އެކައުންޓެއްގައި ޑިސެމްބަރު 31 ގައި ޝާއިއު ކުރި މައުލޫމާތައް ހަވާލާދީ މީޑިއާ ރިޕޯޓު ބުނެފައިވާ ގޮތުގައި ހުސްވި ހަފްތާގެ އާދީއްތަ ދުވަހުގެ މެންދުރުފަހު، އަލް-އަސަދުގެ ސެކިއުރިޓީ ގާޑުންނަށް އޭނާގެ ހާލު ގޯސްވެފައިވާ ކަމާއި ނޭވާލުމަށް ދަތިވާ ކަމަށް ވިދާޅުވެ ސިއްހީ އެހީ ހޯދުމަށް ގުޅުމަށް އެދިވަޑައިގަތެވެ. އެއާއެކު ކުޑައިރުކޮޅެއްގެ ތެރޭގައި، އޭނާ ވަރަށް ބޮޑަށް ކެއްސަން ފަށައި، ނޭވާހާސްވާން ފެށި ކަމަށް ބުނެފައިވެއެވެ.

އަސަދަށް ދެވުނު ފަރުވާ އާ އެކު ކުޑަކޮށް ލުއިވި ނަމަވެސް، އޭނާގެ ނޭވާލުން އަދިވެސް އާންމު ހާލަތަކަށް ނުދާ ކަމަށާއި އަދި ބޮލުގައި ރިހުމާއި ބަނޑުގައި ރިހުން އިތުރުވި ކަމަށް ވެސް ބުނެފައިވެއެވެ.

ސިއްހީ އެހީތެރިން އައި އިރު ކުރީގެ ސީރިއާގެ އީސްގެ ހާލަތު ދިޔައީ ގޯސްވަމުން ކަމަށާއި އޭނާގެ ހާލަތު ވަގުތުން ރޫސީ ލީޑަރޝިޕްގެ މަންދޫބުންނަށް އެންގުނު ކަމަށް ވެސް ބުނެފައިވެއެވެ.

"އަވަހާރަކޮށްލަން މަސައްކަތެއް ކުރެވުނު ކަމަށް ޤަބޫލުކުރެވޭ ހުރިހާ ސަބަބެއް އެބަހުރި،" އެ އެކައުންޓުން ބުނެފައިވެއެވެ.

އަސަދަށް ފަރުވާ ދެވުނީ އޭނާގެ އެޕާޓްމަންޓުގައި ކަމަށާއި، ހޯމަ ދުވަހާ ހަމައަށް އޭނާގެ ޙާލު އާންމު ގޮތެއްގައި ރަނގަޅު ކަމަށް ބުނެފައިވެއެވެ. އޭނާ ހެއްދެވި ޓެސްޓުތަކުން ހަށިގަނޑުގައި ވިހަ ހުރިކަން ރިޕޯޓުތަކުން އެނގޭ ކަމަށް ވެސް ވަނީ ހާމަ ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ސީރިއާ އިން އަދި މޮސްކޯ އިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މައްސަލައިގެ ތަޙުޤީޤު ކުރިއަށް ދާއިރު، މިހާތަނަށް ބައްޝާރު އަލް-އަސަދު ވިހައަށް ހުށަހެޅުނީ ކިހިނެއްކަން ދެނެގަނެވިފައެއް ނުވާކަމަށް ރިޕޯޓުގައި ވެއެވެ.

ކުރީގެ ރައީސް ބައްޝާރު އަލް-އަސަދު ރަޝިއާ އަށް ސިއްރިއްޔާތުގައި ވަޑައިގަތީ ޑިސެމްބަރު 8 ގައެވެ. އެއީ، ހަޔާތު ތަޙްރީރު އައް-ޝާމް (އެޗްޓީއެސް) އިސްވެ އޮވެގެން ބަޣާވާތްތެރިންގެ އިއްތިހާދަކުން ކުއްލި ގޮތަކަށް ދޭން ފެށި ހަމަލާތަކަށް 11 ދުވަސްވީ ފަހުން ދިމިޝްގް ހިފައި، އަސަދު ވައްޓާލައިފިކަން އިޢުލާނުކުރި ދުވަހެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު