Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
2025ގެ ބަޖެޓް

2025 ވަނަ އަހަރުގެ ބަޖެޓަކީ މެމްބަރުންގެ އަތުން ސަރުކާރު ޖަވާބުދާރީކުރުމުގެ ފުރުސަތު ދޫކޮށްލާނެ ފުރަތަމަ ފަހަރު - މީކާއިލް

ބަޖެޓް މަޖިލީހަށް ފޮނުވާ ބޭނުމަކީ އަހަރަކު އެއް ފަހަރު ސަރުކާރުގެ ޕާރފޯމެންސް ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް އަޅާކިޔުމުގެ ފުރުސަތު ދިނުން ކަމަށް މީކާއިލް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2024 | އަންގާރަ 05:32
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

2025 ވަނަ އަހަރުގެ ބަޖެޓަކީ މެމްބަރުންގެ އަތުން ސަރުކާރު ޖަވާބުދާރީކުރުމުގެ ފުރުސަތު ދޫކޮށްލާނެ ފުރަތަމަ ފަހަރު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް އެފަދައިން ވިދާޅުވީ ހޯމަ ދުވަހު ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މީކާއިލް ވިދާޅުވީ ބަޖެޓް މަޖިލީހަށް ފޮނުވާ ބޭނުމާއި މެދު ވިސްނާލަން ޖެހޭ ކަމަށާ އޭގެ އެއް ބޭނުމަކީ އަހަރަކު އެއް ފަހަރު ސަރުކާރުގެ ޕާރފޯމެންސް ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް އަޅާކިޔުމުގެ ފުރުސަތު ދިނުން ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާ ހޭދަކުރާ ގޮތް ރައްޔިތުންނަށް އެންގުމަކީ ބަޖެޓްގެ އެއް ބޭނުން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ރައްޔިތުންގެ ތިޖޫރީ އަށް މަޖިލިސް ފާރަވެރިވާ މިންވަރު އަހަރެއްގެ ތެރޭގައި އެނިގެން ދިއުމަކީ އެ ބަޖެޓް ހުށަހެޅުމުގެ އިތުރު ބޭނުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް 2025 ވަނަ އަހަރުގެ ބަޖެޓް ހުށަަހަޅާ އިރު އުސޫލީ މައްސަލަތަކެއް ފާހަގަކުރެވޭ ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި، މަޖިލީހާއި، ސަރުކާރާއި، މުއައްސަސާތަކަށް އެނގި ތިބެ ޤާނޫނާއި ޚިލާފު ބަޖެޓެއް ހުށަހަޅާ މިއީ ފުރަތަމަ ފަހަރު ކަމަށް މީކާއިލް ވަނީ ފާހަގަކުރައްވާފައެވެ. މީކާއިލް އިތުރަށް ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓުގައި އުސޫލީ މައްސަލަތަކެއް އެބަހުރި ކަމަށާއި އެހެން ޤައުމެއްގައި ނަމަ ފިނޭންސް މިނިސްޓަރ އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ.

ޕީއެންސީގެ ސަރުކާރަށް އަހަރެއް ވެގެންދާ އިރު މިހާ އޮށްޓަރެއް ނެތް ދިއުޅި އެއްނުވާ ސަރުކާރެއް ނުފެންނަ ކަަމަށް މީކާއިލް ވިދާޅުވިއެވެ. މިދިޔަ އަހަރަށް ވުރެ 7 ބިލިއަން ބޮޑު ބަޖެޓެއް ހުށަހެޅި އިރު ޚަރަދު ކުޑަކުރަން ކުރި އެއްވެސް ކަމެއް ބަޖެޓުން ނުފެނުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ބަޖެޓުގެ ޚަރަދު އިންތިހާ އަށް އިތުރުވެފައިވާ ކަމަށާއި ގޮނޑި ހޫނު ކުރާ ސިޔާސީ މީހުންނަށް ކުރާ ޚަރަދު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ވާ ފައިދާ މި ބަޖެޓުން ފެންނަ މިންވަރު ކުޑަ ކަމަށާއި ރައްޔިތުންގެ ޖީބަށް ސަރުކާރުން އަތް ބާނާ މަންޒަރު ފެންނަ ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސަރުކާރުގެ އެއްވެސް ރޭވުންތެރިކަމެއް ނެތް ކަމަށް ފާހަގަކުރައްވާ މީކާއިލް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. ހަމައެހެންމެ މިއީ ޕީއެސްއައިޕީ އަށް ކުރާ ޚަރަދު އެންމެ ބޮޑު ބަޖެޓްކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަ އަކީ ހަގީގަތާއި ޚިފާލު ވާހަކަތަކެއް ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހަށް 56.6 ބިލިއަން ރުފިޔާގެ 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަންނަ އަހަރުގެ ބަޖެޓަކީ 56,647,600,859 (ފަންސާސް ހަ ބިލިޔަން، ހަސަތޭކަ ސާޅީސް ހަތް މިލިޔަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ.

ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު