Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ވައުދު ފުއްދެވުމާ، ވައުދުވެވަޑައިގަތުމުގައި އަވަދިނެތި، ހުރިހާ ޝުކުރެއް އެމްޑީޕީ އަށް

10 ޑިސެމްބަރުގައި އޮންނަ އެއްވުމަށް ގިނަ އަދަދެއްގެ މީހުން ރަށްރަށުން އަތުވެދާނެ ކަމުގެ ބިރަށް ވިއަސް ނުވަތަ އެހެން ގޮތަކަށް ވިއަސް ރައީސް ވައުދުފުޅުތައް ފުއްދަވަން ފެއްޓެވި ފެއްޓެވުމުގެ ޝުކުރު މިއަދު ހައްގުވާނީ އިދިކޮޅު ޕާޓީ އެމްޑީޕީއަށް ކަމާމެދު ޝައްކެއް ނެތެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2024 | ހޯމަ 12:15
ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން ނުކުންނަނީ

ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން ނުކުންނަނީ

10 ޑިސެމްބަރުގައި އެމްޑީޕީން ބޮޑު ޖަލްސާއެއް ބޭއްވުމަށް އިއުލާންކޮށްގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. މި ޖަލްސާއަށް ރަށްރަށުން ވެސް މީހުން މާލެ އައުމަށް ތައްޔާރުވަމުންދާ ވާހަކައާއި މިއީ ޤާނޫނު އަސާސީއަށް ސަރުކާރުން ކުޅެމުންދާތީ ޤާނޫނު އަސާސީގެ ދިފާއުގައި ބާއްވާ އެއްވުމެއް ކަމުގެ އަޑުތައްވެސް ދަނީ ގަދަވަމުންނެވެ. އެއާއި އެކު ސަރުކާރު ޑިފެންސަށް ފައިބާ މި އެއްވުމަށް މީހުން އަޔަ ނުދިނުމަށް ބޮޑެތި ކެމްޕެއިންތަކެއް ފަށައިގެން އުޅޭ މަންޒަރުވެސް ދަނީ ފެންނަމުންނެވެ. އެއާއެކު ކުއްލިއަކަށް ޚަބަރު ލިބުނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ރައީސް މާލެ އަތޮޅަށާ އަރިއަތޮޅަށް ދަތުރުފުޅެއް ފެއްޓެވި ވާހަކައެވެ. އެމްޑީޕީން އިންތިޒާމް ކުރާ އެއްވުމާ މިހާ ގާތްކޮށް ރައީސް ފެއްޓެވި ދަތުރުފުޅުގެ މަގުސަދާ މެދު ތަފާތު ވާހަކަ ރަށުތެރޭގައި ދެކެވެމުން ދެއެވެ. އެހެން ހުއްޓާ ރައީސް ވަޑައިގަންނަވާ ރަށްރަށުގައި ދެއްވަމުން ދިޔަ ތަގުރީރުތަކުގެ ބައިތައް ސޯޝަލް މީޑިއާގައި ވައިރަލްވާން ފަށައިފިއެވެ. ކަމަކު ދާކަށް ނެތެވެ. ކުއްލިއަކަށް ނުކުމެ ވަޑައިގެން އަވަދިނެތިވެ ރައީސް މުއިއްޒު މި އުޅުއްވަނީ ވައުދު ފުއްދުމުގައެވެ. މަތި މައްޗަށް އައު ވައުދުތަށް ވެވަޑައިގެންނެވުމުގައެވެ. 2024 ށް ހުށަހެޅި ބަޖެޓް އޮތީ ހުސްވެފައެވެ. އަލަށް ފާސްކުރި ބަޖެޓް އޮތީ އަންނަ އަހަރަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދުތައް އަމިއްލަފުޅަށް ރައްޔިތުންނަށް ހަނދާންކޮށްދެއްވަން ވެސް ފައްޓަވައިފި އެވެ. ވައުދު ފުއްދަވާނެ ކަމުގެ ވައުދުވެސް ވެވަޑައިގަންނަވަން ފައްޓަވައިފި އެވެ. ތޮއްޑޫގައި އަޅުއްވަން ވިދާޅުވި އެއަރޕޯޓް ހަނދުމަފުޅުނެތި މަތިވެރީގައި އެއަރޕޯޓް އަޅުއްވާނެ ކަމުގެ ވައުދުވެސް ވެވަޑައިގެންފިއެވެ. އައިސް ޕްލާންޓްތައް ވެސް ދެން ހިންގާނީ މަސްވެރިން ބޭނުންވާ ބަޔަކު ކަމުގައި ވެސް ވިދާޅުވެއްޖެއެވެ. ވައުދު ފުއްދަވާނެ ކަމަށް ވައުދުވެވަޑައިގަތުމުގައި ރައީސް މިހާވަރަށް އަވަދި ނެތި މި އުޅުއްވަނީ ކީއްވެގެންތޯ މީހުން ސުވާލުކުރަން ފަށައިފިއެވެ.

އާއްމުކޮށް މާލޭގައި ބާއްވާ ބޮޑެތި ޖަލްސާތަކަށް އެއްމެ ފަސޭހައިން އާދެވޭ ގޮތަށް ތިބެނީ ވެސް އަދި އަންނަނީ ވެސް މާލެ ކައިރީގައި ހުރި އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންކަން އެއީ އެންމެން ވެސް ދަންނަ ހަގީގަތެކެވެ. ކުރީ ސަރުކާރުން ފާސްކޮށްފައި އޮވެގެން މިއަހަރުގެ 50 ބިލިއަން ރުފިއާގެ ބަޖެޓުން އެއްވެސް ރަށަކަށް އެއްވެސް ކަމެއް ކޮށް ނުދެއްވާ އަހަރު ނިންމަވާލިކަން އެއީ ވެސް އެންމެން ދަންނަ ހަގީގަތެކެވެ. ރައްޔިތުންގެ ގިނަ ބަޔަކު ސަރުކާރުދެކެ ފޫހިވެފައި ތިބި ކަމާ ރުޅިއައިސްގެ އުޅޭ ކަމާއި، އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުނިކުމެގެން ކެތް މަދުވެގެން ރައްޔިތުން އުޅޭކަން އެއީ ވެސް އެންމެން ދަންނަ ހަގީގަތެކެވެ. ވީއިރު ޑިސެމްބަރު 10 ގެ ބޮޑު އެއްވުމަށް ދެ ދުވަހަށް ވެފައި ވަނިކޮށް ރައީސް ފެއްޓެވި ދަތުރުފުޅުތަކުގެ މަގުސަދަކީ ކޮބައިކަން ދެނެގަންނާކަށް ދައްޗެއް ނުވިއެވެ.

ރަށުތެރޭގައި މީހުން ކިޔަނީ ރައީސް ލައްވާ ވައުދު ފުއްދަން ބޭނުންވާ ނަމަ ނުވަތަ އިތުރު ވަައުދު ރައީސް ލައްވާ ކުރުވަން ބޭނުންވާނަމަ މަހަކު އެއްފަހަރު ނަމަވެސް އެމްޑީޕީން ޖަލްސާއެއް އިއުލާން ކުރަން އެބަޖެހޭ ކަމަށެވެ. އަނބިކަނބަލުން ގޮވައިގެން ދަތުރުފަތުރު ކުރެއްވުމާ ފުޓްބޯޅަ މެޗް ބެއްލެވުމާ ޔޫރަޕްގައި އޮންނަ ވެޑިންގ ތަކަށް ވަޑައިގަތުމާ ކޮންމެ ދުވަހަކު އާ ރަށަށް ކުޅިވަރު ކުޅެން ވަޑައިގަތުމާ، މަޖިލިސް ކޮންޓްރޯލް ކުރުމަށް މެމްބަރުންނަށް ފައިސާ ދެއްވުމާ އަމިއްލަފުޅު ނުފޫޒް ގަދަ ކުރައްވަން ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރައްވައިގެން ޓީވީ ޗެނަލްތައް ހައްދަވާ ހުރިހާ ބާރަކާ އާރެއް އަމިއްލަފުޅު މުށުތެރެއަށް ނަންގަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތުހުމަތުކުރާ ރައީސް ޑރ މުހައްމަދު މުއިއްޒަށް ހަމަބިމަށް ތިރިވެވެޑައިގަންނަވަން ޖެހިވަޑައިމިގަތީ އިދިކޮޅު ޕާޓީން ބޮޑު އެއްވުމެއް އިއުލާން ކުރުމާ ގުޅިގެން ކަމަށް ރަށުތެރޭގައި މީހުން ކިޔާ އަޑު ގަދަވާން ފަށައިފިއެވެ. ކަތިލާން ގެންނަ ވަޅި ފެނުމުން ކުކުޅުވެސް އަސްތަޣުފާރު ކުރާ ކަމަށް މީހުން ބުނެ އުޅޭ ބީދައިން ބޮޑު އެއްވުމެއްގެ ވާހަކަ އަޑު އިވުމާއެކު ރައީސް ވައުދުފުޅުތައް މަތިން ހަނދުމަފުޅުވެ ކުރެއްވުނުހާ ބޭކާރު ޚަރަދުތަކުގެ މަތިން ވެސް ހަނދުމަފުޅުވެ ކުއްލިއަކަށް ރައްޔިތުންގެ ގާތަށް ވަޑައިގެން މުޅިން އައު ވާހަކަތަކެއް ދައްކަވަން ފެށީ ކަމަށް ބުނާ މީހުންނެއް ވެސް މަދައް ނޫނެވެ.

ކުއްލި އަކަށް މަސްވެރިންނަށް މާ ބޮޑަށް އޯގާތެރިވެވަޑައިގެންފިއެވެ. ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ވަރަަށް މުހިންމު ވެއްޖެއެވެ. ވޭޕް ކޮމިއުނިޓީވެސް މުހިންމު ވެއްޖެއެވެ. ޑޮަލަރު މާރުކުރުންވެސް މިހާރު މުހިންމެއް ނުވިއެވެ.

ކޮންމެ އަކަސް 10 ޑިސެމްބަރުގައި އޮންނަ އެއްވުމަށް ގިނަ އަދަދެއްގެ މީހުން ރަށްރަށުން އަތުވެދާނެ ކަމުގެ ބިރަށް ވިއަސް ނުވަތަ އެހެން ގޮތަކަށް ވިއަސް ރައީސް ވައުދުފުޅުތައް ފުއްދަވަން ފެއްޓެވި ފެއްޓުމުގެ ޝުކުރު މިއަދު ހައްގުވާނީ އިދިކޮޅު ޕާޓީ އެމްޑީޕީއަށް ކަމާމެދު ޝައްކެއް ނެތެވެ. އެކަމަކު ސުވާލަކީ ރައީސް މަތިމައްޗަށް ވެވަޑައިގަންނަވާ ވައުދުފުޅުތަކުންނާ ދައްކަވަމުން މިގެންދަވާ ވާހަކަފުޅުތަކުން ރައްޔިތުން ގާނޫނު އަސާސީގެ ދިފާއުގައި ނިކުތުން ހުއްޓާލާ ގޭގާއި ތިބެދާނެތޯއެވެ. ގެއްލެމުންދާ ހައްގުތައް ހޯދަން މަސައްކަތް ނުކޮށް އެނބުރި ގެއަށް ވަދެދާނެ ތޯއެވެ.

މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު