Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަތިންދާ ބޯޓު ކާރިސާ

ދެކުނު ކޮރެއާގެ ފަހުގެ ތާރީޚުގައި ހިނގި އެންމެ ހިތާމަވެރި އެއަރލައިން ކާރިސާގައި މަރުވި މީހުންގެ އަދަދު 177 ށް އަރައިފި

181 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ މި ބޯޓުން މިހާތަނަށް ސަލާމަތްވި ކަމަށް ރިޕޯޓު ކޮށްފައިވަނީ ބޯޓުގެ ކުރޫންގެ ތެރޭގައި ތިބި އަންހެނަކާއި ފިރިހެނެކެވެ.

ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2024 | އާދީއްތަ 12:46
ދެކުނު ކޮރެއާގެ މުއާން އިންޓަރނޭޝަނަލް އެއަރޕޯޓަށް ވެއްޓުނު ޖެޖޫ އެއަރ ބޯޓު ފުނޑުފުނޑުވެފައި

ދެކުނު ކޮރެއާގެ މުއާން އިންޓަރނޭޝަނަލް އެއަރޕޯޓަށް ވެއްޓުނު ޖެޖޫ އެއަރ ބޯޓު ފުނޑުފުނޑުވެފައި

ދެކުނު ކޮރެއާގެ ފަހުގެ ތާރީޚުގައި ހިނގި އެންމެ ހިތާމަވެރި އެއަރލައިން ކާރިސާގައި މަރުވި މީހުންގެ އަދަދު 177ށް އަރައިފި ކަމަށް އެ ގައުމުގެ ނޭޝަނަލް ފަޔަރ އޭޖެންސީ އިން ހާމަ ކޮށްފިއެވެ.

އާދިއްތަ ދުވަހު ހެނދުނު ހިނގި މި އެކްސިޑެންޓުގައި ޖެޖޫ އެއަރލައިންގެ މަތިންދާ ބޯޓެއް ކޮރެއާގެ މުއާން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ގައި އިމަރޖެންސީގައި ގައި ޖައްސަން މަސައްކަތް ކުރަމުން ދަނިކޮށް ބޯޓު މަތަނުވެ ގޮސް އެއްޗެއްގައި ޖެހި ބޯޓު އަލިފާން ގުޅައަކަށް ބަދަލުވެގެން ދިޔަ މަންޒަރު ވަނީ ހާމަވެފައެވެ.

ދެކުނު ކޮރެއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި، ތައިލެންޑުގެ ވެރިރަށް ބެންކޮކުން އައި ޖެޖޫ އެއަރގެ ފްލައިޓް 7C2216 ގައި 181 މީހުން ތިއްބެވެ. ބޯޓު އެއަރޕޯޓުގައި ޖެއްސުމަށް މަސައްކަތްކުރަމުން ދިޔައީ ހެނދުނު 9 ޖަހާ ކަންހާ އިރުއެވެ.

މިދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި ކޮރެއާގެ މަތިންދާ ބޯޓަކަށް ކުރިމަތިވި އެންމެ ނުރައްކާތެރި މި ހާދިސާއާ ބެހޭ ގޮތުން ކޮރެއާގެ ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވަނީ، ބޯޓުގެ ސިފަ ނޭނގޭ ވަރަށް ފުނޑުފުނޑުވެފައިވާ ކަމަށެވެ. ކުޑަކޮށްވެސް ސިފަ އެނގޭވަރުވަނީ ބޯޓުގެ ނިގޫ ކޮޅުކަމަށް ވެސް ބުނެފައިވެއެވެ.

ބޯޓުން ދަތުރު ކުރި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު، މި ހާދިސާގައި ލިބުނު ގެއްލުމުގެ ބޮޑު ކަމުން ބޯޓުގައި ތިބި މީހުންގެ ހަށިތައް މާ ދުރު ހިސާބުތަކަށް ވިއްސައިގެން ގޮސްފައިވާ ކަމަށް ވެސް ދެކުނު ކޮރެއާގެ ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވެއެވެ.

ހާދިސާ ގައި ސަލާމަތްވި ކަމަށް މިހާތަނަށް ރިޕޯޓު ކޮށްފައިވަނީ ބޯޓުގެ ކުރޫންގެ ތެރޭގައި ތިބި އަންހެނަކާއި ފިރިހެނެކެވެ. އެދެމީހުން ފެނިފައިވަނީ އަނދަމުން ދިޔަ ބޯޓުގެ ފަހަތްކޮޅުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ދެމީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވުނީ ކޮރެއާ ގަޑިން މެންދުރުން އަނބުރާ 1 ޖެހިއިރު ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ކޮރެއާގެ ޓްރާންސްޕޯޓޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިއީ 1997 ވަނަ އަހަރު ކޮރެއަން އެއަރގެ ބޯޓެއް ގުއާމް އަށް ވެއްޓުނު ހާދިސާގައި 200 ށް ވުރެ ގިނަ މީހުން މަރުވި ފަހުން، ދެކުނު ކޮރެއާގެ އެއަރލައިނަކަށް ދިމާވި އެންމެ ނުރައްކާތެރި ހާދިސާއެވެ. ދެކުނު ކޮރެއާގެ ބިމުގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާއަކީ 129 މީހުން މަރުވި އެއަރ ޗައިނާގެ ބޯޓެއް ވެއްޓުނު ހާދިސާއެވެ.

ޖެޖޫ އެއަރ ގެ ބޯޓު ވެއްޓެން ދިމާވި ސަބަބު އަދި ކަނޑައެޅިގެން ދެނެގަނެވިފައި ނުވި ނަމަވެސް ތަޙުޤީޤުކުރާ ފަރާތްތަކުން ދަނީ ބޯޓް ކްރޭޝް ލޭންޑިންގ އަކަށް ދާން ޖެހުނީ ބޯޓުގައި ދޫންޏެއް ޖެހުމުގެ ސަބަބުންތޯ ބަލަމުންނެވެ. ދެކުނު ކޮރެއާގެ ނޫހެއް ކަމަށް ވާ ޔޮންހަޕް އިން އެއަރޕޯޓުގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ ބޯޓުގެ ލޭންޑިން ގިޔަރު މަސައްކަތް ނުކުރީ ދޫންޏެއް ޖެހުމުގެ ސަބަބުން ކަމަށް ބެލޭ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ބުނިގޮތުގައި، އެއަރޕޯޓުގެ ކޮންޓްރޯލް ޓަވަރުން ބޯޓުގައި ދޫންޏެއް ޖެހުނު ކަމުގެ އިންޒާރު އިއުލާނު ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބޯޓު ނުރައްކަލުގެ ތެރެއަށް ވެއްޓިއްޖެ ކަމަށް ޕައިލެޓުން އިއުލާން ކުރި ކަމަށެވެ.

ބޯޓުން ދަތުރު ކުރި ފަސިންޖަރަކު އޭނާގެ އާއިލާގެ މެމްބަރަކަށް ފޮނުވި ޓެކްސްޓް މެސެޖެއްގައިވެސް ބޯޓުގައި ދޫންޏެއް ޖެހުނު ވާހަކަ ބުނެފައިވެއެވެ.

ޖެޖޫ އެއަރލައިންގެ ސީއީއޯ ވަނީ މިހާދިސާ ހިނގުމާއެކު މާފަށް އެދި ނޫސްކޮންފަރެންސް އެއް ބާއްވާފައެވެ. އޭނާ ބުނި ގޮތުގައި ބޯޓަށް މި ހާދިސާ ދިމާވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ. އޭނާ ހާމަކުރި ގޮތުގައި ބޯޓު ބެންކޮކް އިން ފުރި އިރު ބޯޓަށް އެއްވެސް މައްސަލައެއް ދިމާވެފައިވާކަން ފާހަގަ ކުރެވިފައެއް ނުވެއެވެ.

ޖެޖޫ އެއަރލައިން އަކީ 2005 ގައި ތައާރުފް ކުރި ބަޖެޓް އެއަރލައިން އެކެވެ. ޖަޕާން، ތައިލެންޑް އަދި ފިލިޕީންސް އަށް ޖެޖޫގެ ބޯޓުތައް އަންނަނީ އޮޕަރޭޓް ކުރަމުންނެވެ.                                  

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު