Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަތުހަރު މަރުވުން

އަތުހަރު މަރުވި ގޮތާމެދު އާއިލާއިން ސުވާލު އުފައްދައިފި

އާއިލާ އިން ޕޯސްޓްމޯޓަމް ހަދާކަށް ބޭނުމެއް ނޫން

ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2024 | ހޯމަ 15:52
އާދަމް އަތުހަރު ފުލުހުން އޭނާގެ ބޮލުގައި ޖެހުމުން ވެއްޓިފައި

އާދަމް އަތުހަރު ފުލުހުން އޭނާގެ ބޮލުގައި ޖެހުމުން ވެއްޓިފައި

އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު މަރުވި ގޮތާމެދު އޭނާގެ އާއިލާއިން ސުވާލު އުފައްދައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި އަތުހަރު ހައްޔަރު ކޮށްފައި ހުއްޓާ ފުލުހުން ބުނީ އޭނާ މަރުވީ ޖަލުގައި ދަންޖެހުމުން ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮށްނެވެ.

Advertisement - newsAdvertisement

އަތުހަރުގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު ތަސްމީން މިހާދިސާ އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނީ އަތުހަރު މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ބުނި ނަމަވެސް، އަތުހަރުގެ އިސްކޮޅުގައި 6 ފޫޓު ވަރު ހުންނާނެ ކަމަށާއި، ދަންޖެހެން އެއަށްވުރެ މައްޗަށް އަރަން ޖެހޭނެ ކަމަށް ލަފާކުރެވޭ އިރު އެކަން އޭނާ ކުރާނީ ކިހިނެއްކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އަތުހަރު މަރުވީ ހޯމަ ދުވަހު ހަވީރު 4:08 ގައި ކަމަށާއި، ދަންޖެހިފައި ހުރިނަމަ ކަރުގައި ރަތްވެފައި ހުންނާނެ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ނިޝާނެއް ނުފެނުނު ކަމަށް ތަސްމީން ބުންޏެވެ.

ތަސްމީން ބުނީ އާއިލާއިން އަތުހަރުގެ ޕޯސްޓްމޯޓަމް ހަދާކަށް ބޭނުމެއް ނުވާކަމަށާއި، ބޭނުންވަނީ އަވަހަށް ވަޅުލުމަށް ކަމަށެވެ.

ތަސްމީން ބުނި ގޮތުގައި ފުލުހުންނާއި ބައްދަލުކޮށް އަތުހަރު ދަންޖެހިފައި ހުރި ފުޓޭޖް އާއިލާއިން ވަނީ އެދިފައެވެ.

ފުލުހުން ހޯމަ ދުވަހު އާންމުކުރި މައުލޫމާތު ގައިވާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އާދިއްތަ ދުވަހު އިރު އޮއްސި 7:02 ގަ އެވެ.

ފުލުހުން ބުނެފައިވަނީ ހޯމަ ވިލޭރޭ 7:14 ވީއިރު އަތުހަރު ލޯންޗެއްގައި މާލެ ގެނައި ކަމަށާއި 7:17 ގައި އެމްބިއުލާންސަށް އަރުވައި 7:25 ވީއިރު އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ކަމަށެވެ.

އަތުހަރު ހައްޔަރު ކުރުމުގެ ތެރޭގައި އޭނާގެ ބޮލުގައި ފުލުހަކު މުގުރުން ޖަހާ ތަނާއި އެވަގުތު އޭނާ ބިންމައްޗަށް ވެއްޓޭ މަންޒަރު ފެނެއެވެ. ފުލުހުން ދީފައިވާ މައުލޫމާތައް ބަލާއިރު އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް ގައި ވެސް އަތުހަރަށް ވަނީ ޖަލަށް ގެންދިއުމުގެ ކުރިން ފަރުވާ ދީފައެވެ. ފުލުހުން ކުރިން ބުނީ ޖަލަށް ގެންދިޔަ އިރު އޭނާގެ ޓެސްޓް ތަކުގެ ނަތީޖާ ރަނގަޅު ކަމުގައެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ލޯޑަރެއް ދަށުވެ ކުއްޖަކު މަރުވި މައްސަލައިގައި ޑްރައިވަރަށް ދައުވާ ކޮށްފި

16 ފެބުރުއަރީ 2017
ލޯޑަރެއް ދަށުވެ ކުއްޖަކު މަރުވި މައްސަލައިގައި ޑްރައިވަރަށް ދައުވާ ކޮށްފި
15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
15 ފެބުރުއަރީ 2017

ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!

15 ފެބުރުއަރީ 2017
ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!
14 ފެބުރުއަރީ 2017

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު