Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒުވާން ގައުމީ ޓީމް

އިންޑިއާ އަތުން ތަފާތު ބޮޑުކޮށް ޖޫނިއާ ގައުމީ ޓީމު ބަލިވެއްޖެ

މި މެޗުން ރާއްޖޭގެ ޓީމު ބަލިވެފައިވަނީ 9-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 އޯގަސްޓު 2017 | ހޮނިހިރު 14:00
މިއަދުގެ މެޗުގައި ކުޅުނު ޒަުވާން ގައުމީ ޓީމު

މިއަދުގެ މެޗުގައި ކުޅުނު ޒަުވާން ގައުމީ ޓީމު

މިހާރު ނޭޕާލްގައި ކުރިޔަށްދާ ފަނަރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޓީމު ކުޅުނު ފުރަތަމަ މެޗުން އިންޑިއާ އަތުން ތަފާތު ބޮޑުކޮށް ބަލިވެއްޖެއެވެ.

ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު އިންޑިއާއާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޓީމު ބަލިވެފައި ވަނީ 9-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް އިންޑިއާއިން ވަނީ ރާއްޖޭގެ މައްޗަށް ހަތަރު ލަނޑުގެ ލީޑެއް ނަގާފައެވެ.

މި މެޗުގައި އިންޑިއާގެ ރަވީ ބަހާދުރް ވަނީ އެ ޓީމަށް ހެޓްރިކެއް ކާމިޔާބު ކޮށްދީފައެވެ. މި ކުޅުންތެރިންގެ އިތުރުން އެ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ތޮއިބާ ސިންގް،ރިކީ ޖޯން، އަދި ކެޕްޓަން ވިކްރަމް ސިންގްއެވެ. ރާއްޖޭގެ ކުޅުންތެރިން އަތުން ވަނީ ބައިކޮޅަށް ދެ ގޯލު ވެސް ވަދެފައެވެ.

މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން ވަނީ ސްރީލަންކާގައި އެކުވެރިކަމުގެ ދެ މެޗު ކުޅެފައެވެ. އެ ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވަނީ ރާއްޖޭގެ ޓީމެވެ. މި މުބާރާތާއި ރާއްޖޭގެ ޓީމުން ކުރިމަތިލާފައި ވަނީ ބީޖީ އަދި ވިކްޓްރީގެ ކުރީގެ ކޯޗު މުހައްމަދު ޝާޒްލީގެ އިރުޝާދުގެ ދަށުންނެވެ.

މި މަހު 18 އިން 27 ގެ ނިޔަލަށް ނޭޕާލްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ހިމެނެނީ ނޭޕާލް އަދި އިންޑިއާއާ އެކު ގްރޫޕް ބީގައެވެ. މި މުބާރާތުގައި ރާއްޖެއިން ދެން ނުކުންނާނީ މި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލް އާއި ދެކޮޅަށެވެ. މި މެޗު ކުޅެން ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު