Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ އުތުރާއި ދެކުނުގައި އިޒްރޭލުގެ ހަމަލާތަކުގައި 11 އާންމުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ

އޮކްޓޯބަރު 2023 އިން ފެށިގެން ޔަހޫދީ ސިފައިން އެއްގަމާއި، ކަނޑާއި، ވައިގެ މަގުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 43,764 އާންމު ރައްޔިތުން ޝަހީދުވެފައިވެއެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު 103،490ށް ވަނީ އަރާފައެވެ.

ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2024 | ހޮނިހިރު 06:09
ޣައްޒާ ގައި އިޒްރޭލުގެ ހަމަލާއެއްގައި ޒަޚަމްވީ ތުއްތު ކުއްޖަކަށް ފަރުވާދެނީ

ޣައްޒާ ގައި އިޒްރޭލުގެ ހަމަލާއެއްގައި ޒަޚަމްވީ ތުއްތު ކުއްޖަކަށް ފަރުވާދެނީ

ހަނގުރާމައިގެ ތެރޭގައިވާ ޣައްޒާގެ އުތުރާއި ދެކުނަށް އިޒްރޭލުން ވައިގެ މަގުންނާއި ބޮޑުބަޑިން ހުކުރު ދުވަހުގެ ހަވީރު ދިން ހަމަލާތަކުގައި 11 އާންމު ރައްޔިތުން ޝަހީދުވެ، އަދި އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.

ވަފާގެ ނޫހުން ބުނާ ގޮތުގައި، ޣައްޒާ ސިޓީގެ އުތުރުގައިވާ އަލް-ކަރާމާ ސަރަޙައްދުގައި އިޒްރޭލުން ދިން ހަމަލާއެއްގައި 4 އާންމު ރައްޔިތުން ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ.

އަދި ސިޓީގެ ދެކުނު އިރުމަތީގައިވާ ޒައިތޫން ސަރަޙައްދުގެ ގެއަކަށް އިޒްރޭލުން ދިން ބޮމުގެ ހަމަލާއެއްގައި 2 އާންމު ރައްޔިތުން ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

އުތުރު ޣައްޒާގެ މެދުތެރޭގައި ޔަހޫދީ ބާރުތަކުން ޒުވާނެއްގެ ގަޔަށް ބަޑި ޖަހާ ވަނީ ޝަހީދު ކޮށްލާފައެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އެ ޒުވާނާގެ ގަޔަށް ބަޑިޖަހާ، އޭނާ އަށް ސިއްހީ ފަރުވާ ދިނުމަށް ހުރަސް އަޅާ، އެމްބިއުލާންސް ކައިރިވިޔަ ނުދީ އޭނާ މަރުވަންދެން ޔަހޫދީ ސިފައިން ތިބީ އެ ސަރަހައްދު ހިސޯރުކޮށްގެންނެވެ.

ދެކުނު ޣައްޒާގައި، އާންމު ރައްޔިތުންނާއި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި  އެމްބިއުލާންސް ޚިދުމަތްތަކުން ރަފަހް ސިޓީގެ އިރުމަތީގައިވާ އެކި ސަރަޙައްދުތަކުގައި އޮކިއުޕޭޝަން ބާރުތަކުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ 4 އާންމު ރައްޔިތުންގެ ހަށިގަނޑު ވަނީ ނަގާފައެވެ.

މެޑިކަލް ވަސީލަތްތަކުން ބުނާ ގޮތުގައި، ހުކުރު ދުވަހުގެ ފަތިހުން ފެށިގެން ޣައްޒާގައި މަރުވެފައިވާ އާންމު ރައްޔިތުންގެ އަދަދު މަދުވެގެން 37 އަށް އަރާފައިވެއެވެ.

ޔަހޫދީ ބާރުތަކުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކާއި ބޮޑުބަޑިތަކުން އުތުރު ޣައްޒާގެ ބައިތު ލަހިޔާ އަވަށަށް އަދި ޣައްޒާ ސިޓީގެ އެކި ސަރަޙައްދުތަކާއި، ދެކުނުގައިވާ ރަފަހް ގެ ޝަބޯރާ ސަރަޙައްދަށް ވެސް ހަމަލާދީފައިވެއެވެ.

މީގެ އިތުރުން، އުތުރު ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕުގެ ހުޅަނގުގައިވާ އެތައް އާންމުންގެ އިމާރާތްތަކެއް އިޒްރޭލުގެ ބާރުތަކުން ވަނީ ގޮއްވާލާފައެވެ.

7 އޮކްޓޯބަރު 2023 އިން ފެށިގެން ޔަހޫދީ ސިފައިން އެއްގަމާއި، ކަނޑާއި، ވައިގެ މަގުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 43,764 އާންމު ރައްޔިތުން ޝަހީދުވެފައިވެއެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު 103،490ށް ވަނީ އަރާފައެވެ.

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2017

އިޒްރޭލުގެ ދެކޮޅުހެދުންތަކާއެކުވެސް ފަަލަސްތީނަށް އިންޓަޕޯލްގެ މެމްބަރުކަން ލިބިއްޖެ

28 ސެޕްޓެމްބަރު 2017
އިޒްރޭލުގެ ދެކޮޅުހެދުންތަކާއެކުވެސް ފަަލަސްތީނަށް އިންޓަޕޯލްގެ މެމްބަރުކަން ލިބިއްޖެ
05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
02 ޖުލައި 2017

ކަރަޕްޝަންގެ މައްސަލައެއްގައި ޖަލުގައި ހުންނެވި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އޮލްމާޓް ކަފާލުތުގެ ދަށުން މިނިވަން ކޮށްފި

02 ޖުލައި 2017
ކަރަޕްޝަންގެ މައްސަލައެއްގައި ޖަލުގައި ހުންނެވި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އޮލްމާޓް ކަފާލުތުގެ ދަށުން މިނިވަން ކޮށްފި
03 ޖޫން 2017

އައިއެސް ހަނގުރާމަ ފެށިފަހުން ކޯލިޝަންގެ ހަމަލާތަކުގައި އާމުންގެ 484 މަރު

03 ޖޫން 2017
 އައިއެސް ހަނގުރާމަ ފެށިފަހުން ކޯލިޝަންގެ ހަމަލާތަކުގައި އާމުންގެ 484 މަރު
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު