Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އެންމެފަހުން "އެޅިހާ ބަތަކަށް ރިހަ" ކިޔާން އެއްކަލަ އިންޑިއާ ފައިބުޑަށް

މިސަރުކާރުން ވެރިކަމަށް އައުމަށްޓަކައި އެންމެ ބޮޑަށް ބޭނުންކުރި އެއްޗަކީ "އިންޑިއާ އައުޓެވެ. ކުރީގެ ސަރުކާރާމެދު ރައްޔިތުން ނަފްރަތު ކުރުވުމަށް އޭރުގެ އިދިކޮޅުން އިންޑިއާއޭ ކިޔައިގެން ނުގޮވާކަ އެއްޗެއް ނެތެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2024 | އާދީއްތަ 08:02
ޑރ މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި

ޑރ މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި

މީހުން ބުނެ އުޅެއެވެ. "ގެންދަވާނީ ދައްކަވާން ހުރި ތަނެއް ދައްކަވާފައެވެ" އެއީ ހަމަ އެންމެ މީހަކަށްވެސް ދެކޮޅު ހެދެން ނެތް އިލާހީ ޤާނޫނެވެ. އޭގެ އެއް މިސާލީ އަދުގެ ސަރުކާރެވެ. ކިޔަވާ ކުދިން ޔުނިވަރސިޓީ ތަކުގައި ބޭނުން ކުރާން ވިއަސް، ތާރީޚް ލިޔާމީހުން އަންނާން އޮތް ޖީލުތަކަށް ބުނެދޭން ކަމަށްވިއަސް ރައީސް ޑރ މުއިއްޒުގެ ސަރުކާރަކީ އޭގެ ދިރިހުރި މިސާލެކެވެ.

މިސަރުކާރުން ވެރިކަމަށް އައުމަށްޓަކައި އެންމެ ބޮޑަށް ބޭނުންކުރި އެއްޗަކީ "އިންޑިއާ އައުޓެވެ. ކުރީގެ ސަރުކާރާމެދު ރައްޔިތުންގެ ނަފްރަތު ކުރުވުމަށް އޭރުގެ އިދިކޮޅުން އިންޑިއާއޭ ކިޔައިގެން ނުގޮވާކަށް އެއްޗެއް ނެތެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އޮފް ކަނޑުވާލާ ރައްޔިތުންގެ ހިތްތައް އަތުލުމަށް ޖެހި މަޅިއަކީ އިންޑިއާ އައުޓެވެ. މިއީ އޭރުވެސް އަދި މިހާރުވެސް މުޅި ރާއްޖޭގެ އެންމެންނަށް ސާފު ކަމެކެވެ. އަދި ކާފީ ހެކީގެ ގޮތުގައި އޭރުގެ ފޮޓޯތަކާއި ވީޑިއޯތައް އަދި އިންޓަވިއުތަކާއި ޖަލްސާތަކާއި މުޒާހަރާތަކުގެ ސްޕީޗްތަކުގައި އެހެރީ ނުފޮރުވޭވަރަށް ރައްކާ ކުރެވިފައެވެ. އެއިން ރެކިގަނެގެން ސަލާމަތް ނުވެވޭވަރަށް އެތަކެތި އެހުރީ ހާމައަށެވެ.

އޭރުގެ އިދިކޮޅު ލީޑަރު އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިސްކޮށް ހުންނަވައިގެން މާތްވެގެން އިސްލާމްދީނަށްޓަކައި ރާއްޖޭގެ މިނިވަންކަމަށްޓަކައި އަދި ގައުމުގެ ހަމަޖެހުމަށްޓަކައި އިންޑިއާއައުޓް މިބަސް ބޭނުން ކޮށްގެން ނުކުރާ ހަމަ އެންމެ ކަމެއްވެސް ނެތެވެ. އިންޑިއާގެ އެހީތެރިކަން ހޯދާ ދިވެހި ސަރުކާރުން ކުރަމުންދިޔަ ކަންކަން އޭރު ކަމަކު ނުދިޔައެވެ. އިންޑިއާއާއެކު ހެދި އެއްބަސްވުންތައް އެއީ ސިއްރު ކޮށްގެން ވާނެ އެއްޗެއް ނޫންކަމަށް ގޮވަމުންދިޔައިރު އެއެއްބަސްވުންތަކަކީ ރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ވެއްޓިފައިވާ އެއްބަސްވުންތަކެއް ކަމަށް ފާޅުގައި ގޮވަމުންދިޔައެވެ. އެއެއްބަސްވުންތަކާއެކު ރާއްޖޭގެ މައްޗަށް ބާރު ފޯރުވަނީ އިންޑިއާއިން ކަމަށާއި ސަރުކާރު ކޮންޓްރޯލް ކުރަނީ ސީދާ އިންޑިއާއިން ކަމަށް އޭރު އަޑު ހަރުކޮށް ގޮވަމުން ދިޔައެވެ. ވެރިކަމަށް އާދެވުމުންވެސް އެފަތިވަރު ހުއްޓައެއް ނުލެއްވިއެވެ. ކުރުގޮތަކަށް ބުނެ ނިންމާލާނަމަ ރައީސް މުއިއްޒު އިންޑިއާއަށް ވިދާޅުވީ "ރަތްމަހަކަށްވެސް ނުގޮވާހާ އެއްޗިއްސެވެ"

"ލޯބިވިއަސް ވާންވާނީ ހިތަށް ކުޅަދާނަ މިންވަރަކަށް ކަމަށާއި، އަދާވާތްތެރިވިއަސް ވާންވާނީ ހިތަށް ކުޅަދާނަ މިންވަރަކަށް ކަމަށް" މަޝްހޫރު ނައިފަރު ދޮހޮއްކޮގެ ލަވައިގާ ބުނެފައި އެވަނީ އާދައިގެ މޭރުމަކުން ނޫނެވެ. މައިގަނޑަކީ ހައްދެއް އޮންނަންވާނެ ކަމާއި އަނެކާވެސް އެނބުރި އެމީހާގެ ގާތައް ދާން ޖެހޭނެކަން ގަބޫލުކުރަން ޖެހޭނެ ކަމެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް މިލިބުނީ އެލަނޑެވެ. އަދި މިއުޅެނީ ވެރިކަމަށް އަހަރެއް ނުވެއެވެ. ހީކުރި ގޮތައް އެއްކަމެއްވެސް ނުހިނގިއެވެ. ފައިސާ ދޭންބުނި ބޭރުގެ ކަރަތަކުން ލިބުނު އެއްޗެއް ނެތެވެ. ނާށިގަނޑު ދީފައި ފޮނުއްވި ހުރިހާ ވަޒީރުންވެސް ވަޑައިގެންނެވީ ހުސްއަތައެވެ. ލޯނުތައް މައާފްކޮށްދިނުމާއި ފަސްކޮށްދޭނެ ކަމަށް ލިބުނުކަމަށްބުނި ފެހިސިގްނަލްތައް "ގަދަ ރަތަށް" ބަދަލުވީއެވެ. ވީކަމެއް ހަރާމުން ހަރާމެވެ. ވިރުވިހާ ތިމަރަ ދަގުޔަށްވީއެވެ. ހަތަރު އަނާވެސް ދިއްކޮށްލާނެ މީހަކު ނެތި ހަފުސްވީއެވެ. ބައިނަލް އަގްވާމީ މިންކުރާ ޖަމާއަތްތަކުން ބުނާ ގޮތައް ރާއްޖެ ބަނގުރޫޓުވުމާ ކައިރިވީއެވެ.

ސަރުކާރަށް ހަސްނެތި ގޮތް ހުސްވީއެވެ. އެއްކަލަ އިންޑިއާއާ ދިމާލަށް ދީލާލަން މަޖްބޫރުވެ އަނބުރާހޭރިޔާކޮށް އެދިމާލަށް ދީލާލީއެވެ. ކުރިން ކީހާ ޅެންތަކުގެ ހާސަރު ބަދަލުކޮށް މުޅި ރާގު އަނެއް އަތަށް އަނބުރާލީއެވެ. ގޮވިހާ ކުނިހުތުރާއި އަޑާ ފުރައްސާރަ އޮބޭހާ މިންވަރަށް ހުޝާމިދުކޮށް ރީތި ޅެންތަކާއި ފަރިހިތަކުން ސަނާކިޔަންފެށީއެވެ. އެއްކަލަ ޑޯނިއާވެސް ދުއްވަން ފެށީއެވެ. ހެލިކޮޕްޓަރުގެ އޮޕަރޭޝަން މެކުހަށެވެ. އިންޑިއާ ސިފައިން ލައިގެންނެވެ. އެވެރިންނަށް ބަވަން ގެންގުޅުނު ދެތިން ކުދިން "ނަމެއްގައި ގުރުބާންކޮށް" ނައިބު ވަޒީރު ކަމުން ނެގުވީއެވެ.

ކޮންމެއަކަސް ރައީސް މުއިއްޒު އެވަނީ އިންޑިއާއަށް ވަޑައިގަންނަވަން ނިންމަވާފައެވެ. ދެވަނަ ދެކަމަކު ނޫނެވެ. މާލީގޮތުން ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްވުމަށް ރުފިޔާފޮއްޗެއް ލިބޭތޯއެވެ. ސަރުކާރު ހިންގާނެ ފައިސާ ހޯދުމަށެވެ. ތަރައްގީގެ މަޝްރޫއުތައް ނުހިންގުނަސް ވެރިކަން ސަލާމަތް ކުރެވޭވަރުގެ އެއްޗެއް ލިބޭތޯ އާދޭސް ކުރުމަށެވެ. އިންޑިއާގެ ކަމުވޮށިގެންވާ މީހުންނާއި ނޫސްވެރިން ބުނަމުން އެދަނީ އިންޑިއާ އޮތީ އެކަމަށް ތރައްޔާރަށް ކަމަށެވެ. ދިވެހި ސަރުކާރުންވެސް ބުނަމުން އެދަނީ އިންޑިއާއިން އެހީތެރިވާނެކަމުގެ ޔަގީންކަން ނުވަތަ އުއްމީދު ބޮޑުކަމަށެވެ. އެކަމަކު ސުވާލަކީ ވެރިކަން ވެއްޓުނަ ނުދީ ހިފަހައްޓާލާނެ ކައްތިރިއަކަށް އިންޑިއާ ހަމަ ހުރެފަ ވެދާނެ ހެއްޔޭއެވެ. އޭގެ އަގެއް ދައްކަން ނުޖެހޭގޮތައް ރުފިޔާ ފައިސާ ގޯންޏެއް އޮއްސާލަފާނެ ހެއްޔެވެ. އަމުދުން އިންޑިއާއާ އެވަރުގެ ބޮޑު ހަތުރަކަށް ހިތުން ރުހުމުން އެއްޗެއް ދިއްކޮށްލަފާނެ ހެއްޔެވެ. ސަރުކާރުން އެދަނީ ސަލާން ޖަހާށެވެ. އެންމެފަހުން ގޮތްހުސްވެ އެއްކަލަ އިންޑިއާ ގާތަށެވެ. މިފަހަރު އެޅިހާ ބަތަކަށް ރިހަ ކިއުމަކީ ދުރު ކަމެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

27 އެޕްރީލު 2019
އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

23 އެޕްރީލު 2019
އެމްޑީޕީ އޮތީ ދެކަފިވެފައެއް ނޫން، ފުރިހަމަވެ ފައްކާވެފައި

އެމްޑީޕީ އޮތީ ދެކަފިވެފައެއް ނޫން، ފުރިހަމަވެ ފައްކާވެފައި

19 އެޕްރީލު 2019
ގާނޫނީ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ރައްކާތެރިކަން ނުލިބޭ!

ގާނޫނީ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ރައްކާތެރިކަން ނުލިބޭ!

17 ފެބުރުއަރީ 2019
ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟

ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟

15 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު