Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާ މަޖިލިސް އިންތިޚާބު

ސްރީ ލަންކާގެ ވެރިކަން ކުރާ ޕާޓީއަށް މަޖިލިސް އިންތިޚާބުގައި ބޮޑު ކާމިޔާބެއް

ސްރީ ލަންކާގެ ރައީސްގެ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އަށް ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ވޯޓުގެ 62 އިންސައްތަ ލިބުނުކަން ވަގުތީ ނަތީޖާ ތަކުން ދައްކައިފިއެވެ.

ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2024 | ހުކުރު 05:59
ސްރީލަންކާގެ ރައީސް މަޖިލިސް އިންތިޚާބުގައ ވާދަ ކުރާ އޭނާގެ ޕާޓީގެ ކެންޑިޑޭޓުންނާއެކު ނޮވެމްބަރު 11، 2024 ވަަނަ ދުވަހު

ސްރީލަންކާގެ ރައީސް މަޖިލިސް އިންތިޚާބުގައ ވާދަ ކުރާ އޭނާގެ ޕާޓީގެ ކެންޑިޑޭޓުންނާއެކު ނޮވެމްބަރު 11، 2024 ވަަނަ ދުވަހު

ސްރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނާޔަކޭގެ ޕާޓީން, އެ ގައުމުގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެ ކަން ވަގުތީ ނަތީޖާ ތަކުން ދައްކައިފިއެވެ.

މިއީ މާކްސިސްޓް ފިކުރަށް ތާއީދު ކުރައްވާ ސްރީ ލަންކާގެ ރައީސަށް އެ ގައުމުގެ އިގްތިސާދަށް ކުރިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިކަމެއް ގެނައުމަށް ބާރުގަދަ މެންޑޭޓެއް ލިބިވަޑައިގަތުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހުކުރު ދުވަހުގެ ހެނދުނު ވޯޓުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވޯޓު ގުނިފައިވާއިރު، ޑިސަނަޔަކޭގެ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އަށް ވޯޓުގެ 63 އިންސައްތަ ލިބި، އިދިކޮޅު އިއްތިހާދު ސަމަގި ޖަނަ ބަލަވޭގަޔަ (އެސްޖޭބީ) އަށް ވުރެ ވަރަށް ބޮޑު ތަނުން ކުރިހޯދާފައިވާ ކަން ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވަގުތީ ނަތީޖާތަކުން ދައްކައެވެ.

225 މެންބަރުންގެ ޕާލިމަންޓުގައި އެންޕީޕީ އިން ޕާލިމެންޓުގައި ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތަށްވުރެ ގިނަ ގޮނޑި ހޯދައި، 159 ގޮނޑި ވަނީ ކާމިޔާބު ކޮށްފައެވެ. ސަމަގި ޖަނަ ބަލަވޭގަޔާ (އެސްޖޭބީ) އަށް ދެވަނައަށް އެންމެ ގިނަ ގޮނޑި ލިބުނު އިރު 40 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.

މިހާތަނަށް ގޮނޑި ލިބިފައިވާ ގޮތަކީ:

އެން.ޕީ.ޕީ - 159 ގޮނޑި

އެސް.ޖޭ.ބީ - 40 ގޮނޑި

އައި.ޓީ.އޭ.ކޭ - 8 ގޮނޑި

ނިއު ޑިމޮކްރެޓިކް ފްރަންޓް - 5 ގޮނޑި

އެސް.އެލް.ޕީ.ޕީ - 3 ގޮނޑި؛ އަދި

އެސް.އެލް.އެމް.ސީ - 3 ގޮނޑި އެވެ.

އެންޕީޕީ އަށް 97 ގޮނޑި ލިބިފައިވާއިރު، އެސްޖޭބީ އަށް ލިބިފައިވަނީ 26 ގޮނޑިއެވެ. އަދި 22 އިންތިޚާބީ ދާއިރާގެ ތެރެއިން އެއް ދާއިރާ ފިޔަވައި ހުރިހާ ދާއިރާއެއްގައި އެންޕީޕީ ވަނީ ކުރި ހޯދާފައެވެ.

ބުރާސްފަތި ދުވަހުގެ ވޯޓުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 65 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. މިއީ ސެޕްޓެމްބަރު މަހުގެ ރިޔާސީ އިންތިޚާބާ އަޅާބަލާއިރު މަދު އަދަދެކެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 80 އިންސައްތައާ ކައިރި އަދަދެއްގެ މީހުން ވޯޓުލާފައިވެއެވެ.

ޑިސަނަޔަކޭ ސެޕްޓެމްބަރު މަހުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، އޭނާގެ ކުރިން ހުންނެވި ރައީސް ރަނިލް ވިކްރަމަސިންހަ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ބެއިލްއައުޓް ޑީލެއްގެ ދަށުން އެ ގައުމަށް ތަޢާރުފު ކުރެއްވި ހަރުކަށި އިޤްތިޞާދީ ފިޔަވަޅުތަކާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން އޮތް ވަގުތެއްގައެވެ.

ނިމިދިޔަ ޕާލިމަންޓުގައި ރައީސް ގެ އިއްތިހާދަށް އެންމެ 3 ގޮނޑި ލިބިފައިވާއިރު، ޖަނަތަ ވިމުކްތި ޕެރަމުނާ (ޖޭވީޕީ) ގެ 55 އަހަރުގެ ލީޑަރު ކުއްލި ޕާލިމަންޓަރީ އިންތިޚާބަށް ގޮވާލެއްވީ އައު މެންޑޭޓެއް ހޯއްދެވުމަށެވެ.

ޑިސަނަޔަކޭ ވަނީ ވޯޓުލުމުގެ ކުރިންވެސް އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ފާޅު ކުރައްވާފައެވެ. ބުރާސްފަތި ދުވަހު އެ ގައުމުގެ މީޑިއާތަކަށް ވާހަކަފުޅު ދައްކަވަމުން ޑިސެނަޔަކެ ވިދާޅުވީ، ޕާލިމަންޓުގައި "ވަރުގަދަ އަޣުލަބިއްޔަތެއް" ލިބިވަޑައިގަންނަވާނޭ ކަމަށް އޭނާ އުންމީދުކުރައްވާ ކަމަށެވެ.

1970 އަދި 1980 ގެ އަހަރުތަކުގައި ސަރުކާރާ ދެކޮޅަށް ލޭއޮހޮރުވުން ހިމެނޭ ހަތިޔާރުއެޅި އިންޤިލާބެއް ހިންގި ޖޭވީޕީގެ ލީޑަރު ޑިސަނާޔަކޭ ވަޢުދުވެވަޑައިގެންފައި ވަނީ ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ކުރައްވާނެ ކަމަށާއި، ދެކުނު އޭޝިއާގެ މި ޤައުމުގެ މާލީ ޙާލަތު ރަނގަޅުކުރުމަށް "އެހެން ގޮތްތަކެއް" ހޯއްދަވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

27 މެއި 2017

ސްރީލަންގައި ފެންބޮޑުވުމާއި އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 100 މަރު

27 މެއި 2017
ސްރީލަންގައި ފެންބޮޑުވުމާއި އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 100 މަރު
22 މެއި 2017

ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި

22 މެއި 2017
ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި
18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު