Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިނަރެސް ޕާކިންގ މައްސަލަ

ވިނަރެސްއިން ކާރު ޕާކު ކުރުމަށް ޖާގަ ގަތުމަށް ހުޅުވާލީ ވަރަށް އަގުބޮޑުކޮށް، މިކަން ހުއްޓުވަންޖެހޭ: އެޕާޓްމަންޓުތަކުގެ ވެރިން

26 ނޮވެމްބަރު 2024 | އަންގާރަ 09:25

ވިނަރެސް ފްލެޓުން އެޕާޓްމަންޓް ގަތް މީހުންނަށް ޕާކިންގ ކަށަވަރުވާނެ ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 ނޮވެމްބަރު 2024 | އަންގާރަ 09:25
ވިނަރެސް ފްލެޓުތައް

ވިނަރެސް ފްލެޓުތައް

ވިނަރެސް ޓަވަރުތަކުން ކާރު ޕާކު ކުރުމަށް ޖާގަ ގަތުމަށް ހުޅުވާލީ އިންތިހާއަށް އަގުބޮޑުކޮށް ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ވިނަރެސްއިން އެޕާޓްމަންޓް ގަނެފައިވާ މީހުން ބުނީ، ޕާކިންގ ވިއްކުމަށް ހުޅުވާލާފައިވަނީ ރައްޔިތު މީހާ ފެލާ އުސޫލުން ކަމަށާއި، މިއުސޫލު ބަދަލުކުރަން ޖެހޭ ކަަމަށެވެ.

Advertisement - newsAdvertisement

ޕާކިންގ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ލިބެނީ ހަމައެކަނި ގަތުމުން ކަމަށް ހަމަޖައްސާފައި އޮތުމަކީ ގަރާޖު ސިޓީއަށް ކޮށާފައިވާ މަގެއް ކަމަށް އެމީހުން ބުނެއެވެ.

މީގެ އިތުރުން ފްލެޓު ގަނެފައިވާ މީހުންނަށް ވެސް، ޕާކިންގ ސްލޮޓު ގަތުމަށްފަހު 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންޖެހޭ އުސޫލު ވެސް ހަމަނުޖެހޭ ކަމަށާއި، 650،000 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަކީ ވަރަށް އުދަނގޫ ތަކުލީފު ބޮޑު ކަމެއް ކަމަށެވެ. އަދި 25 އަހަރަށް ބަހާލައިގެން ފައިސާ ދެއްކި ނަމަވެސް އެއީ ވަަރަށް ބޮޑު އަދަދެއް ކަމަށް އެމީހުން ބުނެއެވެ.

ނުރުހުން ފާޅުކުރި ބައެއް މީހުން ބުނެފައިވަނީ ވިނަރެސް ފްލެޓުން އެޕާޓްމަންޓް ގަތް މީހުންނަށް ޕާކިންގ ކަށަވަރުވާނެ ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވާ ކަމަށާއި، ވިނަރެސްއިން އެޕާޓްމަންޓްތައް ވިއްކާފައިވަނީ އެއުސޫލުން ކަމަށެވެ. ނަމަވެސް ޕާކިންގ ނުގަނެވޭވަރުގެ ބޮޑު އަގުގައި ހުޅުވާލުމުން މިއީ ވަކި ބަޔަކަށް ޖާގަ ދިނުމުގެ ގޮތުން އެޗްޑީސީން ކޮށްފައިވާ ކަމެއް ކަމަށް އެމީހުން ބުނެއެވެ. އަދި މިފަހަރު ވިނަރެސްއިން ޕާކިންގ ސްލޮޓް ވިއްކައިގެން އެޗްޑީސީގެ ބަޔަކު މުއްސަންދި ވާނެކަމަށް ތުހުމަތުކޮށްފައިވާއިރު، މިހާރު ވެސް ބައެއް ސްލޮޓްތައް ބައެއް ބޭފުޅުންނަށް ކަށަވަރުވެފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

މިއުސޫލުން ޕާކިންގ ޖާގަ ދޫކުރުން ހުއްޓުވަންޖެހޭކަން ފާހަގަކޮށް އެމީހުން ވަނީ މިކަމާއި ދެކޮޅަށް ޕެޓިޝަނެއް ހަދައި، ރައީސް އޮފީހަށް ދިއުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދަ ކަމަށް ބުނެފައެވެ.

ހޯމަ ދުވަހު އެޗްޑީސީން ބުނީ ވިނަރެސް މަޝްރޫއިން ފްލެޓު ގަނެފައިވާ ފަރާތްތަކަށް މި އިމާރާތްތަކުން ކާރު ޕާކުކުރާނެ ޖާގަ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޕާކިންގ ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ 2 މޮޑެލްގެ ދަށުންނެވެ. އެގޮތުން އިމާރާތުގެ ތެރެއިން ކާރު ރަޖިސްޓްރީކުރުމުގެ ހުއްދައާއިއެކު ޖުމްލަ 76 ޖާގައާއި އިމާރާތުގެ ބޭރުން ހަމައެކަނި ޕާރކުރުމުގެ ބޭނުމަށް ޖުމްލަ 78 ޕާރކިން ޖާގަ ދޫކުރުމަށް ވަނީ ނިންމާފައެވެ.

އެޗްޑީސީން ބުނީ ޝައުގުވެރިވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ކާރު ޕާކިންގ ޖާގަ ގަތުމަށް ނުވަތަ ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ކޯޕްރޭޝަނުން ބުނެއެވެ.

އެހެންކަމުން ކާރު ޕާކިން ޖާގަ ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕޯޓަލްގައިވާ އިންވެސްޓަރ ރެޖިސްޓްރޭޝަން އަދި ޕްރޮޖެކްޓް ރެޖިސްޓްރޭޝަން ހުށަހެޅުމުގެ ފުރުސަތު 25 ނޮވެންބަރު 2024 އިން 5 ޑިސެންބަރު 2024 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް