Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

މަރެސްކާ ބުނީ އެންމެ ރަނގަޅު ސްކޮޑެއް އޮތީ ޗެލްސީގައި ކަމަށް

ޚާއްސަކޮށް ޗެލްސީގައި އޮތް ސްކޮޑާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށާއި، ކުރަން އޮތް ކަމަކީ މަސައްކަތްތަކެއްކޮށް ނަތީޖާ ނެރުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ނޮވެމްބަރު 2024 | އަންގާރަ 05:27
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކުގެ ތެރެއިން އެންމެ ރަނގަޅު ސްކޮޑެއް އޮތީ ޗެލްސީގައި ކަމަށް، އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޗެލްސީން ވަނީ ލަނޑު ޖަަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މަރެެސްކާ ބުނީ، މެޗުގައި ޗެލްސީގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. ޚާއްސަކޮށް މެޗުގެ ނަތީޖާ އަށް ބަލާއިރު، ޔުނައިޓެޑުގެ ދަނޑުގައި އެ ޓީމާ އެއްވަރުވުމަކީ ވެސް ލިބޭ ހިތްހަމަ ޖެހުމެއްގެ ގޮތުގައި މަރެސްކާ ވަނީ ސިފަ ކޮށްފަ އެވެ.

މީގެ އިތުރުން މަރެސްކާ ބުނީ ޕްރިމިއާ ލީގުގައި އެންމެ ރަނގަޅު ސްކޮޑެއް އޮތީ ޗެލްސީގައި ކަމަށެވެ. ޗެލްސީގެ ކޯޗުކަމާ އެންމެ ފުރަތަމަ އޭނާ ހަވާލުވީއިރު ވެސް، އެކަން ފާހަގަ ކޮށްފައިވާނެ ކަމަށް މަރެސްކާ ބުންޏެވެ. ޚާއްސަކޮށް ޗެލްސީގައި އޮތް ސްކޮޑާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށާއި، ކުރަން އޮތް ކަމަކީ މަސައްކަތްތަކެއްކޮށް ނަތީޖާ ނެރުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މިވަގުތު ޔުނައިޓެޑު ދަށް ޙާލަތެއްގައި އޮތް ނަމަވެސް، މަރެސްކާ ޤަބޫލު ކުރާ ގޮތުގައި އެ މެޗަކީ އުނދަގޫ މެޗެކެވެ. ޚާއްސަކޮށް އެއް ލަނޑުން ފަހަތުގައި އޮއްވައި، ޗެލްސީން ނަތީޖާ ހަމަހަމަ ކޮށްފައިވާއިރު، އެކަމަށް އިޝާރާތް ކުރަމުން މަރެސްކާ ބުނީ އެކަމަކީ ވެސް އުނދަގޫ ކަމެއްކަން އިޙުސާސް ކުރެވިފައި އޮތް ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑުގެ ކުޅުންތެރިން ވެސް އެމީހުންގެ ފެންވަރު ސާބިތުކޮށްދޭން މަސައްކަތް ކުރި ކަމަށާއި، އެ ޓީމުގައި ހުރީ އައު ކޯޗަކަށްވުމުން، ޗެލްސީ ވެސް ތައްޔާރުވާން ޖެހުނީ އައު ޙާލަތަކަށް ކަމަށެވެ.

ޔުނައިޓެޑާ އެއްވަރުކޮށް ޗެލްސީ އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު ދިހަ މެޗުން 18 ޕޮއިންޓު ހޯދައިގެންނެވެ. މި ސީޒަންގެ ލީގުގައި ޗެލްސީން ފަސް މެޗުން މޮޅުވެފައިވާއިރު، ތިން މެޗުން އެއްވަރުވެ އަދި ދެ މެޗުން ވަނީ ބަލިވެފަ އެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު