އިސްރާއީލުން މިދިޔަ 24 ގަޑިއިރު ތެރޭ ޣައްޒާ ގައި 3 ގަތުލު އާންމު ހިންގައިފި
މަދުވެގެން 37 މީހުން ޝަހީދުވެ، 98 މީހުން ޒަޚަމްވެފައިވޭ

2024 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު، ޣައްޒާ ސްޓްރިޕްގެ މެދުތެރޭގައި ހުންނަ ނުސީރާތު ރެފިއުޖީ ކޭމްޕްގެ އަލް-އައުދާ ހޮސްޕިޓަލުގައި، އިސްރާއީލީ ހަމަލާއެއްގައި މަރުވި ނޫސްވެރިންގެ ޖަނާޒާގައި އަން
އިސްރާއީލުގެ އަނިޔާވެރި ބާރުތަކުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާ ސްޓްރިޕްގެ އާއިލާތަކާ ދެކޮޅަށް ތިން ގަތުލު އާންމު ހިންގައިފިއެވެ.
މީގެ ސަބަބުން 37 އާންމު ރައްޔިތުން ޝަހީދުވެ، 98 މީހުން ޒަޚަމްވެފައިވާކަމަށް ޞިއްޙީ އޮފިޝަލުންނާ ހަވާލާދީ ވަފާ ނިއުސް އޭޖެންސީން މަޢުލޫމާތު ދެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރ 7 ވަނަ ދުވަހު ޣައްޒާ ސްޓްރިޕްގެ މައްޗަށް އިސްރާއީލުން ފެށި އުދުވާނީ ހަމަލާ ތަކުގައި ޝަހީދު ވެފައިވާ މީހުންގެ އަދަދު 45,436 އަށް އަރައިފައިވެއެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި 108,038 މީހުން ޒަޚަމްވެފައިވެއެވެ.
މީގެ އިތުރުން އެތައް ހާސް މީހުން އަދިވެސް ވަނީ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ތެރޭގައި ވަޅުލެވިފައެވެ. އޮފިޝަލުން ހާމަ ކުރާ ގޮތުގައި ގެއްލިފައިވާ މީހުން ހޯދުމަށް އެމްބިއުލާންސް އަދި ސިވިލް ޑިފެންސް ޓީމްތަކަށް އެމީހުންނާ ހަމައަށް ވާސިލުވުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވެއެވެ.
މިއީ އިސްރާއީލުގެ ހަމަލާތައް މެދުނުކެނޑި ކުރިއަށްދާތީ އާއި، ސުންނާފަތިވެފައިވާ އިމާރާތްތަކުގެ އަދަދު ގިނަކަމުންނާއި، ތެޔޮ ލިބުމުގައާއި އެކަށީގެންވާ އުޅަނދު ލިބުމުގެ ދަތިކަމުގެ ސަބަބުން ކަމަށް އޮފިޝަލުން ހާމަ ކޮށްފައިވެއެވެ.



