Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ގެ އެންމެ ފަހު ވަގުތުކޮޅު ކަމަށް ބުނާ ވީޑިއޯ އާންމު ކޮށްފި

މަންޒަރުތައް ނަގާފައިވަނީ ސިންވާރު ހުރި ގޭގޭގެ ތެރެއަށް ވަންނަ ޑްރޯން އަކުންނެވެ. ޑްރޯންގެ މަންޒަރުތަކުން ފެންނަ ގޮތުގައި ސިންވާރުގެ އަތުގައި އޮންނަ އެއްޗެއް އެންމެ ފަހު ވަގުތުވެސް ޑްރޯން އާ ދިމާލަށް އެއްލައެވެ.

ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2024 | ހުކުރު 02:41
ޔަހްޔާ ސިންވާރު - ހަމާސްގެ ލީޑަރު

ޔަހްޔާ ސިންވާރު - ހަމާސްގެ ލީޑަރު

ބުދަ ދުވަހު އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި ޝަހީދުކޮށްލި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރުގެ އެންމެ ފަހު ވަގުތުކޮޅު ކަމަށް ބުނާ ވީޑިއޯއެއް އިޒްރޭލުގެ އަސްކަރިއްޔާ އިން އާންމުކޮށްފައެވެ.

މި ފުޓޭޖަކީ ސިންވާރު އިށީނދެ އިންނަ ޢިމާރާތެއްގެ ތެރެއަށް ވަދެފައިވާ ޑްރޯނަކުން ނަގާފައިވާ ފުޓޭޖެކެވެ.

ސިންވާރު އެންމެ ފަހުން ފެންނަ ވީޑިއޯ ކަމަށް ބުނާ ވީޑިއޯ ނެގުމުގެ ކުރިންވެސް އެ އިމާރާތައް ވަރަށް ވަރުގަދަ ހަމަލާއެއް ދީފައިވާކަން ފާހަގަ ކުރެވެއެވެ. މުޅި އިމާރާތް ފެންނަނީ ފުނޑުފުނޑުވެފައި ވަނިކޮށްނެވެ.

ސިންވާރު ކަމަށް ބުނާ ފަރާތް ވީޑިއޯ އިން ފެންނަ ގޮތުގައި ގެއެއްގެ ސިޓިންގ ރޫމްކަމަށް ބެލެވޭ ތަނެއްގައި ގޮނޑިއެއްގައި އިށީނދެ އިންނަ މަންޒަރު ފެނެއެވެ.

ބައެއް ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުން ގޮނޑީގައި ސިންވާރު އިށީނދެ އިން އިރުވެސް އޭނާ އަށް ވަނީ ޒަޚަމްތަކެއް ލިބިފައެވެ.

މި ފުޓޭޖު ހާމަކޮށްފައިވަނީ ސިންވާރު ޝަހީދު ކޮށްލި ކަމުގެ މައުލޫމާތު ހާމަކުރަން އިޒްރޭލުގެ އަސްކަރިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއެލް ހަގާރީއެވެ.

ޑްރޯންގެ މަންޒަރުތަކުން ފެންނަ ގޮތުގައި ސިންވާރުގެ އަތުގައި އޮންނަ އެއްޗެއް އެންމެ ފަހު ވަގުތުވެސް ޑްރޯން އާ ދިމާލަށް އެއްލައެވެ. އެއެއްޗަކީ ކޮން އެއްޗެއް ކަމެއް ސާފެއް ނުވެއެވެ.

ޑެނިއަލް ހަގާރީ ކުރިން ބުނެފައިވަނީ، ޙަމާސްގެ ލީޑަރު ބިމުގެ އަޑީގައިވާ ބޮޑު ޓަނަލް ނިޒާމުން ނުކުމެ، ބިންމަތީގައި އުޅެމުން ދިޔައީ ޣައްޒާގެ އުތުރުގެ އިތުރަށް ރައްކާތެރި އެހެން ސަރަހައްދަކަށް ދިއުމަށް ކަމަށް ޤަބޫލުކުރާ ކަމަށެވެ.

ޔަހްޔާ ސިންވާރަށް ދިން ހަމަލާ އާ ބެހޭ ގޮތުން ޓީވީން ދެއްކި ބްރީފިންގެއްގައި، ހަގާރީ ބުނެފައިވަނީ ސިންވާރުގެ ޑީއެންއޭ ހޯދީ ކުރިން އިޒްރޭލުގެ 6 ރަހީނުން މަރާލެވުނު ޓަނަލަކާ ގާތްގަނޑަކަށް ފަސް މީޓަރު ދުރުން ކަމަށެވެ.

ސިންވާރާއި ހަމާސްގެ އެހެން ބައެއް ހަނގުރާމަވެރިން ހަމާލާ ދެވުނު ސަރަޙައްދުގައި "ދުވަސްކޮޅަކު" ތިބިކަމަށް އޭނާ ބުނެފައިވެއެވެ

އިތުރަށް ކިޔާލަން

23 މާރިޗު 2017

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި
21 މާރިޗު 2017

އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

21 މާރިޗު 2017
 އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް
23 ފެބުރުއަރީ 2017

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު