Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އަންރުވާ އަށް ތާއީދު ކޮށް ޔުނެސްކޯއިން ގަރާރެއް ފާސްކޮށްފި

ޔުނެސްކޯގެ އެގްޒެކެޓިވް ބޯޑުގެ މި ޚާއްޞަ ޖަލްސާ ބޭއްވުނީ ބާރަ މެންބަރު ޤައުމެއްގެ އެދުމުގެ މަތިންނެވެ. އެއީ ޗިލީ، ކިއުބާ، ޖިބޫތީ، އިންޑޮނޭޝިއާ، ޖޯޑަން، މެކްސިކޯ، ނައިޖީރިއާ، ޕާކިސްތާން، ޤަޠަރު، ސައުތު އެފްރިކާ، ސްޕެއިން އަދި ތުރުކީއެވެ.

ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2024 | އަންގާރަ 05:18
ވީރާނެވެފައިވާ ޓެންޓުތަކުގައި ދިިރިއުޅޭ ފަލަސްތީނުގެ ކުޑަކުއްޖެއް

ވީރާނެވެފައިވާ ޓެންޓުތަކުގައި ދިިރިއުޅޭ ފަލަސްތީނުގެ ކުޑަކުއްޖެއް

ފަލަސްޠީނުން ހިފާފައިވާ ސަރަޙައްދުތަކުގައި އަންރުވާ އިން ފަލަސްތީނުގެ ރެފިއުޖީންނަށް ތައުލީމު ދިނުމަށް ހިންގާ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ތާއީދުކޮށް ޔުނެސްކޯގެ އެގްޒެކެޓިވް ބޯޑުގެ 8 ވަނަ އެކްސްޓްރާ އޯޑިނަރީ ޖަލްސާގައި ހޯމަ ދުވަހު ގަރާރެއް ފާސްކޮށްފިއެވެ.

މި ޤަރާރުގައި ފާހަގަކޮށްފައިވަނީ ފަލަސްޠީނު ރެފިއުޖީންނަށް ތަޢުލީމު ހޯދައިދިނުމަށް ޔުނެސްކޯއިން ދެމި އޮންނާނެ ކަމަށެވެ.

58 މެންބަރު ޤައުމުތަކުގެ ތެރެއިން 50 ޤައުމަކުން މި ޤަރާރަށް ތާއީދުކުރިއެވެ. ދެ ޤައުމަކުން ވޯޓު ނުދީ ތިބި އިރު، ދެ ޤައުމެއް ވޯޓުގައި ބައިވެރިވުމަށް ޙާޟިރުވެފައި ނުވެއެވެ. އަދި ހަތަރު ޤައުމަކުން މި ޤަރާރާ ދެކޮޅަށް ވޯޓުދިނެވެ.

ޔުނެސްކޯގެ އެގްޒެކެޓިވް ބޯޑުގެ މި ޚާއްޞަ ޖަލްސާ ބޭއްވުނީ ބާރަ މެންބަރު ޤައުމެއްގެ އެދުމުގެ މަތިންނެވެ. އެއީ ޗިލީ، ކިއުބާ، ޖިބޫތީ، އިންޑޮނޭޝިއާ، ޖޯޑަން، މެކްސިކޯ، ނައިޖީރިއާ، ޕާކިސްތާން، ޤަޠަރު، ސައުތު އެފްރިކާ، ސްޕެއިން އަދި ތުރުކީއެވެ.

މި ގަރާރު ހުށަހެޅީ އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް ކެނެސެޓުން ފާސްކޮށްފައިވާ ޤާނޫނުތަކުން އަންރުވާގެ މަސައްކަތަށް ނުރައްކާވެފައިވާތީ، އޭގެ ސަބަބުން ފަލަސްތީނުގައި އަންރުވާއިން ފޯރުކޮށްދޭ ތަޢުލީމީ ޚިދުމަތްތަކަށް ނޭދެވޭ އަސަރުކުރާނެތީ، އަންރުވާގެ ތަޢުލީމީ ޚިދުމަތްތައް ކުރިއަށް ގެންދިއުން ކަށަވަރުކުރުމަށެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު