Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަތިންދާ ބޯޓެއް ވެއްޓުން

އާޒަރުބައިޖާނުގެ މަތިންދާ ބޯޓެއް ކަޒަކިސްތާނަށް ވެއްޓި މަދުވެގެން 4 މީހުން މަރުވެއްޖެ

މައްސަލަ ތަހުގީގު ކުރުމަށް ވަނީ ކޮމިޝަނެއް އެކުލަވާލާފައި، ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ބޯޓު އިމަރޖެންސީކޮށް ޖައްސަން ޕައިލެޓް ނިންމީ ބޯޓުގައި ދޫންޏެއް ޖެހުމުގެ ސަބަބުން ކަމަށްވޭ.

ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2024 | ބުދަ 12:34
އާޒަރުބައިޖާނުގެ މަތިންދާ ބޯޓެއް ވެއްޓި ބޯޓު ބުރިވެރިފައި

އާޒަރުބައިޖާނުގެ މަތިންދާ ބޯޓެއް ވެއްޓި ބޯޓު ބުރިވެރިފައި

އާޒަރުބައިޖާނުން ރަޝިޔާއަށް ދަތުރުކުރަމުން ދިޔަ އާޒަރުބައިޖާނުގެ ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް ކަޒަކިސްތާނުގެ އަގްތައު ސިޓީ ކައިރީގައި ވެއްޓި، 4 މީހުން މަރުވެއްޖެކަމަށް ސިއްހީ އޮފިޝަލުންނާ ހަވާލާ ދީ މީޑީއާ ރިޕޯޓުތައް ބުނެފިއެވެ.

ބޯޓު ވެއްޓުނު އިރު އޭގައި 62 ފަސިންޖަރުންނާއި 5 ކުރޫ މެންބަރުން ތިއްބެވެ. ބޯޓަށް ދިމާވި ހާދިސާ އަކާ ގުޅިގެން، ބުދަ ދުވަހު އަގްތައު އިން ގާތްގަނޑަކަށް 3 ކިލޯމީޓަރު (1.8 މޭލު) ދުރު ހިސާބެއްގައި ބޯޓު އޮއްވާ އިމަޖެންސީކޮށް ޖައްސަން މަޖުބޫރުވިއެވެ.

ބޯޓު ވެެއްޓެމުން ދިޔަ މަންޒަރުތައް ސޯޝަމް މީޑިއާގައި އާންމުވެފައިވާއިރު އޭގައި އަލިފާން ރޯވެފައިވާ މަންޒަރު ފެނެއެވެ.

އާޒަރުބައިޖާންގެ ސަރުކާރުން ބުނާ ގޮތުގައި، މިހާތަނަށް 29 މީހުން ސަލާމަތްވި ކަން ވަނީ ކަށަވަރު ކުރެވިފައެވެ. އޭގެ ތެރޭގައި 2 ކުޑަކުދިން ހިމެނެއެވެ. އެންމެންވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އާޒަރުބައިޖާނުގެ އިމަރޖެންސީ މިނިސްޓްރީން ފުރަތަމަ ބުނީ 25 މީހުން ސަލާމަތްވިކަމަށެވެ. ނަމަވެސް ފަހުން އެ އަދަދު 27 ން، ދެން 28 އަށް، އޭގެ ފަހުން 29 ކަމަށް ބުނެފައިވެއެވެ. ސަލާމަތްވި މީހުންގެ އަދަދުތަކަށް ބަދަލު އަންނަމުން ދިޔައީ ބޯޓު ވެއްޓުނު ސަރަހައްދުން މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ދިއުމާ އެކުގައެވެ.

ރަޝިޔާގެ ނިއުސް އޭޖެންސީ އިންޓަރފެކްސްއިން ބުނެފައިވަނީ އިތުރު މީހުން ސަލާމަތްވެފައި ތިބުން އެކަށީގެންވާ ކަމަށާއި، ހާދިސާ ހިނގި ތަނުން މަރުވެފައިވާ 4 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

އާޒަރުބައިޖާނުގެ އިމަޖެންސީ މިނިސްޓްރީން ބުނާ ގޮތުގައި ފަޔަރ ސަރވިސްއިން ބޯޓުގައި ރޯވި އަލިފާން ވަނީ ނިއްވާލައިފިއެވެ. އަދި 150 އިމަޖެންސީ އޮފިޝަލުން ހާދިސާ ހިނގި ތަނުގައި މަސައްކަތްކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ފުރަތަމަ ލިބުނު މަޢުލޫމާތުތަކަށް ބަލާއިރު، ގްރޮޒްނީގައި ފޮގް ބޯވުމުގެ ސަބަބުން ބޯޓު އެހެން އެއަރޕޯޓަކަށް ޖައްސަން އެދުނު ކަމަށް މޮސްކޯގައި ހުންނަ އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވެއެވެ.

މަތިންދާބޯޓުގައި ތިބި ފަސިންޖަރުންގެ ތެރޭގައި އަޒަރުބައިޖާނު، ރަޝިޔާ، ކަޒަކިސްތާނު އަދި ކިރުގިސްތާނުގެ ރައްޔިތުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ރަޝިޔާގެ އޭވިއޭޝަން ކަންތައްތަކާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުރަތަމަ ލިބުނު މަޢުލޫމާތުތަކަށް ބަލާއިރު، ބޯޓުގައި ދޫންޏެއް ޖެހުމުގެ ސަބަބުން ޕައިލެޓް ނިންމީ އިމަޖެންސީކޮށް ބޯޓު ޖެއްސުމަށެވެ. 

ކަޒަކިސްތާނުގެ އިސްވެރިން ބުނާ ގޮތުގައި މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނެއް ވަނީ އެކުލަވާލާފައެވެ. އަދި އެ ކޮމިޝަނުގެ މެންބަރުންނަށް ވަނީ ހާދިސާ ހިނގި ތަނަށް ދަތުރުކޮށް، މަރުވި އަދި ޒަޚަމްވި މީހުންގެ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަން ލިބޭކަން ކަށަވަރުކުރުމަށް ސަރުކާރުން އަންގާފައެވެ.

އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިޔެވް ވަނީ ރަޝިޔާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ކުރުކޮށްލައްވާފައެވެ. އޭނާ ރަޝިއާ އަށް ވަޑައިގަތީ ބުދަ ދުވަހު އޮންނަ ސަމިޓެއް ގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
09 މެއި 2017

މެޑިޓެރޭނިއަން ކަނޑަށް ދެ ބޯޓެއް އަޑިއަށް ގޮސް 200 މީހުން ގެއްލިއްޖެ

09 މެއި 2017
މެޑިޓެރޭނިއަން ކަނޑަށް ދެ ބޯޓެއް އަޑިއަށް ގޮސް 200 މީހުން ގެއްލިއްޖެ
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު