Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެންމެ ދުވަސްވީ މީހާ

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ އުމުރުން 116 އަހަރުގައި މަރުވެއްޖެ

ޖެރޮންޓޮލޮޖީ ރިސަރޗް ގްރޫޕުން ބުނާގޮތުގައި މިހާރު ދުނިޔޭގެ ހުރި އުމުރުން އެންމެ ދުވަސްވީ މީހާ އަކީ 116 އަހަރުގެ ބްރެޒިލްގެ ރައްޔިތެކެވެ.

ރާއްޖެ އެމްވީ | 5 ޖެނުއަރީ 2025 | އާދީއްތަ 14:19
ޓޮމިކޯ އިޓޫކާ ގެ 116 ވަނަ އުފަން ދުވަސް ފާހަގަ ކުރަނީ

ޓޮމިކޯ އިޓޫކާ ގެ 116 ވަނަ އުފަން ދުވަސް ފާހަގަ ކުރަނީ

ގިނިސް ވޯލްޑް ރެކޯޑްސް އިން ބުނާ ދުނިޔޭގެ އެންމެ ދުވަސްވީ މީހާ – ޖަޕާނުގެ އަންހެނެއް ކަމަށްވާ ޓޮމިކޯ އިޓޫކާ އުމުރުން 116 އަހަރުގައި މަރުވެއްޖެ އެވެ. 

އޭނާ މަރުވީ ޑިސެމްބަރު 29 ވަނަ ދުވަހު ޖަޕާނުގެ މެދުތެރޭ ސަރަހައްދަކަށް ނިސްބަތްވާ ހިޔޯގޯ ޕްރިފެކްޗަރގެ އާޝިޔާ ސިޓީ ގައި ހުންނަ ނާސިންގ ހޯމް އެއްގައެވެ.

ދޮންކޭލާއި ކަލްޕިސް ކިޔާ ޔޯގަޓުގެ ރަހަ ހުންނަ ޖަޕާނުގެ ބުއިމެއް ވަރަށް ބޮޑަށް ކަމުދިޔަ އިޓޫކާ އުފަންވީ 23 މެއި 1908 ގައެވެ.

ޖެރޮންޓޮލޮޖީ ރިސަރޗް ގްރޫޕުން ބުނާގޮތުގައި 117 އަހަރުގެ މާރިއާ ބްރަންޔަސް މަރުވުމާ ގުޅިގެން އިޓޫކާ ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސް ވީ މީހާގެ ގޮތުގައި ކަނޑައެޅުނެވެ. 

އޭނާއަކީ ދުނިޔޭގެ އެންމެ ދުވަސްވީ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތް މީހާކަކަމަށް އޭނާގެ ގާތު ބުނުމުން، އިޓޫކާ ހަމައެކަނި ބުނި އެއްޗެއް ކަމަށް ވަނީ "ޝުކުރިއްޔާ" އެވެ. 

އިޓޫކާ މިދިޔަ އަހަރު އުފަންދުވަސް ފާހަގަކުރުމަށް އެ ސަރަހައްދުގެ މޭޔަރުގެ ފަރާތުން މާބޮނޑިއަކާއި، ކޭކަކާއި ކާޑެއް ފޮނުއްވިއެވެ.

އޮސާކާގައި އުފަންވި އިޓޫކާ އަކީ ހައި ސްކޫލުގައި ވޮލީބޯޅަ ކުޅުނު މީހެކެވެ. އަދި އޭނާ އަކީ ފިޓު މީހެއްގެ ގޮތުގައި މަޝްހޫރު ފަރާތެކެވެ. އޭނާ ވަނީ 3,067 މީޓަރު (10,062 ފޫޓު) އުސްމިނުގެ މައުންޓް އޮންޓޭކަށް ދެފަހަރު އަރާފައެވެ.

އިޓޫކާ ކައިވެނި ކުރީ އުމުރުން 20 އަހަރުގައެވެ. އަދި އޭނާ އަށް ދެ ފިރިހެން ކުދިންނާއި ދެ އަންހެން ކުދިން ލިބުނެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިޓޫކާ ގެ ފިރިމީހާގެ ފޭރާން ފެކްޓަރީގެ އޮފީސް އޭނާ ހިންގިއެވެ. އޭނާގެ ފިރިމީހާ 1979 ގައި މަރުވުމަށްފަހު އިތުރު ކައިވެންޏެއް ނުކުރެއެވެ. އިޓޫކާ މަރުވި އިރު ދުނިޔޭގައި ތިބީ ފިރިހެން ދަރިއަކާއި އަންހެން ދަރިއަކާއި ފަސް މާމަ ދަރިންނެވެ.

ޖެރޮންޓޮލޮޖީ ރިސަރޗް ގްރޫޕުން ބުނާގޮތުގައި މިހާރު ދުނިޔޭގެ ހުރި އުމުރުން އެންމެ ދުވަސްވީ މީހާއަކީ 116 އަހަރުގެ ބްރެޒިލްގެ ރައްޔިތެއް ކަމަށްވާ ކަނަބަރޮ ލޫކަސް އެވެ. އޭނާ އުފަންވީ އިޓޫކާ އުފަންވި ތާރީޚުގެ 16 ދުވަސް ފަހުންނެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި

22 އެޕްރީލު 2017
ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި
21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
10 އެޕްރީލު 2017

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

10 އެޕްރީލު 2017
ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން
18 މާރިޗު 2017

ވައިޓްސް ހައުސްއަށް ވަން މީހާގެ ތަފްސީލް ހާމަކޮށްފި

18 މާރިޗު 2017
ވައިޓްސް ހައުސްއަށް ވަން މީހާގެ ތަފްސީލް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު