Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލުން ޣައްޒާގައި 70 މީހުން ޝަހީދު ކޮށްލައިފި

އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 45،658 ށް ވަނީ އަރާފައެވެ.

ރާއްޖެ އެމްވީ | 5 ޖެނުއަރީ 2025 | އާދީއްތަ 05:46
ޖެނުއަރީ 4، 2025 ގައި ޣައްޒާގެ ޣައްޒާ ސިޓީގައި އިސްރާއީލުން އަލް ސަރާޔާ ސަރަހައްދާއި އެ ސަރަހައްދުގެ ވަށައިގެންވާ ސަރަހައްދުތަކަށް ދިން ހަމަލާތަކާ ގުޅިގެން ބޯ ދުން އަރަނީ

ޖެނުއަރީ 4، 2025 ގައި ޣައްޒާގެ ޣައްޒާ ސިޓީގައި އިސްރާއީލުން އަލް ސަރާޔާ ސަރަހައްދާއި އެ ސަރަހައްދުގެ ވަށައިގެންވާ ސަރަހައްދުތަކަށް ދިން ހަމަލާތަކާ ގުޅިގެން ބޯ ދުން އަރަނީ

ހޮނިހިރު ދުވަހު ޣައްޒާ ސްޓްރިޕް ގެ އެކި ސަރަހައްދުތަކަށް ތިން ތަފާތު 30 ހަމަލާގައި އިސްރާއީލީ ބާރުތަކުން މަދުވެގެން 70 ފަލަސްތީނު މީހުން ޝަހީދު ކޮށްލައިފި ކަމަށް ޞިއްޙީ އަދި މީހުން ސަލާމަތް ކުރުމުގައި މަސައްކަތްކުރާ އޮފިޝަލުން ބުނެއެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. އިސްރާއީލުގެ ބާރުތަކުން ވަނީ ޚާން ޔޫނިސް އަށް ވެސް ހަމަލާދީ މަދުވެގެން އެކަކު ޝަހީދު ކޮށްލާފައެވެ. ޣައްޒާ ސިޓީ އަށް ވެސް އިސްރާއީލުން ވަނީ ހަމަލާ ދީފައެވެ. އެ ސިޓީގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށުން، ހުޅަނގު އައްސޭރިއަށް ގަވައިދާ ޚިލާފަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ ރައްޔިތުން ފަލަސްތީނު ދަނޑުވެރިންނަށް ހަމަލާދީ، އިމާރާތަކުގައި އަލިފާން ރޯކޮށްފައިވާ ކަމަށް ވަފާ ނިއުސް އޭޖެންސީން ބުނެފައިވެއެވެ.

އަނެއްކޮޅުން ޓާގެޓް ކޮށްގެން ޣައްޒާގެ ސިއްހީ ވަސީލަތްތަކައް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އިންޑޮނީޝިއާ ހޮސްޕިޓަލް ވަނީ ޚިދުމަތް ނުދެވޭ ހާލަތަށް ގޮސްފައި ކަމަށް ޣައްޒާގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. އަދި މިހާރު އެ ހޮސްޕިޓަލުން ބަލިމީހުންނަށް ނުވަތަ ޒަޚަމްވެފައިވާ މީހުންނަށް އެއްވެސް ޚިދުމަތެއް ނުދެއެވެ.

ޣައްޒާގައި ހަމާސް އިން ބަންދުކޮށްފައިވާ އިސްރާއީލުގެ ރަހީނުން އަނބުރާ ގެނައުމަށްޓަކައި ޤަޠަރުގައި ހަމާސްއާ އެކު ނުރަސްމީ މަޝްވަރާތައް އަލުން ފެށިފައިވާކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ވިދާޅުވެފައެވެ.  

އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 45،658 ށް ވަނީ އަރާފައެވެ. އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 108،583 ށް ވަނީ މައްޗަށް ގޮސްފައެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު