Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އެމެރިކާއިން 2023 އޮކްޓޯބަރުން ފެށިގެން އިސްރާއީލަށް 22 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ އަސްކަރީ އެހީ ދީފި: ރިޕޯޓު

މި ރިޕޯޓުގައި ބުނެފައިވަނީ އެމެރިކާއިން މި ހަތިޔާރުތައް ފޯރުކޮށްދީފައި ވަނީ ޣައްޒާ، ލުބުނާން އަދި ސޫރިޔާ ގައި ހަނގުރާމަ ކުރުމަށް ކަމަށެވެ. 

ރާއްޖެ އެމްވީ | 1 ޖެނުއަރީ 2025 | ބުދަ 15:16
ޑިސެމްބަރު 11، 2024 ގައި އިޒްރޭލުގެ ބަރުހަތިޔާރު އެޅި ޓޭންކެއް ޣައްޒާގެ ބޯޑަރު ކައިރީގައި ހަރަކާތްތެރި ވަނީ

ޑިސެމްބަރު 11، 2024 ގައި އިޒްރޭލުގެ ބަރުހަތިޔާރު އެޅި ޓޭންކެއް ޣައްޒާގެ ބޯޑަރު ކައިރީގައި ހަރަކާތްތެރި ވަނީ

ފާއިތުވި އޮކްޓޯބަރު މަހުން ފެށިގެން އެމެރިކާ އިން އިސްރާއީލު ސަރުކާރަށް 22 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ އަސްކަރީ އެހީ ފޯރުކޮށްދީފިއެވެ.

މި އެހީ އިސްރާއީލަށް ދީފައިވަނީ އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށި ހިސާބުން ކަން ފާހަގަ ކުރެވެއެވެ. 

ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާރޗް އިންސްޓިޓިއުޓް (ސިޕްރީ) އިން ސިއްސައިގެން ދާފަދަ މި ބޮޑު އަދަދު ހާމަކޮށްފައިވަނީ އަންގާރަ ދުވަހު ނެރުނު ރިޕޯޓެއްގައެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ އެމެރިކާއިން މި ހަތިޔާރުތައް ފޯރުކޮށްދީފައިވަނީ ޣައްޒާ، ލުބުނާން އަދި ސޫރިޔާ ގައި ހަނގުރާމަ ކުރުމަށް ކަމަށެވެ. 

2023 ވަނަ އަހަރު، ވޮޝިންގްޓަނުން ތެލް އަވީވަށް ދިން އަސްކަރީ އެހީ އޭގެ ކުރިއާ އަޅާބަލާއިރު 78 އިންސައްތަ އިތުރުވެފައިވެއެވެ.

މީގެ ކުރިން ފާއިތުވި ހަތަރު އަހަރުގެ މުއްދަތުގައި އެމެރިކާއިން އިސްރާއީލުގެ އަސްކަރިއްޔާ އިން ބޭނުން ކުރާ ހަތިޔާރުތަކުގެ 69 އިންސައްތަ ފޯރުކޮށްދީފައިވެއެވެ. 

އިސްރާއީލުން ޣައްޒާ ގައި ފެށި ހަނގުރާމަ އާއި ލުބުނާން އަށް ދިން މަރުގެ ހަމަލާތައް އިތުރުވި 23 ދުވަހުގެ ތެރޭގައި، އެމެރިކާއިން އިސްރާއީލަށް 2.4 ބިލިއަން ޑޮލަރުގެ 10،000 ޓަނަށްވުރެ ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދީފައިވެއެވެ. 

2024 ގެ އޯގަސްޓު މަހާ ހަމައަށް މި އަދަދު 50،000 ޓަނަށް އިތުރުވެފައިވެއެވެ. މި ހަތިޔާރުތައް އިސްރާއީލަށް ގެންގޮސްފައިވަނީ އެތައް ސަތޭކަ މަތިންދާބޯޓު ދަތުރުތަކުގަ އާއި ކަނޑު އުޅަނދުތައް ބޭނުންކޮށްގެންނެވެ. 

މި ހަތިޔާރުތަކުގެ ތެރޭގައި ހިމެނެނީ އިސްރާއީލުގެ އަޔަން ޑޯމް ސިސްޓަމަށް ބޭނުންވާ މިސައިލްތަކާއި، ޕްރެސިޝަން-ގައިޑެޑް ބޮންތަކާއި، ސީއެޗް-53 ހެވީ ލިފްޓް ހެލިކޮޕްޓަރުތަކާއި، އޭއެޗް-64 އެޕާޗޭ ހެލިކޮޕްޓަރުތަކާއި، 155 އެމްއެމް އާޓިލަރީ ޝެލްތަކާއި، ބަންކަރު ހަލާކުކުރާ ހަތިޔާރުތަކާއި އަދި ހަތިޔާރު އަޅާފައިވާ އުޅަނދުތަކެވެ.

ޣައްޒާ ހަނގުރާމައިގައި 45،500 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން މަރުވެފައިވާއިރު، އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އެއީ ޣައްޒާގެ އާބާދީގެ 6 އިންސައްތައެވެ. އަދި ލުބުނާނަށް ދިން ހަމަލާތަކުގައި 3،960 ށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރުވެސް އެމެރިކާއިން ހަތިޔާރު ފޯރުކޮށްދިނުން މެދުނުކެނޑި ކުރިއަށް ގެންގޮސްފައިވެއެވެ. 

އެމެރިކާއިން އިސްރާއީލަށް އަސްކަރީ އެހީ ފޯރުކޮށްދޭން ފަށާފައިވަނީ 1948 ގައި ހިނގި ހަނގުރާމައިގައި ސަރަހައްދުގެ ބޮޑު ބައެއް އިސްރާއީލުން ހިސޯރު ކުރުމުގެ ދެ އަހަރު ކުރިންނެވެ. މި ހަނގުރާމައަކީ ހުޅަނގުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ހަނގުރާމައެކެވެ. 

ޖުމްލަކޮށް ބަލާއިރު، ވޮޝިންގްޓަނުން އިސްރާއީލަށް 310 ބިލިއަން ޑޮލަރުގެ އަސްކަރީ އަދި އިޤްތިޞާދީ އެހީ ފޯރުކޮށްދީފައިވެއެވެ. މި މަޢުލޫމާތު ހާމަ ކޮށްފައިވަނީ އެމެރިކާގެ ތިންކް ޓޭންކެއް ކަމަށްވާ ކައުންސިލް އޮން ފޮރިން ރިލޭޝަންސް އިންނެވެ. 

2023 ގެ ކުރިން، ހަމައެކަނި އަސްކަރީ އެހީގެ ގޮތުގައި އަހަރަކު 3.8 ބިލިއަން ޑޮލަރު އެމެރިކާ އިން ފޯރުކޮށްދީފައިވެއެވެ. 

ފާއިތުވި އަހަރުގެ ނިޔަލަށް، އެމެރިކާއިން އިސްރާއީލު ސަރުކާރަށް ހަތިޔާރު ވިއްކުމުގެ މުޢާމަލާތްތަކަށް 100 ށް ވުރެ ގިނަ ހުއްދަ ދީފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިންގަޕޫރުގެ ބްލޮގަރއަކަށް އެމެރިކާއިން ހިމާޔަތްދީފި

ސިންގަޕޫރުގެ ބްލޮގަރއަކަށް އެމެރިކާއިން ހިމާޔަތްދީފި

25 މާރިޗު 2017
ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި

ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު