Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ލާމަރުކަޒީ ނިޒާމް

ސަރުކާރުގެ ވިސްނުމަކީ ރައްޔިތުން ރަށު ބަންދުކުރުން- ޝާހިދު

އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ އެމްޑީޕީ ސަރުކާރުން ރަށްރަށުގައި ފެށި މަޝްރޫއުތަކުގެ މަސައްކަތް މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށާއި އާއްމުންނާއި މެދު ސަރުކާރުން ނުވިސްނާ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2024 | ހޮނިހިރު 14:41
 އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގެ ތެރެއިން

އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގެ ތެރެއިން

ސަރުކާރުގެ ވިސްނުމަކީ ރައްޔިތުން ރަށު ބަންދުކުރުންކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެފަދައިން ވިދާޅުވީ އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމު އެ ޕާޓީއެއްގެ ބަނޑުން ވިހެއި ޕާޓީ ކަމަށް ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ މިނިވަންކަމުގެ ފިކުރު ކަމަށާއި އެއީ ލާމަރުކަޒީ ކުރުމުގެ ފިކުރު ކަމަށެވެ.

އެމްޑީޕީއާ ލާމަރުކަޒީ ނިޒާމު އޮތީ ގުޅިލާމެހިފައި ކަމަށާއި ލާމަރުކަޒީ ގުޅުން ކޮންފަރެންސް އިން އެނގޭ ކަމަކީ އެމްޑީޕީގެ ފިކުރު ބަދަލު ނުވާކަން ކްމަށް ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީގެ ތެރެއިން ލާމަރުކަޒީ ނިޒާމް ގެނައުމަކީ އެއީ އުފާކުރައްވާ ކަމެއް ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އޮތީ ލާމަރުކަޒީ ފިކުރާއި މަރުކަޒުކުރުމުގެ ފިކުރުކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖޭގައި އޮތީ ނަފްރަތުކުރުމާ ފިތުނައިގެ ފިކުރަކާއި އިތުބާރުގެ ފިކުރެއް ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ޝާހިދު އެފަދައިން ވިދާޅުވީ އެމްޑީޕީ އާއި އެހެނިހެން ފިކުރުތައް އަޅާކިޔުމުގެ ގޮތުން ވާހަކަދައްކަވަމުންނެވެ.

މިއަދު ވެރިކަމުގައި ތިބީ ކަންކަން ނެތިކޮށްލުމުގެ ފިކުރުގައި އައިސްތިބި ބައެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީގެ ފިކުރަށް އެއްވެސް ބަދަލެއް ނައިސް ޕާޓީ އޮތީ ވަރުގަދަކޮށް ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުން ހުރީ ރަށުބަންދުގައި ރައްޔިތުން ބޭތިއްބުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތު ހަލާކުކޮށްލުމަށާ ގެސްޓު ހައުސްގެ ސިނާއަތު ހަލާކުކޮށްލުމަށް ސަރުކާރުން ވިސްނުން ގެންގުޅޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ އެމްޑީޕީ ސަރުކާރުން ރަށްރަށުގައި ފެށި މަޝްރޫއުތަކުގެ މަސައްކަތް މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށާއި އާއްމުންނާއި މެދު ސަރުކާރުން ނުވިސްނާ ކަމަށެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުލާމަރުކަޒީ ނިޒާމު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޤްތިޞާދު ހަލާކުވާނެ ކަންކަން ނުކުރަން ޝާހިދު އެމް.އެމް.އޭ އަށް ގޮވާލައްވައިފި

އިޤްތިޞާދު ހަލާކުވާނެ ކަންކަން ނުކުރަން ޝާހިދު އެމް.އެމް.އޭ އަށް ގޮވާލައްވައިފި

21 އޮކްޓޯބަރު 2025
ބިލުގެ ސަބަބުން ކައުންސިލްގެ ދައުރު ހަތަރު އަހަރަށް ކުރު ވާނެ: ޒިޔާދު

ބިލުގެ ސަބަބުން ކައުންސިލްގެ ދައުރު ހަތަރު އަހަރަށް ކުރު ވާނެ: ޒިޔާދު

06 އޯގަސްޓު 2025
ސަރުކާރުގެ ވިސްނުމަކީ ވަޒީފާ ބަހައިގެން އިންތިޚާބުތައް ކާމިޔާބު ކުރުން: އަލީ ނިޔާޒު

ސަރުކާރުގެ ވިސްނުމަކީ ވަޒީފާ ބަހައިގެން އިންތިޚާބުތައް ކާމިޔާބު ކުރުން: އަލީ ނިޔާޒު

05 އޯގަސްޓު 2025
ޝާހިދުގެ ޗެލެންޖެއް ރައީސް މުއިއްޒުއަށް: 2026 ގައި ކައުންސިލް އިންތިހާބުގެ ކުރިން ދިއްދޫގައި އެއަރޕޯޓް އަޅައިގެން ވަޑައިނުގެންނެވޭނެ

ޝާހިދުގެ ޗެލެންޖެއް ރައީސް މުއިއްޒުއަށް: 2026 ގައި ކައުންސިލް އިންތިހާބުގެ ކުރިން ދިއްދޫގައި އެއަރޕޯޓް އަޅައިގެން ވަޑައިނުގެންނެވޭނެ

30 ޖެނުއަރީ 2025
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު