Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

"ލީޑަރުން ޝަހީދުކުރުމަކުން ހަމާސް ނައްތައެއް ނުލެވޭނޭ"

ހަމާސް ވާނީ އިތުރަށް ވަރުގަދަ ކަމަށާއި، އިޒްރޭލު ސިފައިން ޣައްޒާއިން ފޭބުމުން ނޫނީ ހޮސްޓެޖުން މިނިވަން ނުކުރާނެ ކަމަށް ހަމާސް އިން ވަނީ ބުނެފައި

ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2024 | ހުކުރު 14:26
ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު - ޣައްޒާގައި އޮތް އެއްވުމެއްގައި

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު - ޣައްޒާގައި އޮތް އެއްވުމެއްގައި

ލީޑަރުން ޝަހީދުކުރުމަކުން ހަމާސް ނައްތައެއް ނުލެވޭނެ ކަމަށް ހަމާސްގެ އިސް އޮފިޝަލަކު ހާމަކޮށްފިއެވެ.

ހަމާސްގެ އިސް އޮފިޝަލް ވިދާޅުވީ ހަމާސް އަކީ ފަލަސްތީނު ހިސޯރުކޮށްގެން އުޅޭ ބާރަކާ ދެކޮޅަށް ޖިހާދު ކޮށް މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށާއި، ޖަމާއަތުގެ "ލީޑަރުން ޝަހީދުވުމަކުން" ޖަމާއަތް ނައްތާނުލެވޭނެ ކަމަށެވެ.

ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު ބާސިމް ނައީމް މިވާހަކަ ހާމަކޮށްފައިވަނީ ހުކުރު ދުވަހުއެވެ. ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު އިޒްރޭލުން ހަމަލާދީ ޝަހީދުކޮށްލިކަން އިޒްރޭލުން އިއުލާން ކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.

"ހަމާސްއަކީ މިނިވަންކަމާއި ކަރާމަތައް މަސައްކަތް ކުރާ މީހުން ހިންގާ މިނިވަންކަމަށް މަސައްކަތްކުރާ ޙަރަކާތެއް، އަދި މިކަން ނައްތާނުލެވޭނެ،" އޭނާ އާންމު ކުރެއްވި ބަޔާނުގައި ވެއެވެ. "އަހަރެމެން ޤަބޫލުކުރަނީ އަހަރެމެންގެ އާޚިރު ނިމުން އަންނަނީ ރަނގަޅު ދެގޮތުން ކުރެ އެއް ގޮތަކަށެވެ. އެއީ ނަސްރު ލިބުމެވެ. ނުވަތަ ޝަހީދުވުމެވެ."

ނައީމް ގެ ބަޔާނުގައި، ލޯބިވާ މީހުން، ޚާއްޞަކޮށް އޭގެ ތެރޭގައި ހިމެނޭ އާދަޔާ ޚިލާފު ލީޑަރުން ވަކިވެގެން ދިއުމީ ހިތްދަތި ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށާއި އެހެން ނަމަވެސް މިނިވަންކަމަށް ޓަކައި ހަނގުރާމަކުރި ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ ނަތީޖާއަކީ މިއީކަން ހިތުގެ އަޑިން ގަބޫލުކޮށްގެން ތިބި ކަމަށް ފާހަގަކޮށްފައިވެއެވެ.

ހަމާސްގެ އިސް ސިޔާސީ ލީޑަރެއް ކަމުގައިވާ ޚަލީލް އަލް-ހައްޔާ ވެސް ވަނީ ހުކުރު ދުވަހު ޓީވީ މެދުވެރިކޮށް ބަޔާނެއް ދެއްވާފައެވެ.

ހަމާސްގެ ލީޑަރު ސިންވާރު ޝަހީދުވިކަން އިއުލާން ކުރައްވަމުން އަލް-ހައްޔާ ވިދާޅުވީ، ހަމާސް "އިތުރަށް ވަރުގަދަވާނެ" ކަމަށެވެ.

މަޝްވަރާތަކުގައި ހަމާސް ތަމްސީލްކުރާ އިސް ފަރާތްކަމުގައިވާ އަލް-ހައްޔާ ގެ ބަޔާނުގައި ވިދާޅުވީ އޮކްޓޯބަރު 7 ގައި އިޒްރޭލަށް ދިން ހަމަލާގައި ރަހީނު ކުރި މީހުން ދޫކޮށްނުލާނެ ކަމަށެވެ.

"ޣައްޒާ އަށް ދެމުންދާ އަނިޔާވެރިކަން ނިމި، ޣައްޒާއިން އިޒްރޭލު ސިފައިން ފައިބައިގެން ދިޔުމުގެ ކުރިން އެ ރަހީނުން ކަލޭމެންނަކަށް އަނބުރާ ނުލިބޭނެ" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސިންވާރު ޝަހީދުވުން ވެގެންދާނީ "އަނިޔާވެރިންނަށް ލަޢުނަތަކަށް" ކަމަށެވެ.

އިޒްރޭލުގެ މީޑިއާއިން ވަނީ ޝަހީދުކޮށްލި ލީޑަރު ސިންވާރުގެ އެންމެ ފަހު ވަގުތު ކޮޅު ކަމަށް ބުނާ ވީޑިއޯއެއް ދައްކާފައެވެ. އެ ޑްރޯން ފުޓޭޖްގައި ފެނިގެން ގޮސްފައިވަނީ ސިންވާރުގެ އެންމެ ފަހު ވަގުތުކޮޅުގައިވެސް ޒަޚަމްތަކާ އެކުވެސް އަމާންދިނުމުގެ ބަދަލުގައި ހިތްވަރާއެކު ދުޝްމަނުންނާ ކުރިމަތިލި މަންޒަރެވެ.

ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ޕެލެސްޓީނިއަން ނެޝަނަލް އިނީޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލް މުސްޠަފާ ބަރްޣޫތީ ބުނެފައިވަނީ ސިންވާރު "އަނެއްކާވެސް އިސްރާއީލީން ނާކާމިޔާބުކޮށްލައިފި" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސިންވާރު އާ ބެހޭ ގޮތުން މީގެ ކުރިން އިޒްރޭލުން ފަތުރާފައިވާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން އެ ވީޑިއޯ އަށް ބަލާލުމުންވެސް އެނގޭ ކަމުގައެވެ.

އިޒްރޭލުން ބުނެފައިވަނީ ސިންވާރު ނައްތާލަފާނެ ކަމަށް އުޅެމުން ދިޔައީ ހޮސްޓެޖުންތައް ވަށާލައިގެން ކަމަށާއި، އޭނާގެ އަތުގައި ގޮވާތަކެތި އަޅާފައިވާ ދަބަހެއް އޮންނަ ކަމަށެވެ. އަދި މިހާތަނަށް ސިންވާރަށް ހަމަލާއެއް ނުދީ އުޅުނީ ހޮސްޓެޖުންނަށް ގެއްލުން ވެދާނެއަތީ ކަމަށްވެސް އިޒްރޭލުން ބުނެފައިވެއެވެ.

އެހެން ނަމަވެސް އިޒްރޭލުން ހާމަކުރި ވީޑިއޯ އިން އެފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިފައެއް ނުވެއެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 42،000ށް ވުރެ ގިނަ މީހުން ޝަހީދުވެ، 99،000ށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު ވެސް އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މި ފެށި އުދުވާނުގެ މަގްސަދުތައް ކަމަށް ބުނާ ހޮސްޓެޖުން މިނިވަން ކުރުމާއި ހަމާސް ނައްތާލުން ކުރެ އެއްވެސް ކަމެއް ހާސިލް ކުރެވިފައެއްނުވެއެވެ.

ފަލަސްތީނުގެ ޣައްޒާއަށް އަހަރެއްވަންދެން ހަމަލާދީ މުޅި ސަރަހައްދު ފުނޑުފުނޑު ކުރުމަށްފަހު މަގްސަދު ހާސިލުވާ ކަމަށް ނުފެނުމުން މިހާރު ޣައްޒާ އަށް ހެދިގޮތް ހަދާނަމޭ ބުނެ ޔަހޫދީ ސިފައިން ހަމަލާ ދެމުން ދަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތަށެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2018

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާއަކީ ޓެެރެރިސްޓެއް ކަމަށް އެމެރިކާއިން ކަނޑައަޅައިފި

31 ޖެނުއަރީ 2018
ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާއަކީ ޓެެރެރިސްޓެއް ކަމަށް އެމެރިކާއިން ކަނޑައަޅައިފި
03 ނޮވެމްބަރު 2017

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

03 ނޮވެމްބަރު 2017
ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި
23 އޮކްޓޯބަރު 2017

ކެންޔާގެ ސިޔާސީ ލީޑަރުންނާއި ފުލުހުން ސުލްހަ އިސްކުރުމަށް އދ. އާއި އެފްރިކަން ޔޫނިއަން އިން ގޮވާލައިފި

23 އޮކްޓޯބަރު 2017
ކެންޔާގެ ސިޔާސީ ލީޑަރުންނާއި ފުލުހުން ސުލްހަ އިސްކުރުމަށް އދ. އާއި އެފްރިކަން ޔޫނިއަން އިން ގޮވާލައިފި
19 އޮކްޓޯބަރު 2017

ފަލަސްތީނުގެ ސަރުކާރުގައި ބައިވެރިވުމަށް ހަމާސް އިން ހަތިޔާރު ބަހައްޓަން ޖެހޭނެ: އެމެރިކާ

19 އޮކްޓޯބަރު 2017
ފަލަސްތީނުގެ ސަރުކާރުގައި ބައިވެރިވުމަށް ހަމާސް އިން ހަތިޔާރު ބަހައްޓަން ޖެހޭނެ: އެމެރިކާ
11 އޮކްޓޯބަރު 2017

ހަމާސްއާއި ފަތަހް އެއްގަލަކަށް އެރުމަށް ގާހިރާގައި މަޝްވަރާ ކުރަނީ

11 އޮކްޓޯބަރު 2017
ހަމާސްއާއި ފަތަހް އެއްގަލަކަށް އެރުމަށް ގާހިރާގައި މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު