Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޤައްސާމް ބްރިގޭޑްސް އިން އުތުރު ޣައްޒާ ގައި އިސްރާއީލުގެ ހަނގުރާމަމަތީ 5 ޓޭންކަކަށް ހަމަލާދީފި

ފާއިތުވި ދުވަސްތަކުގައި، އިސްރާއީލުގެ މީޑިއާ ރިޕޯޓުތަކުން ޣައްޒާގައި ތިބި ފަލަސްތީނުގެ ހަނގުރާމަވެރިންގެ އަދަދާ މެދު ތަފާތު ގޮތްގޮތައް ރިޕޯޓު ކޮށްފައިވެއެވެ. އަދި ފަލަސްތީނުގެ މި ސަރަހައްދުގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމަ ފެށިތާ 15 މަސް ފަހުން އަނެއްކާވެސް "ފާހަގަކުރެވޭ ވަރުގެ އާލާވުމެއް" ފެނިފައިވާ ކަމަށް މީޑިއާ ގައި ފާހަގަކޮށްފައިވެއެވެ. 

ރާއްޖެ އެމްވީ | 4 ޖެނުއަރީ 2025 | ހޮނިހިރު 10:42
ހަމާސްގެ އަސްކަރީ ވިންގެއް ކަމަށްވާ އަލް ގައްސާމް ބްރިގޭޑްސްގެ މެމްބަރުން އިސްރާއީލުގެ އަސްކަރީ އާމަރޑް ވެހިކަލެއް 2023، އޮކްޓޯބަރު 07 ގައި އަންދާލާފައި

ހަމާސްގެ އަސްކަރީ ވިންގެއް ކަމަށްވާ އަލް ގައްސާމް ބްރިގޭޑްސްގެ މެމްބަރުން އިސްރާއީލުގެ އަސްކަރީ އާމަރޑް ވެހިކަލެއް 2023، އޮކްޓޯބަރު 07 ގައި އަންދާލާފައި

އިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްސް އިން ނެރުނު ކުރު ބަޔާނެއްގައި، ބުނެފައިވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ޖަބާލިޔާ ރެފިއުޖީ ކޭމްޕްގެ ހުޅަނގު ފަރާތުގައިވާ އަލް-ސަފްތާވީ ސަރަހައްދުގައި އިސްރާއީލުގެ މަރްކަވާ ޓޭންކަކަށް ހަމަލާދީ ގޮއްވާލާފައިވާ ކަމަށެވެ. 

ދެވަނަ ބަޔާނެއްގައި، އެ ޖަމާއަތުން ބުނެފައިވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ޖަބާލިޔާ އަވަށުގެ އިރުމަތީ ފަރާތުގައި އިތުރު ހަތަރު ޓޭންކަކަށް ގޮވާ އެއްޗެހިން ހަމަލާދީފައިވާ ކަމަށެވެ. 

އަލް-ޤައްސާމް ބްރިގޭޑްސްއިން ނެރުނު އެހެން ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ޣައްޒާގެ މެދުތެރޭގައިވާ އަލް-ބުރައިޖް ރެފިއުޖީ ކޭމްޕްގެ އިރުމަތީ ފަރާތުގައި އިސްރާއީލުގެ އަޕާޗީ ހެލިކޮޕްޓަރަކަށް ރޮކެޓަކުން ހަމަލާ ދިން ކަމަށެވެ. 

ހަމާސްގެ ހަތިޔާރު އެޅި ގޮފި ކަމުގައި ޤައްސާމް ބްރިގޭޑްސްގެ މި ބަޔާންތަކާ ގުޅޭގޮތުން އިސްރާއީލު ސިފައިންގެ ފަރާތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. 

ފާއިތުވި ދުވަސްތަކުގައި، އިސްރާއީލުގެ މީޑިއާ ރިޕޯޓުތަކުން ޣައްޒާގައި ތިބި ފަލަސްތީނުގެ ހަނގުރާމަވެރިންގެ އަދަދާ މެދު ތަފާތު ގޮތްގޮތައް ރިޕޯޓު ކޮށްފައިވެއެވެ. އަދި ފަލަސްތީނުގެ މި ސަރަހައްދުގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމަ ފެށިތާ 15 މަސް ފަހުން އަނެއްކާވެސް "ފާހަގަކުރެވޭ ވަރުގެ އާލާވުމެއް" ފެނިފައިވާ ކަމަށް މީޑިއާ ގައި ފާހަގަކޮށްފައިވެއެވެ. 

ޖެރޫސަލަމް ޕޯސްޓް ހިމެނޭގޮތަށް އިސްރާއީލުގެ މީޑިއާ ތަކުން އަންދާޒާ ކޮށްފައިވަނީ މުޅި ޣައްޒާގައި 20،000 އާއި 23،000 އާ ދެމެދުގެ އަދަދެއްގެ ހަނގުރާމަވެރިން ތިބި ކަމަށެވެ. މީގެ ތެރޭގައި ހަމާސް އާއި އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިންނާއި، އަދި ވަކިވަކި ހަނގުރާމަވެރިން ހިމެނޭ ކަމަށް ބުނެފައިވެއެވެ. 

"ހަމާސްއިން އައު ހަނގުރާމަވެރިން ރެކްރޫޓްކުރުމުގެ ތެރެއިން ފާހަގަކުރެވޭ ވަރުގެ އާލާވުމެއް ފާހަގަ ކުރެވެމުން އެބަދެއެވެ،" ޖެރޫސަލަމް ޕޯސްޓުން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވެއެވެ. 

އިސްރާއީލުގެ މީޑިއާ ރިޕޯޓުތަކަށް ބަލާއިރު މި އަދަދުތަކުން ހަމާސްގެ މައްޗަށް ފުރިހަމަ ކާމިޔާބީއެއް ހޯދުމާ ކައިރިވެފައިވާ ކަމަށް އިސްރާއީލުން ދައްކާ ވާހަކަތަކައް ދެކޮޅު ނުޖެހޭ ކަން ފާހަގަ ކުރެވެއެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު