Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުސަރުކާރުގެ ކުންފުނި

ސަރުކާރުގެ ކުންފުނިތަކުން ލޯނު ނެގުމުގެ ހުއްދަ ފިނޭންސުން ހޯދަން ޖެހޭ ގޮތައް ހަދައިފި

2 ޖެނުއަރީ 2025 | ބުރާސްފަތި 08:50

ކުންފުނިތަކުން މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލުތަކާއި، އިދާރީ އިސްލާހުތަކާއި، އިންވެސްޓްމަންޓް ސްޓްރެޓެޖީތަކަށް ކުރިން ޕީސީބީ އިން ހުއްދަ ނަގަން ޖެހޭ ގޮތައް އޮންނަ އޮތުން ބަދަލުކޮށް ފިނޭންސް މިނިސްޓްރީން ހުއްދަ ނަގަން ޖެހޭ ގޮތައް ވެސް ވަނީ ބަދަލު ކޮށްފައި

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2025 | ބުރާސްފަތި 08:50
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގައި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގައި

ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުން ލޯނު ނެގުމަށް މިނިސްޓްރީ އޮފް ފިނޭންސުން ހުއްދަ ހޯދަން ޖެހޭ ގޮތައް ހަމަ ޖައްސައިފިއެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުން ފިނޭންސްގެ ހުއްދަ ހޯދައިގެން ނޫނީ ލޯނު ނުނެގޭ ގޮތައް ހަމަޖެއްސީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ނެރުނު ސަރކިއުލަރއަކުންނެވެ.

މި ސަރކިއުލަރގައި ފާހަގަކޮށްފައިވާ ގޮތުގައި ސިޔާސަތަށް ގެނެވުނު މި ބަދަލު ފާސްކޮށްފައިވަނީ 25 ޑިސެމްބަރުގައި ބޭއްވުނު ބޯޑު ބައްދަލުވުމެއްގައެވެ.

މި އުސޫލުގެ ދަށުން، ލޯނަކަށް އެދުމުގެ ކުރިން، ލޯނަށް އެދޭ ކުންފުނީގެ ބޯޑުން ޓެކްނިކަލް އެސެސްމަންޓެއް ހަދަންޖެހެއެވެ. މި އެސެސްމަންޓްގައި ލޯނު ބޭނުންވާ ސަބަބު ބަޔާންކުރުމާއި، އެކި ފައިނޭންސިންގ އޮޕްޝަންތައް ބެލުމާއި، އެކި ފަރާތްތަކުން ލޯނު ނެގުމުގެ ފުރުސަތުތައް ދިރާސާ ކުރަން ވާނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ހުށަހަޅާ ލޯނުގެ ސަބަބުން ކުރިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް އަސަރުކުރާނެތޯ ނުވަތަ މިހާރު އަދާކުރަމުންދާ މާލީ ޒިންމާތައް އަދާކުރުމަށް ދަތިތަކެއް ކުރިމަތިވާނެތޯ ވަޒަން ކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޕީސީބީ އިން ބަޔާންކޮށްފައިވާ ގޮތުން، ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުން ލޯނު ނެގުމުގައި ސަރުކާރާ ގުޅުންހުރި ފަރާތްތަކުން ލޯނު ނެގުމަށް އިސްކަންދޭންވާނެއެވެ.

މީގެ އިތުރުން، ލޯނުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުންފުނިން ބަރޯސާވާ މިންވަރަށް އަންނާނެ ބަދަލުތަކުގެ ތަފްސީލު ލޯނަށް އެދި ހުށަހަޅާ އިރު ފޮނުވަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ލޯނަށް އެދި މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހެޅުމުގެ ކުރިން، ލޯނަށް އެދޭ ކުންފުނީގެ ބޯޑުން ފާސްކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުން މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލުތަކާއި، އިދާރީ އިސްލާހުތަކާއި، އިންވެސްޓްމަންޓް ސްޓްރެޓެޖީތަކަށް ކުރިން ޕީސީބީ އިން ހުއްދަ ނަގަން ޖެހޭ ގޮތައް އޮންނަ އޮތުން ބަދަލުކޮށް ފިނޭންސް މިނިސްޓްރީން ހުއްދަ ނަގަން ޖެހޭ ގޮތައް ވެސް މިހާރު ވަނީ ބަދަލު ކޮށްފައެވެ.

ޕީސީބީން މި ބަދަލު ތައް ގެނައި ކަމަށް އިއުލާނު ކުރި އިރު ޕީސީބީ އަކީ ވެސް އަދި ފިނޭންސް މިނިސްޓްރީ އަކީ ވެސް އަދި ސަރުކާރުގެ ކުންފުނި ތަކަކީ ވެސް ސީދާ ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ ވެރިންގެ މައްޗަށް ހިނގަމުންދާ ތަންތަން ކަން ފާހަގަ ކުރެވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ޖޫން 2018

ގެޓްސެޓް ލޯނުގެ ފޯމު ހުށަހެޅުން މިއަދުން ފެށިގެން ކުރިއަށްދަނީ

24 ޖޫން 2018
ގެޓްސެޓް ލޯނުގެ ފޯމު ހުށަހެޅުން މިއަދުން ފެށިގެން ކުރިއަށްދަނީ
02 ޖޫން 2018

ކަނބަލުންގެ ލޯނު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަން ފަށާނެ: އިކޮނޮމިކް މިނިސްޓްރީ

02 ޖޫން 2018
ކަނބަލުންގެ ލޯނު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަން ފަށާނެ: އިކޮނޮމިކް މިނިސްޓްރީ
15 މެއި 2018

ރޯދަ މަހު ފިހާރަތައް ރޭގަނޑު 11 ޖަހަންދެން، ކެފޭ ރެސްޓޯރަންޓް މެންދަމުން އަލިވެ 3 ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފި

15 މެއި 2018
ރޯދަ މަހު ފިހާރަތައް ރޭގަނޑު 11 ޖަހަންދެން، ކެފޭ ރެސްޓޯރަންޓް މެންދަމުން އަލިވެ 3 ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފި
02 އެޕްރީލު 2018

ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓުތަކުން 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހުއްދަ ދެނީ

02 އެޕްރީލު 2018
ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓުތަކުން 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހުއްދަ ދެނީ
07 މާރިޗު 2018

ދަނޑުވެރިންނަށް ދޭ ލޯނުތައް އަންނަ މަހުން ފެށިގެން ދޫކުރަން ފަށަނީ

07 މާރިޗު 2018
ދަނޑުވެރިންނަށް ދޭ ލޯނުތައް އަންނަ މަހުން ފެށިގެން ދޫކުރަން ފަށަނީ
06 ޖެނުއަރީ 2018

ޕޭރޯލް ޓެކްސް ސިސްޓަމަކަށް މަރުހަބާ ކިޔަން ނިއުޔޯކް ކުންފުނިތަކުން އޮތީ ތައްޔާރަށް: ސްޓޭޓް އޮފިޝަލް

06 ޖެނުއަރީ 2018
ޕޭރޯލް ޓެކްސް ސިސްޓަމަކަށް މަރުހަބާ ކިޔަން ނިއުޔޯކް ކުންފުނިތަކުން އޮތީ ތައްޔާރަށް: ސްޓޭޓް އޮފިޝަލް
25 ޑިސެމްބަރު 2017

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި

25 ޑިސެމްބަރު 2017
ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި
23 ޑިސެމްބަރު 2017

ޓެކްސް ނެގުމުގެ ގަވައިދަށް އަނެއްކާ ވެސް އިސްލާހެއް!

23 ޑިސެމްބަރު 2017
ޓެކްސް ނެގުމުގެ ގަވައިދަށް އަނެއްކާ ވެސް އިސްލާހެއް!
23 ނޮވެމްބަރު 2017

37 ޒުވާނަކަށް ގެޓްސެޓް ލޯނު ލިބުނުކަން ހާމަކޮށްފި

23 ނޮވެމްބަރު 2017
37 ޒުވާނަކަށް ގެޓްސެޓް ލޯނު ލިބުނުކަން ހާމަކޮށްފި
08 ޖުލައި 2017

ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި

08 ޖުލައި 2017
ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް