Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒުގެ ސަރުކާރު

2025 ވަނަ އަހަރުގެ ބަޖެޓް އުންމީދީ ވަނީ ހަމައެކަނި ރައީސާއި ސިޔާސީ މަޤާމުތަކުގައި ތިބި މީހުންނަށް - އަބްދުﷲ ވަހީދު

އަންނަ އަހަރުގެ ބަޖެޓަކީ 56,647,600,859 (ފަންސާސް ހަ ބިލިޔަން، ހަސަތޭކަ ސާޅީސް ހަތް މިލިޔަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 ނޮވެމްބަރު 2024 | ހޮނިހިރު 20:39
ދިއްދޫގެ ކުރީގެ އެމްޕީ އަބްދުﷲ ވަހީދު

ދިއްދޫގެ ކުރީގެ އެމްޕީ އަބްދުﷲ ވަހީދު

2025 ވަނަ އަހަރުގެ ބަޖެޓް އުންމީދީ ވަނީ ހަމައެކަނި ރައީސާއި ސިޔާސީ މަޤާމުތަކުގައި ތިބި މީހުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ އެހެން ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓަކީ އުންމީދީ ބަޖެޓެއް ކަމަށް ސަރުކާރުން ބުނާތީ އެކަމަށް ރައްދު ދެއްވައެވެ.

ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަނީ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ނޭނގޭނެ ކަމަށް ޤަބޫލުކުރައްވައިގެން ކަމަށެވެ. ސަރުކާރުގެ އަމަލުތަކާއި މެދު ވަރަށް ކަންބޮޑުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ވައުދުވެފައިވާ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި ސަރުކާރުން ކަމެއް ނުކުރާނެ ކަމަށް ވިދާޅުވެއްޖެ ނަމަ އެކަމެއް އެގޮތަކަށް ކުރައްވަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއް އަހަރު ނިމިގެންދާއިރު މި ބަޖެޓްގައި ހިމަނާފައިވާ މަޝްރޫޫޢުތައް ހިންގާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ބަޖެޓަކީ ވެސް ނާއުންމީދީ ބަޖެޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް މުއިއްޒު އަމަލުކުރައްވަނީ ތިމަންނާ ނޫނީ ހަމަޖެހޭ އިތުރު އެއްވެސް މީހެއް ނެތޭ ބުނާ ބީދައިން ކަމަށް އޭނާ ވިދާޅުވިއެވެ.

ބަޖެޓާއި ގުޅޭގޮތުން މި މޭރުމުން އޭނާ ވާހަކަދައްކަވާފައިވާއިރު 2025 ވަނަ އަހަރުގެ ބަޖެޓުގެ މަސައްކަތްތައް މި ހިނގާ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ކުރިން ނިންމުމަށް މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރުގެ ބަޖެޓަކީ 56,647,600,859 (ފަންސާސް ހަ ބިލިޔަން، ހަސަތޭކަ ސާޅީސް ހަތް މިލިޔަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ. ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާއެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް، ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރަށް ހުށަހަޅަނީ 9.4 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެކެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު