Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖެޖޫ އެއަރ ވެއްޓުން

ޖެޖޫ އެއަރގެ ކޮކްޕިޓް ރެކޯޑަރުން ޑޭޓާ ނަގައިފި

އޮފިޝަލުން ބުނާ ގޮތުގައި ދެކުނު ކޮރެއާގެ ބިމުގައި ހިނގި އެންމެ ގިނަ މީހުން މަރުވި މަތިންދާ ބޯޓު އެކްސިޑެންޓުގެ މި ހާދިސާގައި މަރުވި 179 މީހުން ވަނީ ދެނެގަނެވިފައެވެ.

ރާއްޖެ އެމްވީ | 1 ޖެނުއަރީ 2025 | ބުދަ 12:57
ވެއްޓުނު ޖެޖޫ އެއަރ މަތިންދާ ބޯޓުގެ ބައެއްގެ ކައިރީގައި އޮފިޝަލުން ހަރަކާތްތެރި ވަނީ

ވެއްޓުނު ޖެޖޫ އެއަރ މަތިންދާ ބޯޓުގެ ބައެއްގެ ކައިރީގައި އޮފިޝަލުން ހަރަކާތްތެރި ވަނީ

ޖެޖޫ އެއަރ ފްލައިޓް ވެއްޓުނު ހާދިސާ ތަޙްޤީޤު ކުރަމުންދާ ފަރާތްތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މަތިންދާ ބޯޓުގެ ބްލެކް ބޮކްސްތަކުގެ ތެރެއިން އެއް ބޮކްސްއިން ޑޭޓާ ނަގައިފިއެވެ.

ދެކުނު ކޮރެއާގެ ސިވިލް އޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޖޫ ޖޮންގް-ވަން ބުދަ ދުވަހު ވިދާޅުވީ ކޮކްޕިޓް ވޮއިސް ރެކޯޑަރުން "ފުރަތަމަ މަރުހާލާގެ ޑޭޓާ ނެގުން" ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

"މި ޑޭޓާގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެން އޯޑިއޯ ފޯމެޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށަން ވަނީ ނިންމާފައި،" އޭނާ ވިދާޅުވިއެވެ.

ޖޫ ވިދާޅުވީ މަތިންދާބޯޓުގެ ދެވަނަ ބްލެކް ބޮކްސް، ފްލައިޓް ޑޭޓާ ރެކޯޑަރު، އެމެރިކާ އަށް ފޮނުވާނެ ކަމަށެވެ. އެއީ ހާދިސާގައި އެއަށް ލިބުނު ގެއްލުމުގެ ސަބަބުން އޭގައި ހުރި މަޢުލޫމާތު ނެގޭނެ ގޮތެއް އެ ގައުމުގެ ތަހުގީގު ކުރާ ފަރާތްތަކަށް ނުވުމުން ކަމުގައެވެ.

ފްލައިޓް 2216 ވަނީ އާދީއްތަ ދުވަހުގެ ހެނދުނު ސޯލް އިން 290 ކިލޯމީޓަރު (180 މޭލު) ދެކުނު ހުޅަނގުގައި އޮންނަ މުއާން އިންޓަރނޭޝަނަލް އެއަރޕޯޓަށް ވެއްޓިފައެވެ.

މި ހާދިސާގައި މަތިންދާބޯޓުގައި ތިބި 181 މީހުންގެ ތެރެއިން 179 މީހުން މަރުވެފައިވެއެވެ.

މި ހާދިސާ އަކީ ދެކުނު ކޮރެއާގެ ބިމުގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި މަތިންދާބޯޓުގެ ހާދިސާއެވެ. އަދި 1997 ގައި ކޮރެއަން އެއަރގެ ބޮއިންގ 747 ގެ ބޯޓެއް ގުއާމްގެ ފަރުބަދަ އެއް ގައި ޖެހި 228 މީހުން މަރުވި ހާދިސާ އަށް ފަހު، ދެކުނު ކޮރެއާގެ އެއަރލައިނަކާ ގުޅިގެން ހިނގި އެންމެ ގިނަ މީހުން މަރުވި ހާދިސާއެވެ.

އޭވިއޭޝަން ތަޖުރިބާކާރުން އާދީއްތަ ދުވަހުގެ ހާދިސާ ހިނގަން ދިމާވެދާނެ ސަބަބުތަކާ ބެހޭ ގޮތުން ބުނެފައިވަނީ، ބޯޓުގައި ދޫނިތަކެއް ޖެހުމާއި، މެކޭނިކަލް މައްސަލައަކާއި، ޕައިލެޓަށް ހެދުނު ގޯސް ތަކާއި، ރަންވޭގެ ނިމޭ ހިސާބުން 300 މީޓަރު (328 ޔާޑު) އަށް ވުރެ ކައިރީގައި ކޮންކްރީޓް ސްޓްރަކްޗަރެއް ހުރުން ހިމެނޭ ކަމަށެވެ.

ވެއްޓުނު ބޮއިންގ 737-800 ބޯޓު ވަނީ ލޭންޑިންގ ގިއަރާ ނުލާ ބޯޓުގެ ދަށް ރަންވޭގައި ޖައްސާފައެވެ. ބޯޓު ރަންވޭ ގައި ޖެއްސީ ބޯޓުގައި ދޫންޏެއް ޖެހިއްޖެ ކަމަށް ޕައިލެޓު އެއަރ ޓްރެފިކް ކޮންޓްރޯލަށް ރިޕޯޓު ކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. އޭގެ ފަހުން މަތިންދާބޯޓު ވަނީ މަތަ ނުވެ ގޮސް ރަންވޭގެ ބޭރުން ހުރި ކޮންކްރީޓް ސްޓްރަކްޗަރެއްގައި ޖެހި ރޯވެފައެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2023

އިންޑިގޯ އެއަރގެ މަތިންދާބޯޓެއް ވައިތެރޭގައި އޮއްވައި އިމަރޖެންސީ ދޮރު ހުޅުވަން އުޅެފި

29 ޖެނުއަރީ 2023
އިންޑިގޯ އެއަރގެ މަތިންދާބޯޓެއް ވައިތެރޭގައި އޮއްވައި އިމަރޖެންސީ ދޮރު ހުޅުވަން އުޅެފި
30 މެއި 2022

ވެއްޓުނު، ތާރާ އެއަރގެ ފްލައިޓުން އެއްވެސް މީހަކު ސަލާމަތްވިކަމަށް ގަބޫލެއްނުކުރެވޭ

30 މެއި 2022
ވެއްޓުނު، ތާރާ އެއަރގެ ފްލައިޓުން އެއްވެސް މީހަކު ސަލާމަތްވިކަމަށް ގަބޫލެއްނުކުރެވޭ
29 މެއި 2022

ނޭޕާލް ތާރާ އެއަރގެ ފްލައިޓް، މުސްޓަންގްއިން ފެނުނު

29 މެއި 2022
ނޭޕާލް ތާރާ އެއަރގެ ފްލައިޓް، މުސްޓަންގްއިން ފެނުނު
18 މެއި 2022

ޗައިނާގެ އީސްޓާރން އެއާރލައިނުގެ ފްލައިޓް ވެއްޓުމުގެ ފަހަތުގައި ވަނީ ކޮކްޕިޓްގައި ހުރި މީހެއް ކަމަށް ރިޕޯޓުތައް ބުނެފި

18 މެއި 2022
ޗައިނާގެ އީސްޓާރން އެއާރލައިނުގެ ފްލައިޓް ވެއްޓުމުގެ ފަހަތުގައި ވަނީ ކޮކްޕިޓްގައި ހުރި މީހެއް ކަމަށް ރިޕޯޓުތައް ބުނެފި
27 އެޕްރީލު 2022

2016 ވަނަ އަހަރު އިޖިޕްޓުއެއަރގެ ޕެސެންޖަރ ޖެޓު ވެއްޓުނީ ކޮކްޕިޓްގައި ސިނގިރޭޓު ބުއިންމުންކަމަށް ތަހުގީގުން ދައްކައިފި

27 އެޕްރީލު 2022
2016 ވަނަ އަހަރު އިޖިޕްޓުއެއަރގެ ޕެސެންޖަރ ޖެޓު ވެއްޓުނީ ކޮކްޕިޓްގައި ސިނގިރޭޓު ބުއިންމުންކަމަށް ތަހުގީގުން ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު