Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

މިނިވަން މުއައްސަސާތަކަށް ކުރާ އިތުބާރު ގެއްލެނީ!

ވެރިކަމުގައި ކޮންމެ ބަޔަކު ތިބި ނަމަވެސް، ރައްޔިތުންނަށް ގެއްލުންވާ ކަމެއް ހިނގާ ނަމަ، އެކަމާ ދެކޮޅަށް އެ މުއައްސަސާތަކުން ތެދުވަން ޖެހޭނެ އެވެ. އޭސީސީއެއް، ފުލުހުންނެއް ނުވަތަ އެހެން މުއައްސަސާއެއް ކިޔާނެ ކަމެއް ނެތެވެ. އެފަދަ ޙާލަތެއްގައި ރައްޔިތުންގެ ޙައްްގުގައި ނުތެދުވެވޭ ނަމަ، އެ މުއައްސަސާތަކުގެ ބޭނުމެއް ނެތެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2024 | އާދީއްތަ 10:49
ކޮރަޕްޝަންގެ ތެރެއިން ވިނަރެސް ފްލެޓު ގަތް ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ މައްސަލަ ތަހުގީގު ކުރަނީ

ކޮރަޕްޝަންގެ ތެރެއިން ވިނަރެސް ފްލެޓު ގަތް ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ މައްސަލަ ތަހުގީގު ކުރަނީ

ދިވެހިން ހޯދައިގެން މި ތިބި ޑިމޮކްރަސީގެ ނިޒާމުގައި ބާރުތައް އޮތީ ވަކިކޮށްފަ އެވެ. ވެރިކަން ކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރު އަދި އަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރެވެ. އެއް ބާރުން އަނެއް ބާރަށް ފާރަވެރި ވާން ޖެހޭއިރު، އެއް ބާރު އަނެއް ބާރުގެ މައްޗަށް ވެރިވެ ގަތުމެއް ނޯވެ އެވެ. މި ނިޒާމުގެ ތެރެއިން މިނިވަން މުއައްސަސާތަކެއް އުފައްދައި، އެ ތަންތަނަށް ބޭފުޅުން އައްޔަން ކޮށްފައި ތިބެނީ ރައްޔިތުންގެ ފައިސާ އިން މުސާރާ ދޭ ގޮތަށެވެ. އެއީ ވެސް ރައްޔިތުންނަށް ޚިދުމަތް ކުރަން ތިބި ބައެކެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި އެފަދަ މުއައްސަސާތައް ހުންނައިރު، ރާއްޖޭގައި އެބަ ހުއްޓެވެ. އެ މުއައްސަސާތަކުގައި ތިބޭ މީހުން އިސްކުރަން ޖެހޭނީ ރައްޔިތުންގެ މަސްލަޙަތެވެ. ވެރިކަމުގައި ކޮންމެ ބަޔަކު ތިބި ނަމަވެސް، ރައްޔިތުންނަށް ގެއްލުންވާ ކަމެއް ހިނގާ ނަމަ، އެކަމާ ދެކޮޅަށް އެ މުއައްސަސާތަކުން ތެދުވަން ޖެހޭނެ އެވެ. އޭސީސީއެއް، ފުލުހުންނެއް ނުވަތަ އެހެން މުއައްސަސާއެއް ކިޔާނެ ކަމެއް ނެތެވެ. އެފަދަ ޙާލަތެއްގައި ރައްޔިތުންގެ ޙައްްގުގައި ނުތެދުވެވޭ ނަމަ، އެ މުއައްސަސާތަކުގެ ބޭނުމެއް ނެތެވެ.

މިފަހުން ވެސް ފެނުނީ އެކަހަލަ މަންޒަރެކެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިންގާލި ވައްކަމާއި، ކޮރަޕްޝަންގެ ޖަރީމާ އެވެ. އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު، އޭނާގެ ބޭބެ އަށް މަންފާވާ ގޮތަށް ހިންގާލި ކޮރަޕްޝަންގެ ކަންތައް ގަނޑެކެވެ. އެ ކަންތައް ގަނޑުގެ ތެރެއިން ފެންމަތިވެގެން އައި، ހުޅުމާލޭގެ ބިންތަކާއި، ފްލެޓުތަކުގެ ކޮރަޕްޝަންގެ ވާހަކަ އެވެ. އެ ވާހަކަތައް ދައްކާ ކޮޅުން ނުލާހާ ގިނަ ވައްކަމާއި، ކޮރަޕްޝަންގެ ވާހަކަ އެވެ.

އެކަންތައް ފެންމަތިވެގެން ދިޔުމާއެކު، ފުލުހުންގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. އެ ނޫސްވެރިންގެ ބައްދަލުވުން ބެލި ކޮންމެ ރައްޔިތެއްގެ ހިތުގައި ފުލުހުންގެ މުއައްސަސާ އަށް އޮތް އިތުބާރު ގެއްލިގެން ދިޔަ ބައްދަލުވުމެވެ. ސަރުކާރުން ވައްކަމުގެ ބޮޑު ޖަރީމާއެއް ހިންގާލައިގެން އުޅުނުއިރު، ފުލުހުން އަރައި ގޯސް ކުރީ މިދިޔަ ސަރުކާރެވެ. ސީދާ ފުލުހުންގެ މުއައްސަސާ އަށް ސިޔާސީ ނުފޫޒު ފޯރާފައި އޮތް މިންވަރު ފެނުނެވެ. މިދިޔަ ސަރުކާރޭ ބުނާއިރު، މިދިޔަ ސަރުކާރުން ހިންގި ކަމެއް ނަމަ، މި ސަރުކާރުގެ އެމްޑީ އާއި މި ސަރުކާރުން ލާފައި އޮތް ބޯޑެއް ސަސްޕެންޑު ކުރީ ކީއްވެ ހެއްޔެވެ؟

ދެން އޭގެ ފަހުން ފުލުހުން ބުނީ، އެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އާންމުން ހިއްސާ ކުރުމަށެވެ. އަދި އެ ހިއްސާ ކުރާ މައުލޫމާތާއި، އެ މައުލޫމާތު ހިއްސާ ކުރާ ފަރާތެއް ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން ދޭ ވާހަކަ އެވެ. މި ވާހަކަތައް ޤަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ؟ ތަހުގީގުގައި ފުލުހުން ސުވާލު ކުރާ މީހާ ދެއްކި ވާހަކަ، ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބުނެފި އެވެ. ދެން އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ؟ މިއަދު، ފުލުހުންނަށް އެ މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ކުރެވޭނެ ކަމަށް ޤަބޫލު ކުރާ މީހަކު ވެސް މަދު ވާނެ އެވެ.

ހަމަ އެ މައްސަލައިގައި އޭސީސީ އަށް ހިލަމެއްވީ ވެސް، ޕީޖީން ފާޑެއްގެ އަމުރެއް ކުރި ފަހުންނެވެ. އޭގެ ފަހުން އޭސީސީގެ ކަހާތަން ހިރުވައި ވެސް ނުލި އެވެ. ރައްޔިތުންގެ މިފަދަ ބޮޑު މައްސަލައެއްގައި އޭސީސީ ނުވަތަ އެ ނޫން ވެސް މިނިވަން މުއައްސަސާތަކުން ތެދުވަން ޖެހޭނީ ވަކި ފަރާތަކުން އަމުރު ކުރީމަ ހެއްޔެވެ؟ ނުވަތަ ވަކި ފަރާތެއް ބޭނުންވީމަ ހެއްޔެވެ؟ އެހެން ވިޔަސް އެންމެ ރަނގަޅެވެ. މިނިވަން މުއައްސަސާތަކަށް ރައްޔިތުން ކުރަމުން އައި އިތުބާރު ގެއްލެނީ އެވެ.

އޭސީސީމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު