Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަމީމަށް ޙަމަލާދިން މައްސަލަ

ޝަމީމަށް ޙަމަލާދިން މައްސަލަ: 7 މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މަރަން އުޅުމުގެ ދައުވާކޮށްފި

25 އޯގަސްޓު 2024 | އާދީއްތަ 05:39

ހައްޔަރުކުރި 7 މީހުންގެ މައްސަލަ ތަހުގީގު ނިމި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ އޮގަސްޓު މަހުގެ 18 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 އޯގަސްޓު 2024 | އާދީއްތަ 05:39
ޝަމީމަށް ޙަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހުން

ޝަމީމަށް ޙަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހުން

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލައިފިއެވެ.

ޕީޖީ ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައާއި ގުޅިގެން ހައްޔަރުކުރި 7 މީހުންގެ މައްސަލަ ތަހުގީގު ނިމި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ އޮގަސްޓު މަހުގެ 18 ވަނަ ދުވަހުއެވެ. ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އޮގަސްޓު 22 ވަނަ ދުވަހު ދައުވާތައް ވަނީ ކޯޓަށް ހުށަހަޅާފައެވެ.

Advertisement - newsAdvertisement

އޭގެ ތެރެއިން ރ. އަލިފުށި، ރިވެލި، މިދުޙަތު އާދަމްގެ މައްޗަށް އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އުފުލާފައިވާ ސަބަބަކީ މިދުޙަތު އާދަމް އިތުރު ބަޔަކާއެކު، ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ 07:42 އެހައިކަށްހައިއިރު، ކ. މާލެ، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި، ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީކަމަށް ޕީޖީ އޮފީހުން ބުނއެވެ.

ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުޙައްމަދު ޖަޒްލާންގެ މައްޗަށްވެސް އުފުލާފައިވެއެވެ. އެއީ މުޙައްމަދު ޖަޒްލާން އިތުރު ބަޔަކާއެކު، ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ ހެދުނު 07:42 އެހައިކަށްހައިއިރު، މީނާއާއެކު މިކަމުގެ ބައިވެރިވި މީހުންގެ ތެރެއިން މިދުޙަތު އާދަމް ގޮވައިގެން ސަކަލެއްގައި ކ. މާލެ، ނޫރު މިސްކިތް ކައިރިއަށް ގެންދިޔުމުން، އެވަގުތު އެތާ ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި،  މިދުޙަތު އާދަމް ސައިކަލުން ފައިބައިގެން ގޮސް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑު ޒަހަމްކޮށްލުމަށްފަހު އައިސް ސައިކަލަށް އެރުމުން، މިދުޙަތު އާދަމް ގޮވައިގެން އެތަނުން ގޮސްފައިވާތީކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އޭގެ އިތުރުން، ދަފްތަރު ނަންބަރު ދރ 2247، އަޙްމަދު މައިސާން ހާޝިމްގެ މައްޗަށްވެސް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އުފުލާފައިވެއެވެ. އެއީ އަހްމަދު މައިސާން ހާޝިމް އިތުރު ބަޔަކާއެކު، ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ 07:42 އެހައިކަށްހައިއިރު، މީނާއާއެކު ބައިވެރިވި މީހުންގެ ތެރެއިން މިދުޙަތު އާދަމް ސައިކަލެއްގައި ކ. މާލެ، ނޫރު މިސްކިތް ކައިރިއަށް ގޮސް އެވަގުތު އެތާ ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި، މިދުޙަތު އާދަމް، ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީއާއި، ހަމަލާދިނުމަށް ބޭނުންކުރި ސައިކަލު ހޯދައިދީ އެކަމަށް މީނާ މަގުފަހިކޮށްދީފައިވާތީކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަޠީފްއާއި، ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ޙުސައިންއާއި، ތ. ދިޔަމިގިލި، ރުވާ، އަބާން ޢަބްދުލްހަންނާނުއާއި އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަޞީރުގެ މައްޗަށް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އުފުލާފައިވެއެވެ. އެއީ އެމީހުން ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ ހެދުނު 7:42 އެހައިކަށްހައިއިރު، މިކަމުގެ ބައިވެރިވި މިދުޙަތު އާދަމް ސައިކަލެއްގައި ގޮސް ކ. މާލެ، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީއާއި، މި ހަމާދިން އިރު، ހަމަލާދީ ނިމެންދެން އެމީހުން ކާރެއްގައި އެތަނުގައި މަޑުކޮށްގެން އިނދެފައިވާތީއާއި، ހަމަލާދީ ނިމުމުން، ހަމަލާދިން މީހުންނާއެކު އެސަރަހައްދުން ގޮސްފައިވާތީއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް