Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫރިއާ

ފްރާންސްގެ ޚާރިޖީ ވަޒީރު ސޫރިއާ އަށް ވަޑައިގެންފި

ހުކުރު ދުވަހު މި ދަތުރުފުޅާ ބެހޭ ގޮތުން ސޫރިޔާ ގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ "މިނިވަން، ހަމަޖެހުން އޮތް އަދި ސުލްޙަވެރި" ސޫރިއާ އެއް އުފެދޭނެ ކަމުގެ އުއްމީދު ފާޅު ކުރައްވާފައި

ރާއްޖެ އެމްވީ | 3 ޖެނުއަރީ 2025 | ހުކުރު 08:54
ފަރަންސޭސި ޚާރިޖީ ވަޒީރު ޖޯން ނޮއެލް ބެރޯ

ފަރަންސޭސި ޚާރިޖީ ވަޒީރު ޖޯން ނޮއެލް ބެރޯ

ފްރާންސްގެ ޚާރިޖީ ވަޒީރު ޖޯން-ނޮއެލް ބެރޯ ސޫރިއާ އަށް ވަޑައިގެންފިއެވެ.

ހުކުރު ދުވަހު މި ދަތުރުފުޅާ ބެހޭ ގޮތުން ސޫރިޔާ ގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ "މިނިވަން، ހަމަޖެހުން އޮތް އަދި ސުލްޙަވެރި" ސޫރިއާ އެއް އުފެދޭނެ ކަމުގެ އުއްމީދު ފާޅު ކުރައްވާފައެވެ.

ފްރާންސްގެ ޚާރިޖީ ވަޒީރު ސޫރިއާ އަށް ވަޑައިގަތީ ވިލާތުގެ އިއްތިހާދުގެ ފަރާތުން ސޫރިއާ ގެ އައު ސަރުކާރާ އެކު މަޝްވަރާތައް ކުރެއްވުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

"މި އުއްމީދަކީ ޙަޤީޤީ އުއްމީދެއް" ނަމަވެސް އެއީ "ނާޒުކު" އުއްމީދެއް ކަމަށް ބެރޯ ވަނީ ދިމިޝްޤުގައި ހުންނަ ފްރާންސްގެ އެމްބަސީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.

މިއީ ދިގު މުއްދަތަކަށް ސޫރިއާ ގައި ވެރިކަން ކުރެއްވި ބައްޝާރު އަލް-އަސަދު ވެރިކަމުން ވައްޓާލި ފަހުން ސޫރިއާ އަށް ފްރާންސްގެ ޚާރިޖީ ވަޒީރު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ފްރާންސްގެ ބޭރު ގުޅުންތަކާބެހޭ ވަޒީރު ދިމިޝްޤަށް ވަޑައިގަތީ ހުކުރު ދުވަހުއެވެ. މިއީ މިހާތަނަށް ދުނިޔޭގެ ބޮޑު ބާރަކުން އެންމެ މަތީ ފެންވަރެއްގައި ސޫރިއާ ގެ ވެރިކަން ބަދަލުވި ފަހުން ކުރެވުނު ފުރަތަމަ ދަތުރުކަން ފާހަގަ ކުރެވެއެވެ.

ޖަރުމަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން، ބެރޯ އާ ޖަރުމަނު ގެ ޚާރިޖީ ވަޒީރު މި ދަތުރުފުޅުގައި ގުޅި ވަޑައިގަންނަވާނެއެވެ.

އެ ދެ ބޭފުޅުން ވިލާތުގެ އިއްތިހާދުގެ ފަރާތުން އެކުގައި ސޫރިއާގެ އައު ވެރިޔާ އަޙްމަދު އަލް-ޝަރާޢު އާ މަޝްވަރާ ކުރައްވާނެ ކަމަށަ ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ

01 މާރިޗު 2017
ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު