Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

24 ގަޑިއިރު ތެރޭ 8 ގަތުލުއާންމު އިސްރާއީލުން ޣައްޒާ ގައި ހިންގައިފި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 45،658 ށް އަރާފައިވާއިރު، އޭގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ރާއްޖެ އެމްވީ | 4 ޖެނުއަރީ 2025 | ހޮނިހިރު 05:07
ޖެނުއަރީ 03، 2025 - އިސްރާއީލު ސިފައިން ޣައްޒާ ސިޓީގެ ޒައިތޫން ސަރަހައްދަށް ދިން ހަމަލާއަކާ ގުޅިގެން ކުޑަކުދިން ހިމެނޭ ގޮތަށް އަނިޔާވި މީހުން ފަރުވާ ހޯދުމަށް އަލް އަހުލީ އަރަބި ހޮސްޕިޓަލަށް ގެންނަނީ

ޖެނުއަރީ 03، 2025 - އިސްރާއީލު ސިފައިން ޣައްޒާ ސިޓީގެ ޒައިތޫން ސަރަހައްދަށް ދިން ހަމަލާއަކާ ގުޅިގެން ކުޑަކުދިން ހިމެނޭ ގޮތަށް އަނިޔާވި މީހުން ފަރުވާ ހޯދުމަށް އަލް އަހުލީ އަރަބި ހޮސްޕިޓަލަށް ގެންނަނީ

އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި އާއިލާތަކާ ދެކޮޅަށް 8 ގަތުލުއާންމު ހިންގައިފި ކަމަށް ވަފާ ނިއުސް އޭޖެންސީން ބުނެފިއެވެ.

އިސްރާއީލުގެ މި އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތައް އާންމުންގެ އެތައް ބަޔަކު ޝަހީދުވެ، މަދުވެގެން 145 މީހުން ޒަހަމްވެފައިވާ ކަމަށް ސިއްހީ މަސްދަރުތަކުން ބުނެ އެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ ހުކުރު ދުވަހު އެކަނި 73 މީހުން ޝަހީދުކޮށްލާފައި ވާއިރު، ބުރާސްފަތި ދުވަހު، ކުރިން ރައްކައުތެރި ސަރަހައްދެއްގެ ގޮތުގައި އިސްރާއީލުން ކަނޑައަޅާފައިވާ މެދުތެރޭ ޣައްޒާގެ ސަރަހައްދެއް ކަމަށްވާ އަލް މަވާސީ ހިމެނޭ ގޮތަށް އިސްރާއީލުން ދިން ހަމަލާތަކުގައި 77 މީހުން ޝަހީދުވި ކަމަށެވެ. މި އަދަދުތަކަކީ ހަމަ އެކަނި ހޮސްޕިޓަލްތަކަށް ގެންދެވުނު މީހުން ކަމަށް ވަފާ ނިއުސް އިން ބުނެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 45،658 ށް އަރާފައިވާއިރު، އޭގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަނެއް ކޮޅުން އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުން ޒަޚަމްވި މީހުންގެ އަދަދު 108،583 ށް ވަނީ އަރާފައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
27 ފެބުރުއަރީ 2017

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު