Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް-ޕީއެންސީ

މަޖިލީހުގެ ރައީސަށް: މި ރާއްޖޭގެ ކުރީގެ ރައީސުން ކުރައްވާފައިވާ ކަންކަން ހަނދާން ނެތީތޯ؟

ވެރިކަަމަށް ވަޑައިގެންނެވި ގޮތަށް، ވެރިކަމުގެ ކިނދު ނުފިލަނީސް ވެސް، ދެ ވަނަ ދައުރެއްގެ ވާހަކަ ދެއްކެވީމާ ހަމަ ހުތުރީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2024 | ހޯމަ 06:51
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއް ރަހީމް ޢަބްދުﷲ (އަދުރޭ)

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއް ރަހީމް ޢަބްދުﷲ (އަދުރޭ)

ހެނދުނު ގެނެސްދޭ ފަށާއިރު ޕްރޮގްރާމުގައި އިނދެގެން، އެކި އެކި މީޑިއާ ތަކުގައި ހުރި ފާހަގަކޮށްލެވޭ ޞުރުޚީތައް ކިޔަމުން ދިޔައިރު ފެނުނު ޞުރުޚީއެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ޢަބްދުﷲ ވިދާޅުވެފައިވާ ވާހަކަފުޅަކާ ގުޅިގެން އައިސްފައިވާ ޚަބަރެކެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ދިވެހިންގެ ރާއްޖެ ހޯދުމަށް ކުރިއަށް އޮތް 15 އަހަރު ނުވަތަ 20 އަހަރު ވަންދެން ޕީއެންސީގެ ވެރިކަމެއް އޮންނަން ޖެހޭ ކަމަށެވެ. އަދި އެ ފަދަ ވެރިކަމެއް ކުރެވޭނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ކަމަށް ވެސް ވިދާޅުވެފައި އޮތެވެ.

އަނެއްހެން މައްސަލައެއް އޮތް ވާހަކައެއް ނޫނެވެ. އެއީ އަދުރޭ ބޭނުންފުޅުވާ ގޮތެވެ. އެމަނިކުފާނު ދެކެމުން އަންނަ ހުވަފެނާއި، އެމަނިކުފާނު އުންމީދު ކުރައްވާ ގޮތެވެ. ކޮންމެ މީހަކަށް ވެސް، އެމީހަކު ބޭނުންވާ ކަންކަމަށް އުންމީދު ކުރެވޭނެ އެވެ. އަދި ބޭނުންވާ ކަންކަމުގެ ފޮނި ހުވަފެން ވެސް ބެލިދާނެ އެވެ. އަނެއްކޮޅުން އެއީ އަދުރޭ ޖެއްސެވި ހިސާބުތާ އެވެ. އެހެންވީމާ، އެކަމާ މާ ބޮޑު އެއްޗެއް ބުނާކަށް ނެތީމެވެ. އެހެން ނަމަވެސް، އެ ވާހަކަ އިން އަޅުގަނޑު ބުނެދޭން މި އުޅެނީ އެހެން ވާހަކަ އެކެވެ. މިކަންކަން އަދުރޭ އަށް އިނގިލެއްވި ނަމަވެސް، ގަސްދުގައި އިނގޭ ކަމަށް ނުހައްދަވަނީ އެވެ.

Advertisement - newsAdvertisement

ދިވެހިން ބޭނުންވާ ރާއްޖެ ހޯދާ ވާހަކަ އާއި، އެކަންކަން ކުރެވޭނީ ރައީސް މުޢިއްޒު އަށް ކަމަށް އަދުރޭ ވިދާޅުވީއިރު، މި ރާއްޖޭގެ ކުރީގެ ރައީސުން ކުރެއްވީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ބުނެދޭން މި މަސައްކަތް ކުރަނީ އެ ވާހަކަ އެވެ. މި ރާއްޖޭގައި ރައީސް މުޢިއްޒު އަލަށް މާ ގިނަ ކަންތައްތަކެއް ކުރާ ތަނެއް، ނުވަތަ ކުރެވޭ މަންޒަރެއް ވެސް މިއަދަކު ފެންނާނަކަށް ނެތަތީ އެވެ.

ރާއްޖޭގެ ފުރަތަމަ ރައީސްސުމުއްވުލް އަމީރު މުޙަންމަދު އަމީން ދޮށިމޭނާކިލެގޭފަނަށް ބައްލަވާއިރު، އެމަނިކުފާނަކީ އަންހެނުން ބާރުވެރި ކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް ރައީސެވެ. މާ ބޮޑު ދައުރެއް ނެތި ރަށް ރަށުގައި ތިބި އަންހެނުންނަށް، ސަރުކާރު އަދި އެހެނިހެން އިދާރާތަކުގެ އިސް މަޤާމުތަކުން ޖާގަ ދެއްވި ބޭފުޅާ އެވެ. އަންހެނުން ބާރުވެރި ކުރުމުގެ މަސައްކަތް ފެއްޓެވީ ރައީސް އަމީން އެވެ. ތަޢުލީމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން، ބައިނަލްއަޤުވާމީ މުޖުތަމައުގައި ރާއްޖެ އަކީ މަޤުބޫލު ތަނަކަށް ހެދުމަށް ވެސް މަސައްކަތް ކުރެއްވި އެވެ.

ދެ ވަނަ ރައީސްސުމުއްވުލްއަމީރު އިބްރާހީމްނާޞިރަށް ބައްލަވާއިރު، އެމަނިކުފާނަކީ މި ރާއްޖެ އަށް މިނިވަންކަން ހޯއްދަވައިދެއްވި ލީޑަރެވެ. މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދަށް މަސައްކަތް ކުރެއްވުމުގެ އިތުުރުން، ފަތުރުވެރިކަން ފެއްޓެވުމަށް ވެސް ޚާއްސަ މަސައްކަތްތަކެއް ކުރެއްވި އެވެ. ދޯނި ފަހަރު ތަކުގައި އިންޖީނު އެޅުން ފަދަ އިންޤިލާބީ ބަދަލުތައް ގެނެސްދެއްވި އެވެ.

ތިރީސް އަހަރު ވަންދެން ވެރިކަން ކުރެއްވިއަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްއަށް ބައްލަވާއިރު، ތަޢުލީމީ ދާއިރާ އަށް ބޮޑު ބަދަލެއް ގެނެސްދެއްވީ އެމަނިކުފާނު އެވެ. ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އަތޮޅު މަދަރުސާގެ އިތުރުން، އަތޮޅު ތަޢުލީމީ މަރުކަޒުތައް ބިނާ ކުރައްވައި، ރާއްޖޭގައި ލިޔަން ކިޔަން ނުދަން މީހަކު ނެތް ފެންވަރަށް ގެންދެވި އެވެ. ޚާއްސަކޮށް ދީނީ އެއްބައިވަންތަކަން ވަރަށް ބޮޑަށް ހިފަހައްޓަވައި، ތަރައްޤީގެ ކުރިއެރުންތަކެއް ހޯއްދަވައި ދެއްވި އެވެ.

ރާއްޖޭގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުޙައްމަދު ނަޝީދަށް ބައްލަވާއިރު، ރާއްޖެ އަށް ޑިމޮކްރަސީ ގެނެސްދެއްވި ބާނީ އަކީ އެއީ އެވެ. ރައްޔިތުންނަށް އެތައް ޙައްޤުތަކެއް ހޯއްދަވައި ދެއްވި އެވެ. ބަސް ބުނުމުގެ މިނިވަންކަމާއި، ޚިޔާލު ފާޅު ކުރުމުގރ މިނިވަންކަން ހޯއްދަވައި ދެއްވައި، ރައްޔިތުންނަށް އަސާސީ ގިނަ ކަންކަން ކޮށްދެއްވި އެވެ. ދަތުރު ފަތުރުން ރާއްޖޭގެ ރަށްތަށް ގުޅާލުމާއި، އާސަންދަ ފަދަ ޚިދުމަތްތައް މިއަދު ވެސް އެ ދަނީ ބޭނުން ކުރަމުންނެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ބައްލަވާއިރު، ޒަމާނީ ތަރައްޤީ އަށް ދޮރު ހުޅުވާލީ އެމަނިކުފާނު އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރިޒެއް އެޅުއްވުމާއި، ޞިއްޙީ ނިޒާމު ފުރިހަމަ ކުރުމަށް 25 ބުރީގެ އުސް ހޮސްޕިޓަލެއް ޤާއިމު ކުރުމަކީ ވެސް އެމަނިކުފާނުގެ ލެގަސީ އެވެ.

އޭގެ ފަހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ލެގަސަކީ އަކީ، އަތޮޅު ތެރޭގެ ރަށްތަކަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ދެެއްވުމެވެ. އަތޮޅު ތެރޭގެ ރަށްތަކުގައި މިއިން ޒަމާނަކު ނުހިންގަވާ ވަރަށް ތަރައްޤީގެ މަޝްރޫއުތައް ހިންގެވި އެވެ. ބަނދަރު ހެދުމާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމު ކުރުމާއި، ކަރަންޓުގެ މައްސަލަ ޙައްލު ކުރުމާއި، ކުޅިވަރުގެ މަޝްރޫއުތައް އަދި ތައުލީމީ ދާއިރާގެ މަޝްރޫތައް އިންތިހާ އަށް ހިންގެވި އެވެ.

އަދުރޭ އެވެ. މިއީ ކުރީގެ ރައީސުން ކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ކުޑަ މިންވަރެކެވެ. ދިވެހި ރާއްޖޭގައި ކުރީގެ ރައީސުން ހިންގަވާފައި ހުރި ގިނަ ކަންކަން މިއަދު ވެސް ފެންނަން އެބަ ހުއްޓެވެ. ވެރިކަަމަށް ވަޑައިގެންނެވި ގޮތަށް، ވެރިކަމުގެ ކިނދު ނުފިލަނީ ވެސް، ދެ ވަނަ ދައުރެއްގެ ވާހަކަ ދެއްކެވީމާ ހަމަ ހުތުރީ އެވެ. ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ އެންމެ އިންސައްތައެއް ވެސް އަދި ފުރިހަމަ ނުވާއިރު، ދެ ވަނަ ދައުރުގެ ވާހަކަ ދައްކަވަން ލަދެއް ނުގަނޭތޯ އެވެ؟

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު