Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭޕް މަނާކުރުން

ވޭޕް ބޭނުންކުރުމާއި، އެތެރެކުރުން އަދި ވިއްކުން މަނާކުރާ އިސްލާހު މި ހަފްތާގެ ތެރޭގައި މަޖިލީހަށް

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 އޮކްޓޯބަރު 2024 | އަންގާރަ 05:28
ވޭޕްގެ ބާވަތްތައް

ވޭޕްގެ ބާވަތްތައް

ވޭޕް ބޭނުންކުރުމާއި، އެތެރެކުރުން އަދި ވިއްކުން މަނާކުރާ އިސްލާހު މި ހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވާނެކަން ސަރުކާރުން ހާމަކޮށްފިއެވެ.

ވޭޕް ބޭނުންކުރުމާއި، އެތެރެކުރުމާއި ވިޔަފާރިކުރުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިކަން އިއުލާންކުރެއްވީ ހޯމަ ދުވަހުއެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅޭގޮތުން އެޓަރނީޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުން އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ ޙައްޤުގަ ރައީސް ނިންމެވި އެ ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އޭނާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސްގެ އެ ނިންމެވުން ތަންފީޒުކުރުމަށްޓަކާ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024ން ފެށިގެން މަނާ ކުރުމަށް އަންގަވާފައިވާ ކަމަށެވެ.

މީގެ ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024ން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

ރައީސް މިގޮތަށް ނިންމަވާފައިވަނީ، ވޭޕް މަނާކުރުމަށް ޖަމިއްޔާތަކުން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. ދުންފަތް އެކުލެވޭ އެކި ބާވަތްތަކާއި ވޭޕް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާ, މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)އާއި، ނަރުހުންގެ ޖަމިއްޔާއާއި، ގައުމީ 21 ކުޅިވަރު ޖަމިއްޔާއަކުން ވެސް ގޮވާލާފައިވެއެވެ.

ނަމަވެސް މި ޖަމިއްޔާތަކުން ގޮވާލާފައިވާ ދުންފަތް އެކުލެވޭ އެހެން ބާވަތްތައް އެތެރެކުރުން މަނާކުރުމަށް ރައީސް އަންގަވާފައި ނުވެއެވެ.

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2017

އެޗްޑީސީއިން ވިއްކުމަށް ކަނޑައެޅި ފްލެޓްތައް ވިއްކުން މަޑުޖައްސާލައިފި

02 ޑިސެމްބަރު 2017
އެޗްޑީސީއިން ވިއްކުމަށް ކަނޑައެޅި ފްލެޓްތައް ވިއްކުން މަޑުޖައްސާލައިފި
21 ނޮވެމްބަރު 2017

ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ޚިޔާނާތުގެ ތުހުމަތު އަބްދުއްރަހީމްގެ މައްޗަށް ކުރާ ސިޓީއެއް ލީކުކޮށްލައިފި

21 ނޮވެމްބަރު 2017
ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ޚިޔާނާތުގެ ތުހުމަތު އަބްދުއްރަހީމްގެ މައްޗަށް ކުރާ ސިޓީއެއް ލީކުކޮށްލައިފި
16 ނޮވެމްބަރު 2017

މިނިޓް މެއިޑް ޕަލްޕީ ޖޫހުގެ ވަކި ބެޗެއް ވިއްކުން މަނާކޮށްފި

16 ނޮވެމްބަރު 2017
މިނިޓް މެއިޑް ޕަލްޕީ ޖޫހުގެ ވަކި ބެޗެއް ވިއްކުން މަނާކޮށްފި
25 އޮކްޓޯބަރު 2017

ވަކި ގައުމަކަށް ޚާއްސަ ކުރެވިފައިވާ ބޭސް ވިއްކުން މަނާ!

25 އޮކްޓޯބަރު 2017
ވަކި ގައުމަކަށް ޚާއްސަ ކުރެވިފައިވާ ބޭސް ވިއްކުން މަނާ!
30 ޖުލައި 2017

ކްލައުޑް 9 ޗޮކްލެޓް ބެޗަކުން ސުއިއްޕެއް ފެނިގެން އެޗޮކްލެޓް ވިއްކުން މަނާކޮށްފި

30 ޖުލައި 2017
ކްލައުޑް 9 ޗޮކްލެޓް ބެޗަކުން ސުއިއްޕެއް ފެނިގެން އެޗޮކްލެޓް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު