Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖިމީ ކާޓަރ

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރު، އުމުރުފުޅުން 100 އަހަރުގައި އަވަހާރަވެއްޖެ

ކާޓަރުގެ ރައީސްކަން ތާރީޚް ގައި ލިޔެވިގެންދާނީ ބޮޑެތި އިޤްތިޞާދީ މައްސަލަތަކާއި އެތައް ބައިނަލްއަޤްވާމީ ސިޔާސީ ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެން ވެރިކަމެއްގެ ގޮތުގައެވެ.

ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2024 | ހޯމަ 14:50
ކާޓަރ އާޢި އަނބިކަނބަލުން ރޮޒަލިން

ކާޓަރ އާޢި އަނބިކަނބަލުން ރޮޒަލިން

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރު އުމުރުފުޅުން 100 އަހަރުގައި އަވަހާރަވެއްޖެއެވެ. 

ބަދަން ދަނޑުވެރިކަމުގައި ހަޔާތުގެ ކުރީ ކޮޅު ހޭދަކުރެއްވި ކާޓަރ އަކީ އެމެރިކާގެ އެއްވެސް ރައީސަކަށް މިހާތަނަށް ލިބިވަޑައިނުގެންނެވި ފަދަ ދިގު އުމުރެއް ދެކެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާގެ 100 ވަނަ އުފަންދުވަސް ފާހަގަ ކުރެއްވީ ހުސްވި އޮކްޓޯބަރު މަހުގައެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ކާޓަރ ސެންޓަރުން ހާމަ ކުރި ގޮތުގައި ކާޓަރ އަވަހާރަވެފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު، ޖޯޖިއާގެ ޕްލެއިންސް ގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅުގައެވެ. 

ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކާޓަރ ރައީސްކަން ކުރެއްވީ 1977 އިން 1981 އަށެވެ. މިއީ އިޤްތިޞާދީ މައްސަލަ ތަކާއި ޑިޕްލޮމެޓިކް މައްސަލަތައް ގިނަ ދުވަސްވަރެއްގެ ގޮތުގައި ފާހަގަ ކުރެވުނު ދުވަސް ތަކެކެވެ.

ވެރިކަމުން ފައިބާ ވަޑައިގެންނެވި އިރު ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ދަށުގައި އޮތްކަމަށް ބެލެވުނު ކާޓަރ ވައިޓް ހައުސް ދޫކޮށްލެއްވި ފަހުން، އޭނާގެ މަގުބޫލުކަން އަލުން އުފުލުނީ އިންސާނިއްޔަތަށް އޭނާ ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުން ނޮބެލް ޞުލްޙައިގެ އިނާމު ލިބިވަޑައިގަތުމާ ގުޅިގެންނެވެ. 

ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ޖޯޖިއާގެ ގަވަރުނަރު ކަމާއި، އެމެރިކާގެ ނޭވީގެ ލެފްޓިނަންޓްކަމާއި، ދަނޑުވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ކާޓަރު ދުނިޔެ ދޫކުރެއްވި އިރު އޭނާގެ 4 ބޭފުޅުންނާއި، 11 ކާފަ ވިދާޅުވާ ބޭފުޅުންނާއި، 14 މުނިކާފަ ވިދާޅުވާ ބޭފުޅުން ދުނިޔޭގައި ތިއްބެވިއެވެ. 

އޭނާގެ އަނބިކަނބަލުން ރޯޒަލިން، އެދެބޭފުޅުންގެ ކައިވެންޏަށް 77 އަހަރު ފުރިފައިވަނިކޮށް 2023 ގެ ނޮވެމްބަރު މަހު އަވަހާރަވިއެވެ. 

2018 ގައި ޖޯޖް އެޗް.ޑަބްލިއު. ބުޝް އަވަހާރަވުމަށްފަހު، ކާޓަރ ހުންނެވީ އެމެރިކާގެ އެންމެ ދުވަސްވީ ކުރީގެ ރައީސްގެ ގޮތުގައެވެ. 

ކާޓަރ އަވަހާރަ ވުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ފަސްޓް ލޭޑީ ޖިލް ބައިޑަން ވިދާޅުވެފައިވަނީ "ދުނިޔެއިން އާދަޔާ ޚިލާފު ލީޑަރެއް، ސްޓޭޓްސްމަނެއް އަދި އިންސާނިއްޔަތަށް ޚިދުމަތްކުރެއްވި ބޭފުޅަކު ގެއްލިއްޖެ" ކަމަށެވެ. 

ކާޓަރުގެ ރައީސްކަން ތާރީޚް ގައި ލިޔެވިގެންދާނީ ބޮޑެތި އިޤްތިޞާދީ މައްސަލަތަކާއި އެތައް ބައިނަލްއަޤްވާމީ ސިޔާސީ ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެން ވެރިކަމެއްގެ ގޮތުގައެވެ. މީގެ ތެރޭގައި އީރާނުގެ ހޯސްޓޭޖް ހާދިސާ ހިމެނެއެވެ. މި ހާދިސާ ނިމުނީ 8 އެމެރިކާ ރައްޔިތުންގެ ފުރާނަ ގެއްލިގެންނެވެ. 

އަނެއްކޮޅުން މެދުއިރުމަތީގެ މައްސަލަ އާ ބެހޭ ގޮތުން ފާހަގަކޮށްލެވޭ ބައިނަލްއަޤްވާމީ ސިޔާސީ ކާމިޔާބީއެއް ވެސް އޭނާ ހާސިލް ކުރެއްވިއެވެ. އެއީ 1978 ގައި ކާޓަރގެ އެހީތެރިކަމާއެކު އެމެރިކާގެ ކޭމްޕް ޑޭވިޑްގައި މިޞްރާއި އިސްރާއީލާ ދެމެދު ވެވެނު ސުލްހައިގެ އެއްބަސްވުން ވުޖޫދަށް ގެނައުމެވެ. 

ނަމަވެސް އެ އެއްބަސްވުން އެކުލަވާލިތާ، 2 އަހަރު ފަހުން، އޮތް އިންތިޚާބުގައި ކާޓަރ އަށް ނާކާމިޔާބީ އާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ގިނަ މީހުންގެ ވޯޓު އެ އިންތިޚާބުގައި ލިބިވަޑައިގަތީ ރިޕަބްލިކަން ޕާޓީގެ ރޮނަލްޑް ރޭގަން އަށެވެ. 

ކާޓަރު 1980 ގެ އިންތިޚާބުގައި ބޮޑު ތަފާތަކުން ބަލިވިއިރު، އޭނާއަށް ކާމިޔާބު ކުރެއްވުނީ އެމެރިކާގެ 6 ސްޓޭޓާއި ވޮޝިންގްޓަން ޑީ.ސީ އެކަންޏެވެ.

ކާޓަރ ފަސްދާނުލާނީ ރަސްމީ އިއްޒަތުގައި ކަމަށް އެމެރިކާގެ ރައީސް ބައިޑްން ވަނީ އިއުލާން ކުރައްވާފައެވެ.                 

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު