Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަންރުވާ

އަންރުވާ އާ ގުޅުން ކަނޑާލިކަން އިޒްރޭލުން ރަސްމީކޮށް އދ އަށް އަންގައިފި

އިޒްރޭލުން އަންރުވާ މަނާކުރުމަށް ގާނޫނެއް ފާސް ކުރުމާ ގުޅިގެން އދ އާއި ގިނަ ގައުމުތަކަކުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. މިހާރުވެސް ފަލަސްތީނުގެ ރެފިއުޖީންގެ ހާލަތު އެހާ ބޮޑަށް ދަށަށް ގޮސްފައިވަނިކޮށް އަންރުވާ ގެ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާނަމަ ފަލަސްތީނުގެ އިންސާނީ ހާލަތު ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ވަނީ ބެލެވިފައި

ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2024 | ހޯމަ 11:19
ެައަންރުވާ މެދުވެރިވެގެން ފޯރުކޮށްދީފައިވާ ކާޑު ބަސްތާ އެއް ފަަސްތީނު ރައްޔިތަކު ގެންދަނީ

ެައަންރުވާ މެދުވެރިވެގެން ފޯރުކޮށްދީފައިވާ ކާޑު ބަސްތާ އެއް ފަަސްތީނު ރައްޔިތަކު ގެންދަނީ

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދގެ އޭޖެންސީ (އަންރުވާ) އާ ގުޅުން ކަނޑާލިކަން އިޒްރޭލުން އދ އަށް ރަސްމީކޮށް އަންގައިފިއެވެ.

މިކަން ހާމަ ކުރީ އިޒްރޭލުގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހުއެވެ.

ހޯމަ ދުވަހު ނެރުނު ބަޔާނުގައި އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، އަންރުވާ އާއެކު އިޒްރޭލުން ބާއްވާ ގުޅުމުގެ އަސާސް ކަމުގައިވާ 1967 ގެ އެއްބަސްވުން އުވާލާފައިވާ ކަމަށެވެ.

އިޒްރޭލު ޕާލިމަންޓުން ވަނީ އަންރުވާގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ފާއިތުވި ހަފްތާގައި ސުވާލު އުފެދޭ ދެ ބިލެއް ފާސްކޮށްފައެވެ. އެއީ އިޒްރޭލުގެ ސަރަޙައްދުގައި އަންރުވާ ހަރަކާތްތެރިވުން މަނާކުރުމާއި، އިޒްރޭލުން ހިފާފައިވަ ހިސާބުތަކާއި އިރުމަތީ ޖެރޫސަލަމް އަދި ޣައްޒާގައި ހުރި އަންރުވާގެ މަރުކަޒުތައް ބަންދުކުރުމަށެވެ.

އދގެ މި އޭޖެންސީން ތަޢުލީމާއި، ޞިއްޙީ ޚިދުމަތްތަކާއި އަދި އެހެނިހެން އަސާސީ ޚިދުމަތްތައް ފޯރުކޮށް ދެނީ 1948 ގެ ހަނގުރާމައިގައި ފަލަސްތީނުން ރެފިއުޖީންނަށް ވެފައިވާ މީހުންނާއި އެމީހުންގެ ދަރިންނަށެވެ. މިހާރު މި އަދަދު ގާތްގަނޑަކަށް 6 މިލިއަނަށް އަރައެވެ. ޣައްޒާގެ 2.3 މިލިއަން އާބާދީގެ ގިނަ ބައެއް އެކުލެވިގެންވަނީ ރެފިއުޖީ ޢާއިލާތަކުންނެވެ.

އަންރުވާ އަކީ ހުއްޓުމެއްނެތި އިޒްރޭލުގެ ފާޑުކިޔުމާއި ބަހުގެ ހަމަލާތައް އަމާޒުވަމުން އައިސްފައިވާ ޖަމާއަތެކެވެ. އިޒްރޭލުން ތުހުމަތު ކުރަނީ އަންރުވާ އިން އިޒްރޭލާ ދެކޮޅު ސިޔާސަތެއް ގެންގުޅޭ ކަމަށެވެ.

ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހިނގަމުންދާ ޣައްޒާގެ ހަނގުރާމައިގައި، އިޒްރޭލުން ތުހުމަތު ކުރަނީ އަންރުވާ އަށް ހަމާސްގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށާއި، އަންރުވާގެ ބައެއް މުވައްޒަފުން އޮކްޓޯބަރު 7 ގައި އިޒްރޭލަށް ދިން ހަމަލާގައި ބައިވެރިވި ކަމަށެވެ. އދ އިން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ.

އިޒްރޭލުން އަންރުވާ މަނާކުރުމަށް ގާނޫނެއް ފާސް ކުރުމާ ގުޅިގެން އދ އާއި ގިނަ ގައުމުތަކަކުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. މިހާރުވެސް ފަލަސްތީނުގެ ރެފިއުޖީންގެ ހާލަތު އެހާ ބޮޑަށް ދަށަށް ގޮސްފައިވަނިކޮށް އަންރުވާ ގެ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާނަމަ ފަލަސްތީނުގެ އިންސާނީ ހާލަތު ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ވަނީ ބެލެވިފިއެވެ.

ހޯމަ ދުވަހު އަންރުވާއިން ބުނެފައިވަނީ، އެ ޖަމްޢިއްޔާގެ މަސައްކަތްތައް އިޒްރޭލުން މަނާކުރުމުން ހަނގުރާމައިގެ ވޭނުގައިވާ ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީގެ މަސައްކަތްތައް "ފަނާވެގެން" ހިނގައިދާނެ ކަމަށެވެ.

"މި ޤާނޫނު ތަންފީޒުކޮށްފިނަމަ، ޣައްޒާގައި ކުރެވޭ ބައިނަލްއަޤްވާމީ އިންސާނީ އެހީގެ މަސައްކަތްތައް ފަނާވެގެން ހިނގައިދާނެ - އެއީ އަންރުވާ އަކީ މި މަސައްކަތުގެ ނާރެސް ކަމަށްވާތީ،" އަންރުވާގެ ތަރުޖަމާނު ޖޮނަތަން ފައުލަރ އޭއެފްޕީ ނިއުސް އޭޖެންސީއަށް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

05 ޖޫން 2017
ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި
02 ޖޫން 2017

ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާނެކަން ރަސްމީކޮށް އިއުލާން ކޮށްފި

02 ޖޫން 2017
ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާނެކަން ރަސްމީކޮށް އިއުލާން ކޮށްފި
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
17 އެޕްރީލު 2017

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި

17 އެޕްރީލު 2017
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު