Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ދުނިޔެ އިން ބަލަހައްޓައިގެން ހަނުތިއްބާ ޣައްޒާގައި ބިރުވެރިކަމުގެ 15 މަސް ދުވަސް ފާއިތުވެއްޖެ: އަންރުވާ

އިސްރާއީލު ވެރިކަމުގެ ބާރުތަކުން އަންރުވާ ގެ އިމާރާތްތަކާއި ވަސީލަތްތަކަށް 650 ފަހަރު ހަމަލާދީފައިވާ ކަމަށާއި، މި ހަމަލާތަކުގައި އިމާރާތްތަކާއި ވަސީލަތްތަކުގެ "ތިން ބައިކުޅަ ދެބައި" ހަލާކުކޮށް ނުވަތަ ނައްތާލާފައިވާ ކަމަށް އަންރުވާގެ ވެރިޔާ ވަނީ ހާމަ ކުރައްވާފައެވެ.

ރާއްޖެ އެމްވީ | 1 ޖެނުއަރީ 2025 | ބުދަ 16:06
ޑިސެމްބަރު 16، 2024 ގައި ފަލަސްތީނު މީހުން ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރާ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާގައި އިމާރާތައް ބޮޑެތި ގެއްލުން ވެފައި

ޑިސެމްބަރު 16، 2024 ގައި ފަލަސްތީނު މީހުން ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރާ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާގައި އިމާރާތައް ބޮޑެތި ގެއްލުން ވެފައި

އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ބިރުވެރިކަން 15 މަސް ދުވަހު މެދުނުކެނޑި ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، އެކަން އެހެން ހިނގަމުން ދިޔައިރު ދުނިޔެ އިން އެކަން ބަލަހައްޓައިގެން ހަނުތިބީ ކަމަށް އދ. ގެ ފަލަސްތީނާ ބެހޭ އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

2024 ވަނަ އަހަރުގެ އެންމެ ފަހު ދުވަހު، އަންރުވާ ގެ ޑިރެކްޓަރ ޖެނެރަލް ފިލިޕް ލަޒަރީނީ އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި އިސްރާއީލުގެ ވެރިކަމުން ފަލަސްޠީނު ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ ބިރުވެރިކަމުގެ އައު މައުލޫމާތުތަކެއް ހިއްސާކުރެއްވިއެވެ.

ލަޒަރީނީ ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ނަސްލު ނައްތާލުމުގެ ކެމްޕޭން ފެށުނީއްސުރެ، އިސްރާއީލު ބާރުތަކުން އަންރުވާ ގެ ހިޔާވަހިކަމުގައި ތިބި ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުންގެ ތެރެއިން މަދުވެގެން 745 މީހުން މަރާލައި، އިތުރު 2،200 މީހުން ޒަޚަމް ކޮށްލާފައިވެއެވެ.

އިސްރާއީލު ވެރިކަމުގެ ބާރުތަކުން އަންރުވާ ގެ އިމާރާތްތަކާއި ވަސީލަތްތަކަށް 650 ފަހަރު ހަމަލާދީފައިވާ ކަމަށާއި، މި ހަމަލާތަކުގައި އިމާރާތްތަކާއި ވަސީލަތްތަކުގެ "ތިން ބައިކުޅަ ދެބައި" ހަލާކުކޮށް ނުވަތަ ނައްތާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "މި އިމާރާތްތަކުގެ ތެރޭގައި ގިނައިން ހުރީ ހަނގުރާމައިގެ ކުރިން ކުޑަކުދިންގެ ސްކޫލުތަކެއްގެ ގޮތުގައި ބޭނުންކުރެވުނު ތަންތަނެވެ."

އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުގެ ހަމަލާ ތަކުގައި މިހާތަނަށް "އަންރުވާ ގެ 258 މުވައްޒަފުން މަރާލެވިފައިވެއެވެ."

ލަޒަރީނީ ވިދާޅުވީ "އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޚިދުމަތްތެރިންނަށާއި، އިމާރާތްތަކަށާއި މަސައްކަތުގެ މާހައުލުގެ ރައްކައުތެރި ކަން ކަށަވަރު ކޮށްދިނުމުގައި އިސްރާއީލުން ސިސްޓަމެޓިކް ގޮތެއްގައި އިހުމާލުވުމާ ގުޅޭގޮތުން" މިނިވަން ތަޙުޤީޤުތަކެއް ހިންގުމަށް ގޮވާލައްވާ ކަމަށެވެ. އޭނާ ވިދާޅުވީ މިކަންކަމަށް އިސްރާއީލަށް އަދަބު ނުލިބި ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.

"ހޮސްޕިޓަލްތަކަކީ އަމާޒުތަކަކަށް ވެގެން ނުވާނެއެވެ،" އޭނާ ވިދާޅުވިއެވެ. މިއީ ޚާއްޞަކޮށް ފާއިތުވި ހަފްތާގައި އުތުރު ޣައްޒާގައި އިސްރާއީލުން ހޮސްޕިޓަލްތަކަށް އަމާޒުކޮށް ދީފައިވާ ބޮޑެތި ހަމަލާތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެއްޗެއްގެ ގޮތުގައި ބެލެވެއެވެ.

ލަޒަރީނީ ޣައްޒާ ހިސޯރު ކުރުން ނިމުމަކަށް ގެނައުމަށާއި "ވަރަށް ބޮޑަށް ބޭނުންވެފައިވާ އިންސާނީ އެހީގެ ތަކެތި ޚާއްޞަކޮށް ފިނިމޫސުމަށް ބޭނުންވާ ތަކެތި" ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ.

އިތުރަށް ކިޔާލަން

19 ޖުލައި 2019

މުޅި ދުނިޔެއަށްވެސް އައި އެންމެ ހޫނުގަދަ ޖޫން މަސް އައީ މިއަހަރު

19 ޖުލައި 2019
މުޅި ދުނިޔެއަށްވެސް އައި އެންމެ ހޫނުގަދަ ޖޫން މަސް އައީ މިއަހަރު
05 މެއި 2019

އިސްރާއީލުން ޣައްޒާގައި ހިންގި ރެއިޑެއްގައި މާބަނޑު އަންހެނަކާއި ތުއްތުކުއްޖަކު މަރާލައިފި

05 މެއި 2019
އިސްރާއީލުން ޣައްޒާގައި ހިންގި ރެއިޑެއްގައި މާބަނޑު އަންހެނަކާއި ތުއްތުކުއްޖަކު މަރާލައިފި
15 ޖުލައި 2018

ދުނިޔެއިން ބޭރުގައި ހަދަމުންދާ ހޮޓެލްގައި ކޮންމެ ދުވަހަކު 16 ފަހަރު އިރުއެރުމާއި އިރުއޮއްސުން ބަލާލެވޭނެ!

15 ޖުލައި 2018
ދުނިޔެއިން ބޭރުގައި ހަދަމުންދާ ހޮޓެލްގައި ކޮންމެ ދުވަހަކު 16 ފަހަރު އިރުއެރުމާއި އިރުއޮއްސުން ބަލާލެވޭނެ!
14 ޖޫން 2018

ނާސާގެ އޮޕޮޗުނިޓީ ރޯވަރ އާއި ދުނިޔެއާ ގުޅުން މެދުކަނޑާލައިފި

14 ޖޫން 2018
ނާސާގެ އޮޕޮޗުނިޓީ ރޯވަރ އާއި ދުނިޔެއާ ގުޅުން މެދުކަނޑާލައިފި
19 މެއި 2018

ޣައްޒާގައި އިސްރާއިލުން ހިންގާ ލާއިންސާނީ އަމަލުތަކާ ބެހޭ މިނިވަން ތަހުގީގެއް ހިންގުމާ ދެކޮޅަށް އެމެރިކާ އާއި އޮސްޓްރޭލިއާއިން ވޯޓު ދީފި

19 މެއި 2018
ޣައްޒާގައި އިސްރާއިލުން ހިންގާ ލާއިންސާނީ އަމަލުތަކާ ބެހޭ މިނިވަން ތަހުގީގެއް ހިންގުމާ ދެކޮޅަށް އެމެރިކާ އާއި އޮސްޓްރޭލިއާއިން ވޯޓު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު