Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓްރޯކެއް ޖެހުނު މީހަކާއި މެދު އިހުމާލުވުން

ސްޓްރޯކެއް ޖެހުނު މީހަކު ހޮސްޕިޓަލްގެ އިހުމާލުން ވެއްޓި، ސިކުނޑިއަށް ލޭ އެޅުނުކަމުގެ ތުހުމަތު އާއިލާއިންކޮށްފި

އައިމިނަތު ސްޓްރޯކެއް ޖެހުނުކަން އެނގިފައި ވަނީ ހޮނިހިރުގަ ދުވަހު ރޭގަ 08:00ގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2024 | އާދީއްތަ 14:26
ސްޓްރޯކެއް ޖެހުނު މީހަކާއި މެދު އިހުމާލުވިކަމަށް އާއިލާ އިން ތުހުމަތު ކުރޭ

ސްޓްރޯކެއް ޖެހުނު މީހަކާއި މެދު އިހުމާލުވިކަމަށް އާއިލާ އިން ތުހުމަތު ކުރޭ

ގދ.މަޑަވެލިން ސްޓްރޯކެއް ޖެހިގެން ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަށް ގެންދިޔަ ބަލި މީހަކު ހޮސްޕިޓަލްގެ އިހުމާލުން ވެއްޓި އޭނާ އަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މަޑަވެލިން ސްޓްރޯކެއް ޖެހިގެން ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަށް ގެންދިޔަ އައިމިނަތު އިސްމާއިލް ވެއްޓިފައި ވަނީ އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް ލޯންޗުން ތިނަދު އަށް ގެންގޮސް، ލޯންޗުން އޭނާ އެމްބިއުލާންސަށް އެރުވުމުގެ ތެރޭގައެވެ. ރާއްޖެއެމްވީ އަށް މިކަމާއި ގުޅޭ ގޮތުން މައުލޫމާތުދެމުން އޭނާގެ އާއިލާ މީހެއްކަމަށްވާ އަހުމަދު ޝަރީފް ބުނީ މި މައްސަލައިގައި ބަލި މީހާ އާއި މެދު ހޮސްޕިޓަލުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އައިމިނަތު ސްޓްރޯކެއް ޖެހުނުކަން އެނގިފައި ވަނީ ހޮނިހިރުގަ ދުވަހު ރޭ 08:00ގައި ކަމަށް ޝަރީފް ވަނީ ބުނެފައެވެ. އަދި އޭނާ މަޑަވެލިން ތިނަދުއަށް ލޯންޗްގައި ގެންދިޔައީ އެ ރޭ 10:00 ހާއިރުކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. 61 އަހަރުގެ އައިމިނަތު އަށް އިތުރަށް އަނިޔާވެފައި ވަނީ އޭނާ އެމްބިއުލާންސަށް އަރުވަން މަސައްކަތް ކުރުމުގެ ތެރޭގައި އޭނާ ވެއްޓި، ބޯފަޅައިގެން ދިއުމުން ކަމަށް ރާއްޖެ އެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޝަރީފް ބުނެފައި ވަނީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އައިމިނަތު އެމްބިއުލާންސަށް އަރުވަން މަސައްކަތް ކުރީ ފިލައެއް ކަހަލަ އެއްޗެއްގައި ކަމަށާއި، އޭނާ ވެއްޓުމުގެ ސަބަބުން ބޯފަޅައިގެން ގޮސް ގެއްލުންވެފައިވާ ކަމަށެވެ.

މިކަން ހިނގާ ދިޔަ ގޮތް ބެލުމަށް އެ ހޮސްޕިޓަލްގެ މެނޭޖަރަށް ގުޅުމުން ވިދާޅުވީ އެ މައުލޫމާތު ހިއްސާކުރެވޭނީ އިންފޮމޭޝަން އޮފިސަރަށް ކަމަށެވެ. ނަމަވެސް ފަހުން ރާއްޖެއެމްވީން އިސް ފަރާތްތަކާއި އިންފޮމޭޝަން އޮފިސަރަށް ތަކުރާރުކޮށް ގުޅާ، މެސެޖުކުރި ނަމަވެސް ފޯނަށް ޖަވާބުދެއްވާފައި ނުވާތީ ހޮސްޕިޓަލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އަދި މި މައްސަލަ ސިއްހީ ވުޒާރާ އަށް ހުށަހެޅިކަން ސާފުކުރުމަށް ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ރާއްޖެއެމްވީ އަށް ވަނީ މި މައްސަލަ އާއި ގުޅުން ހުރި ބައެއް ލިޔުންތައް ލިބިފައެވެ. އެ މެޑިކަލް ލިޔުންތަކުން ބަލިމީހާ އަށް ލިބިފައިވާ ގެއްލުންތައް ސާފުވެއެވެ. ނަމަވެސް އޭނާ ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާތަކާއި މެދު ހޮސްޕިޓަލްގެ ބަހެއް ލިބިފައި ނުވާތީ އެކަން ހިނގާ ދިޔަ ގޮތް ސާފެއް ނޫނެވެ.

އާއިލާގެ ފަރާތުން ވަނީ ބަލި މީހާ މާލެ ގެނައުމުގަ ވެސް ވަރަށް ގިނަ ދަތިތަކާއި ދިމާވި ކަމަށާއި ހޮސްޕިޓަލްގެ އެއްބާރުލުން އެންމެ ހިތްހަމަޖެހޭ މިންވަރަށް ނުލިބޭ ކަމަށް ފާހަގަކޮށްފައެވެ. ތަފާތު އެކި ގޮތްގޮތުން ކުރި މަސައްކަތުން އާދިއްތަ ދުވަހު މެންދުރު އައިމިނަތު މާލެ ގެނެސް މިހާރު އޭނާ އަށް ދަނީ އައިސީޔޫގައި ފަރުވާދެމުން ކަމަށް އާއިލާގެ ފަރާތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ.

ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްސްޓްރޯކް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިނަދޫ ސިޓީގައި މަގު ހުރަސްކުރި ހަ އަހަރުގެ ކުއްޖެއް ގައިގައި ސައިކަލުން ޖެހި ފަރުވާ ދެނީ

ތިނަދޫ ސިޓީގައި މަގު ހުރަސްކުރި ހަ އަހަރުގެ ކުއްޖެއް ގައިގައި ސައިކަލުން ޖެހި ފަރުވާ ދެނީ

05 އޮކްޓޯބަރު 2025
ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ފަށައިފި

ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ފަށައިފި

08 މެއި 2023
ހޮސްޕިޓަލުގެ އިހުމާލުން ވިހަން ޖެހުނީ އަމިއްލައަށް!

ހޮސްޕިޓަލުގެ އިހުމާލުން ވިހަން ޖެހުނީ އަމިއްލައަށް!

30 ސެޕްޓެމްބަރު 2022
ތިނަދޫ ހޮސްޕިޓަލުގެ އެކްސްޓެންޝަން މަސައްކަތް ނިމި، މިނިސްޓްރީއާ ހަވާލުކުރުމުގެ މަރުހަލާ ކުރިއަށް

ތިނަދޫ ހޮސްޕިޓަލުގެ އެކްސްޓެންޝަން މަސައްކަތް ނިމި، މިނިސްޓްރީއާ ހަވާލުކުރުމުގެ މަރުހަލާ ކުރިއަށް

12 މެއި 2022
ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ބޯޑް، ރައީސް އެކުލަވާލައްވައިފި

ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ބޯޑް، ރައީސް އެކުލަވާލައްވައިފި

01 މާރިޗު 2022

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު