Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލުގެ ޖަރީމާތައް

ހަނގުރާމައިގެ ކުށްތަކަށް އިޒްރޭލަށް ފިޔަވަޅު އެޅުމަށް އީޔޫގެ ޚާރިޖީ ގުޅުންތަކުގެ ވެރިޔާ ހުށަހަޅުއްވައިފި

ޔޫރަޕުގެ އެންމެ އިސް ޑިޕްލޮމެޓް، އިޒްރޭލާ ދޭތެރޭ ޔޫރަޕިއަން ޔޫނިއަނުން ގެންގުޅޭ އުސޫލު ތަކަށް ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އިޒްރޭލުން ޖަރީމާތައް ހިންގަމުންދާ އިރު މިހާތަނަށް ވިލާތުގެ އިއްތިހާދުން މާނަ ހުރި އެއްވެސް ފިޔަވަޅެއް އިޒްރޭލާ ދެކޮޅަށް އަޅާފައި ނުވާކަމަށެވެ.

ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2024 | ހޮނިހިރު 07:28
ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީގެ ވެރިޔާ ޖޮސެޕް ބޮރެލް

ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީގެ ވެރިޔާ ޖޮސެޕް ބޮރެލް

ޣައްޒާ އާއި ލުބުނާނުގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތަކަށް އިޒްރޭލަށް ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ޖޮސެޕް ބޮރެލް ހުށަހަޅުއްވައިފިއެވެ.

ޔޫރަޕުގެ އެންމެ އިސް ޑިޕްލޮމެޓް، އިޒްރޭލާ ދޭތެރޭ ޔޫރަޕިއަން ޔޫނިއަނުން ގެންގުޅޭ އުސޫލު ތަކަށް ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އިޒްރޭލުން ޖަރީމާތައް ހިންގަމުންދާ އިރު މިހާތަނަށް ވިލާތުގެ އިއްތިހާދުން މާނަ ހުރި އެއްވެސް ފިޔަވަޅެއް އިޒްރޭލާ ދެކޮޅަށް އަޅާފައި ނުވާކަމަށެވެ.

ޣައްޒާ އާއި ލުބުނާނުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާ އިޒްރޭލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ކަމަށް ވިދާޅުވެ، އިޒްރޭލުން މުދާ އެތެރެކުރުން މަނާކުރުމުން ފެށިގެން އިޒްރޭލު ސަރުކާރާއެކު ސިޔާސީ މަޝްވަރާތައް ހުއްޓާލުމާ ފަދަ މުހިންމު ގިނަ ފިޔަވަޅުތަކެއް ބޮރެލް ވަނީ ހުށަހަޅުއްވާފައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ބޭރު ސިޔާސަތުގެ އިސްވެރިޔާ ވިދާޅުވީ، ޔޫނިއަނުގެ އުސޫލު ބަދަލުވާން ޖެހޭ ކަމަށާއި، ވަކި ފަރާތެއް އިސްތިސްނާ ނުކޮށް މުޢާމަލާތް ކުރުމަކީ ޔޫރަޕުގެ އިތުބާރު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމުގައެވެ.

ޞިއްޙީ ޚިދުމަތްތެރިންނާއި ޞިއްޙީ ވަސީލަތްތަކަށް އިޒްރޭލުން ގަސްދުގައި ހަމަލާދެމުންދާ މައްސަލަ ބޮރެލް ވަނީ ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ސިއްހީ ވަސީލަތްތަކަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކާ ނުރައްކާތެރި ގޮތެއްގައި ޚިލާފުވުމެވެ. ހަނގުރާމައިގެ ސަރަޙައްދުތަކުގައި ޞިއްޙީ މަސައްކަތްތެރިންނަށް ނުރައްކާ ކުރުމަކީ އެއްވެސް ހާލެއްގައި ދޫދެވޭނެ ކަމެއް ނޫން ކަމަށް ބޮރެލް ވިދާޅުވިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ބޭރު ކަންތައްތަކާބެހޭ ކައުންސިލުން ބޮރެލްގެ ހުށަހެޅުއްވުން ތަކާމެދު މިއަންނަ ހަފްތާގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ބޮރެލް ވިދާޅުވީ، ލުބުނާނުގެ "ބާލްބެކް ކައިރީގައި އިޒްރޭލުން ދިން ހަމަލާއެއްގައި 12 ޕެރަމެޑިކުން މަރުވެފައިވާތީ ޔޫރަޕިއަން ޔޫނިއަނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ." ކަމަށެވެ.

"ޞިއްޙީ ޚިދުމަތްތަކަށް މިގޮތަށް އަމާޒުކުރުމަކީ ސީރިއާ އާއި ޔުކްރެއިން ނުވަތަ ސޫދާނުގައި ހިނގަމުންދާ އެހެން ހަނގުރާމަ ތަކުގައިވެސް ފެންނަމުންދާ ނުރައްކާތެރި އާދައެކެވެ. މިއީ ފަރުވާކުޑަކަމުން ނުވަތަ ގަސްތުގައި ކުރާ ކަމެއް ކަމުގައިވިޔަސް، މިއީ އަސާސީ އިންސާނީ ހައްގުތަކަށް އަރައިގަތުމެވެ." ބޮރެލް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް

20 މެއި 2017
އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް
19 މެއި 2017

ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

19 މެއި 2017
ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
04 މެއި 2017

ސީރިޔާ ހަނގުރާމަ: "ސޭފް ޒޯންތަކެއް" ކަނޑައެޅުމަށް އެއްބަސްވުމަކާ ގާތަށް

04 މެއި 2017
ސީރިޔާ ހަނގުރާމަ: "ސޭފް ޒޯންތަކެއް" ކަނޑައެޅުމަށް އެއްބަސްވުމަކާ ގާތަށް
30 އެޕްރީލު 2017

އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!

30 އެޕްރީލު 2017
އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!
26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު