Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލް ޖަޒީރާ

ފަލަސްތީނު ސަރުކާރުން އަލް ޖަޒީރާ މަނާކޮށްފި

މި ނިންމުން ނިންމީ އަލް ޖަޒީރާ އިން ފަލަސްތީނުގެ ޤާނޫނުތަކާއި ގަވާއިދުތަކާ އަލްޖަޒީރާ އިން ތަކުރާރުކޮށް ޚިލާފުވަމުންދާތީ އާއި ފަލަސްތީނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެ ނެޓްވޯކުން ވަންނާތީ ކަމަށް ފަލަސްތީން ސަރުކާރުން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2025 | ބުރާސްފަތި 05:48
ޑިސެމްބަރު 16، 2024 ގައި އަލް ޖަޒީރާގެ ކެމެރާމަން އިޒްރޭލުގެ ހަމަލާ އެއް ގައި ޝަހީދުވުމުން އޭނާގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވަނީ

ޑިސެމްބަރު 16، 2024 ގައި އަލް ޖަޒީރާގެ ކެމެރާމަން އިޒްރޭލުގެ ހަމަލާ އެއް ގައި ޝަހީދުވުމުން އޭނާގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވަނީ

ފަލަސްތީން ސަރުކާރުން އަލްޖަޒީރާ ފަލަސްތީންގައި މަސައްކަތް ކުރުން މަނާ ކޮށްފިއެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އެޖޭންސީ ވަފާ އިން ބުނެފައިވަނީ ފަލަސްތީނުގެ ޘަޤާފަތާއި، ދާޚިލީ ކަންކަމާއި، މުވާޞަލާތީ ވުޒާރާގެ މަންދޫބުން ހިމެނޭ ފަލަސްތީނުގެ މިނިސްޓަރުންގެ ކޮމިޓީ އަކުން، ޤަޠަރުގައި މައި މަރުކަޒު ޤާއިމުކޮށްފައިވާ އަލްޖަޒީރާ މީޑިއާ ނެޓްވަރކްގެ ބްރޯޑްކާސްޓިންގ މަސައްކަތްތައް ފަލަސްތީނުގައި މަނާ ކޮށްފި ކަމަށް އިޢުލާނުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އަލްޖަޒީރާ އާ ގުޅިފައިވާ އެންމެހައި ނޫސްވެރިންނާއި މުވައްޒަފުންނާއި ޗެނަލްތަކުގެ މަސައްކަތްތައްވެސް ވަގުތީގޮތުން ހުއްޓުވައިލުމަށް ކޮމިޓީ އިން ވަނީ އަންގާފައެވެ. އަލްޖަޒީރާ އިން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަންދެން މި ނިންމުން ދެމި އޮންނާނެ ކަމަށް ވެސް ފަލަސްތީން ސަރުކާރުން ބުނެއެވެ. ވަފާ ނިއުސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ނެޓްވޯކުން ފަލަސްތީނުގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވެފައިވާ ކަމަށް ބެލެވިފައިވެއެވެ.

ފަލަސްތީނުގެ ޤާނޫނުތަކާއި ގަވާއިދުތަކާ އަލްޖަޒީރާއިން ތަކުރާރުކޮށް ޚިލާފުވަމުންދާތީ މި ނިންމުން ނިންމާފައިވާކަމަށް ކޮމިޓީ އިން ބުނެފައިވެއެވެ. ފަލަސްތީނު ސަރުކާރުން ބުނެފައިވަނީ އަލްޖަޒީރާ އިން ހަމަނުޖެހުމަށް ހިތްވަރުދޭ ފަދަ މަޢުލޫމާތު ފަތުރައި، ދޮގު މަޢުލޫމާތު ފަތުރައި، ފަލަސްތީނުގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި މިކަންކަމުގެ ސަބަބުން ބައިބައިވުމާއި ހަމަނުޖެހުން އުފެދޭކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް

24 ފެބުރުއަރީ 2017
ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު