Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިން ވިއްކުން

މާލޭގެ ބޮޑު ތިން ބިމެއް ވިއްކާލަން ސަރުކާރުން ނިންމައިފި

15 އޯގަސްޓު 2017 | އަންގާރަ 14:10

ދަންޑަހެލުގޭ ބިން ދެ ޕްލޮޓަކަށް ބަހާލައިގެން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 15 އޯގަސްޓު 2017 | އަންގާރަ 14:10
މާލެ، ވިއްކާލަން އިއުލާނުކޮށްފައިވަނީ މާލޭގެ ނިސްބަތުން ބޮޑު ތިން ބިމެއް

މާލެ، ވިއްކާލަން އިއުލާނުކޮށްފައިވަނީ މާލޭގެ ނިސްބަތުން ބޮޑު ތިން ބިމެއް

މާލޭގެ ބޮޑު ތިން ބިމެއް ވިއްކާލުމަށް ނިންމައި ހައުސިންގ މިނިސްޓްރީއިން އެކަން އިއުލާނު ކޮށްފި އެވެ.

ހައުސިންގ މިނިސްޓްރީއިން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ނުވަ ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމުގެ ތެރެއިން، މާލެއިން ބިން ވިއްކުމަށް ކަނޑައެޅިފައިވާ ޕްލޮޓްތަކަށް، ބީލަމުގެ އުސޫލުން، އަގު ހުށަހެޅުމުގެ ފުރުސަތު، ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

Advertisement - newsAdvertisement

ބިމާބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާ އަކީ ދިރިއުޅުން ނޫން އެހެން ބޭނުންތަކަށާއި ކަންކަމަށް ބިން ދޫކުރުމާ ބެހޭ މާއްދާއެވެ.

އެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތް ކުރުމަށް ގާނޫނުގެ ތިން ވަނަ މާއްދާ އާއި ހަތަރު ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިންބިން ފިޔަވައި، ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން، ކަމާބެހޭ މިނސްޓްރީތަކާ ހަވާލުކުރެވޭ ބިން، އެމިނިސްޓްރީއަކުން ދޫކުރަންވާނީ، ގާނޫނާއި، އެކި ބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ގާނޫނުތަކާއި، މި ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެމިނިސްޓްރީއާއި ބިންދޫކުރެވޭ ފަރާތާ ދެމެދު، ލިޔުމަކުން ކުރެވޭ އެގްރީމަންޓެއްގެ ދަށުން ކަމަށެވެ.

އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ބިމެއް ދޫކުރެވޭ ފަރާތަށް އެބިމެއް ބޭނުން ކުރެވޭނީ، އަދި އެބިމަކާ ބެހޭގޮތުން މުއާމަލާތު ކުރުމުގެ ހައްގު ލިބިދެވޭނީ، ގާނޫނާއި، އެކި ބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ގާނޫނުތަކާއި، ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެފަރާތަކަށް އެބިމެއް ދޫކުރެވޭ މުއްދަތަކަށް، އެބިމެއް ދޫކުރެވޭ އެގްރީމަންޓުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން ކަމަށެވެ.

އެގޮތުން ވިއްކާލަން ނިންމާފައިވަނީ ކުރިން މާލޭ ދެ ނަމްބަރު ކުނިކޮށި ހުރި ބިމާއި، އެސްޓީއޯ އިން ރެޑީ މިކްސް ތައްޔާރު ކުރުމަށް މިހާރު ބޭނުން ކުރަމުންދާ ބިމުގެ އިތުރުން، ދަންޑަހެލުގޭ ބިމެވެ. މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ފްރީ ހޯލްޑް އުސޫލުންނެވެ.

އެ ބިންތަކުގެ ތެރެއިން ދެ ޕްލޮޓަކަށް ހަދައިގެން ވިއްކުމަށް ނިންމާފައިވާ ދަންޑަހެލުގެއަކީ މާފަންނުއާގެ އިން ދާދި ފަހުން ސަރުކާރަށް ނެގި ބޮޑު ބިމެވެ. މާލޭގެ އެންމެ ބޮޑެތި ބިންތަކުގެ ތެރޭގައި ހިމެނޭ މާފަންނުއާގެ އަކީ އެގޭ ފާތިމަތު ފަރީދާގެ ބިމެއް ނަމަވެސް ގޯތީގެ 22،000 އަކަފޫޓުގެ ތެރެއިން 12،000 އަކަފޫޓު ގެ ބިން ވަނީ ބަދަލު ދިނުމަށް ފަހު ނަގާފަ އެވެ. އެ ބައި 1990 ވަނަ އަހަރު ދައުލަތަށް ނެގީ އޭރުގެ ރިއާސީ ގަނޑުވަރު ކަމަށްވާ ތީމުގެ ހުންނަނީ މާފަންނުއާގޭ ކުރިމަތީގައި ކަމަށްވާތީ ތީމުގޭގެ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ.

އޯކިޑް މަގާއި ފަރީދީމަގަށް ވާ ގޮތަށް ތީމުގޭ ކުރިމަތިން އޮންނަ އެ ބިމުގައި ބޮޑެތި އިމާރާތްތަކެއް ނެތް ނަމަވެސް ތީމުގެ ކުރިމަތިން އޮންނަ ބިމުގައި އަމިއްލަ ބައެއްގެ ގުދަނެއް ހަދާފައިވެ އެވެ. ދާދި ފަހުން ހައުސިންގ މިނިސްޓްރީއިން ވަނީ ސަރުކާރަށް ނެގި ބައިގައި އިންފާރު ރާނައި، އެތަނުގައި ހުރި އިމާރާތް ތަޅާލާފަ އެވެ.

ކުރީގެ ދެ ނަމްބަރު ކުނިކޮށި ވިއްކާލުމަށް ނިންމާފައި ވަނީ ތިން ޕްލޮޓަކަށް ބަހާލައިގެންނެވެ.

އެސްޓީއޯއިން ރެޑީ މިކްސް ތައްޔާރު ކުރުމަށް މިހާރު ބޭނުން ކުރަމުންދާ ބިން ވިއްކާލުމަށް ނިންމާފައި ވަނީ ހަތަރު ޕްލޮޓަކަށް ބަހާލައިގެންނެވެ. ކުރިން އެސްޓީއޯއިން ގުދަނަކަށް ބޭނުންކުރި، ވިލާ ކޮލެޖާ އިންވެގެން ހުޅަނގަށް އަދި އަތޮޅު ވެހީގެ އިރުން ބޮޑުތަކުރުފާނު މަގުގައި އޮންނަ އެ ބިން ހުސްކޮށް ޝަރުއީ ދާއިރާގެ ބޭނުމަށް އެބިމުގައި 14 ބުރީގެ ކޯޓް ކޮމްޕްލެކްސްއެއް އެޅުމަށް ކުރިން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން 2014 ވަނަ އަހަރު ބުނެފައިވެއެވެ.

މި ބިންތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލާައިރު، ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 24 ވަނަ ދުވަހެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް