Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު ކޮރެއާ

އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސް ހައްޔަރު ކުރުމުގެ ކޯޓު އަމުރެއް ނެރެފި

ޔޫން އަކީ ދެކުނު ކޮރެއާގައި މަޤާމުގައި ހުންނަވަނިކޮށް ހައްޔަރު ކުރުމުގެ އަމުރު ނެރެވުނު ފުރަތަމަ ރައީސެވެ.

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2024 | އަންގާރަ 07:59
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔޯލް

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔޯލް

މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރި ކުރެވިފައިވާ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ހައްޔަރު ކުރުމުގެ އަމުރެއް ސޯލް ގެ ކޯޓަކުން ނެރެފިއެވެ.

މިއީ 3 ޑިސެމްބަރުގައި މާޝަލް ލޯ ތަންފީޒުކުރަން އޭނާ ކުރެއްވި މަސައްކަތާ ގުޅިގެން ނެރުނު އަމުރެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ވޯރަންޓް ނެރެފައިވަނީ ބާރުގެ ނަހަމަ ބޭނުންކުރުމާއި އަދި ގައުމަށް ޣައްދާރުވުމަށް ހިތްވަރުދިނުމުގެ ތުހުމަތުގައި ކުރިއަށް ގެންދާ ތަހުގީގަށް ހާޒިރުވުމަށް ޔޫން އަށް ފޮނުވުނު ތިން އަމުރަށް ޖަވާބު ނުދިނުމާ ގުޅިގެންނެވެ.

ޔޫންގެ ޤާނޫނީ ޓީމުން ބުނެފައިވަނީ ރައީސް ހައްޔަރު ކުރަން ނެރުނު އަމުރަކީ "ޣައިރު ޤާނޫނީ އަދި ބާޠިލު" އެއްޗެއް ކަމަށާއި އެ އަމުރު ކޯޓުގައި ޗެލެންޖްކުރާނެ ކަމަށެވެ.

ރައީސް ޔޫން ކުރު މުއްދަތަކަށް މާޝަލް ލޯ އިޢުލާން ކުރެއްވުމާ ގުޅިގެން ދެކުނު ކޮރެއާ ވަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. އަދި ޔޫން އާއި އޭނާގެ ފަހުން ވަގުތީ ރައީސް ގެ ގޮތުގައި ވެރިކަމާ ހަވާލުވި ފަރާތްވެސް ވަނީ ގާނޫނު ހަދާ މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސްކޮށްފައެވެ.

ޔޫން އަކީ ދެކުނު ކޮރެއާގައި މަޤާމުގައި ހުންނަވަނިކޮށް ހައްޔަރު ކުރުމުގެ އަމުރު ނެރެވުނު ފުރަތަމަ ރައީސެވެ.

ތަޙުޤީޤުކުރާ ފަރާތްތަކަށް މި ވޯރަންޓް ތަންފީޒުކުރުމަށް 6 ޖެނުއަރީ އާ ހަމައަށް ވަގުތު ލިބިފައިވާއިރު، އިތުރު މުއްދަތަކަށް އެދެވިދާނެއެވެ.

ނަމަވެސް، ތަޙުޤީޤުކުރާ ފަރާތްތަކަށް މި އަމުރު ތަންފީޒުކުރެވޭނެ ކަމެއް އަދި ސާފެއް ނޫނެވެ. އެއީ އޭނާގެ ސެކިއުރިޓީ ޓީމާއި އަދި ޔޫން އަށް ތާއީދު ކޮށް އިހުތިޖާޖުކުރާ ފަރާތްތަކުން އެކަމަށް ހުރަސްއެޅުމުގެ ފުރުސަތު އޮތުމާއެކުގައެވެ.

މީގެ ކުރިން ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން ވަނީ ކޯޓުން ހުއްދަދީފައިވާ ބަލާފާސްކުރުމެއް ކުރިއަށް ގެންދިއުމަށް ތަޙުޤީޤުކުރާ ފަރާތްތަކުން ރައީސް އޮފީހުގެ ގޯތިތެރެއަށާއި ޔޫންގެ އަމިއްލަ ގެއަށް ވަންނަން އުޅުމުން އެކަމަށް ހުރަސް އަޅާފައެވެ.

ހޯމަ ދުވަހު، ޔޫންގެ ޤާނޫނީ ޓީމުން ބުނެފައިވަނީ މާޝަލް ލޯ އިޢުލާންކުރުމަކީ ރައީސްގެ ޤާނޫނީ އިޚްތިޔާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވާތީ، ތަޙުޤީޤުކުރާ ފަރާތްތަކަށް އޭނާ ހައްޔަރު ކުރުމުގެ ބާރެއް ނެތް ކަމަށެވެ.

ޔޫން ވަނީ ކުރިން މާޝަލް ލޯ އިޢުލާންކުރުމުގެ ނިންމުން ދިފާޢުކޮށް، "އެންމެ ފަހު ވަގުތަށް ދާންދެން ހަނގުރާމަކުރާނެ" ކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ ޤާނޫނީ އަދި ސިޔާސީ ޒިންމާތަކުން ރެކިވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޔޫން މިހާރު ހުންނެވި ތަނެއް އާންމުކޮށް އެނގިފައެއް ނުވެއެވެ. ނަމަވެސް އޭނާ ޤައުމުން ބޭރަށް ވަޑައިގަތުން ވަނީ މަނާކޮށްފައެވެ.

14 ޑިސެމްބަރުގައި ގާނޫނު ހަދާ މަޖިލީހުން ޔޫންގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމާ ގުޅިގެން ރައީސްކަމުގެ މަސްއޫލިއްޔަތުތަކުން އޭނާ ވަނީ ސަސްޕެންޑްކުރެވިފައެވެ. ރައީސްގެ މަގާމުން އޭނާ ވަކިވާނީ، އެ ޤައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން އޭނާގެ އިމްޕީޗްމަންޓް ދެމެހެއްޓުމަށް ފާސް ކުރުމުންނެވެ.

މިހާރު ކޮންސްޓިޓިއުޝަނަލް ކޯޓުގެ 9 މެންބަރުންގެ ބެންޗުގައި ތިބީ 6 ފަނޑިޔާރުންނެވެ. މީގެ މާނައަކީ އެންމެ ފަނޑިޔާރަކު އިންކާރުކުރި ނަމަވެސް އޭނާގެ މަގާމު ދެމެހެއްޓޭނެއެވެ.

އިދިކޮޅު ޕާޓީތަކުގެ މެންބަރުން މަސައްކަތްކޮށްފައިވަނީ ހުސްވެފައިވާ ތިން ފަނޑިޔާރުން ގެ މަގާމަށް ތިން ފަރާތެއް ޢައްޔަންކޮށް ޔޫން އިމްޕީޗްކުރުމުގެ ފުރުސަތު އިތުރު ކުރުމަށެވެ. ނަމަވެސް އެ ހުށަހެޅުން ވޭތުވެދިޔަ ހަފުތާގައި ބޮޑުވަޒީރު ހަން ޑަކް-ސޫ ވަނީ ވީޓޯ ކުރައްވާފައެވެ.

އޭގެ ފަހުން، އިދިކޮޅު ފަރާތްތަކުން ވަނީ ޔޫން ސަސްޕެންޑް ކުރުމާ ގުޅިގެން ވަގުތީ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ހަން އިމްޕީޗްކުރުމަށް ވޯޓުލާފައެވެ.

މިހާރު އިދިކޮޅު ފަރާތްތަކުން އިންޒާރު ދެމުން ދަނީ ޔޫން ގެ މާލީ ވަޒީރު ޗޮއި ސަންގް-މޮކް ގެ އިތުބާރު ނެތް ކަމަށް ފާސްކުރާނެ ކަމަށެވެ. ޗޮއި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަގުތީ ރައީސް އަދި ވަގުތީ ބޮޑުވަޒީރުގެ ގޮތުގައެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު