Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރީހެބިލިޓޭޝަން ޕްރޮގްރާމް

މިދިޔަ އަހަރު ފަރުވާގެ އަމުރާ ހިލާފުވި 173 މީހުން ހުކުމް ތަންފީޒު ކުރުމަށް އަމުރުކޮށްފައިވޭ: ޑްރަގް ކޯޓު

18 އޯގަސްޓު 2024 | އާދީއްތަ 13:19

ފަރުވާ ނިޒާމް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ ހޭދަ އިތުރުކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 18 އޯގަސްޓު 2024 | އާދީއްތަ 13:19
ޑްރަގް ކޯޓު

ޑްރަގް ކޯޓު

ފަރުވާގެ އަމުރާ ހިލާފުވެގެން މިދިޔަ އަހަރުގެ ތެރޭގައި 173 މީހެއް ވަނީ ފަރުވާއިން ވަކިކޮށް، ފުރަތަމަ ހުކުމް ތަންފީޒު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ޑްރަގް ކޯޓުން ބުނެފިއެވެ.

2023 ވަނަ އަހަރު ޑްރަގް ކޯޓުން ކޮށްފައިވާ ރީހެބިލިޓޭޝަން އަމުރުގެ ދަށުން ކާމިޔާބު ކަމާއެކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށްޓަކައި ކޯޓުން ޚާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ.

Advertisement - newsAdvertisement

މި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒާ ލުބްނާ މުހައްމަދު ޒާހިރު ހުސެއިން ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށްފަހު ހިންގޭ ފަރުވާ ޕްރޮގްރާމްތައް ނިންމައި މުޖުތަމައުއަށް ނުކުންނަ މީހުންނަށް ވަޒީފާ ހޯދަން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ފަރުވާ ހޯދާ ފަރާތްތަކަށް މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ލުބުނާ ވިދާޅުވީ ފަރުވާ ނިޒާމް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ ހޭދަ އިތުރުކޮށް، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި މިކަމަށް އިތުރު 30 މިލިއަން ރުފިޔާ ހިމަނަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ޑްރަގް ކޯޓުގެ އިސްގާޒީ އަލްއުސްތާޒު އަބްދުއްސައްތާރު އަބްދުލްހަމީދު ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކުން އެކަމުން ސަލާމަތްވުމަށް ކުރާ މަސައްކަތަކީ އެހީ ފަސޭހަ ކަމެއް ނޫން ކަމަށާއި، އެކަމުގައި ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް ހުރަސްކޮށް އަލުން މުޖުތަމައުއަށް ޒިންމާދާރު ގޮތެއްގައި ނުކުތުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ހިތްވަރު ދޭންޖެހޭ ކަމަށެވެ. އަދި ޑްރަގް ކޯޓުން ފަރުވާއަށް އަމުރުކުރި ނަމަވެސް ފަރުވާ ދޭން ތިބި ކައުންސިލަރުންނާ އެކަމަށް ބޭނުންވާ ވަސީލަތްތައް މަދުވުމުން ބައެއް ފަހަރު ފަރުވާ ނުފެށި ލަސްވަމުންދާކަން ފާހަގަކުރެވޭ ކަމަށާއި، އެފަދަ ކަންކަމަށް ހައްލު ލިބި ފަރުވާގެ ކަންކަން އަވަހަށް ފެށި ޕްރޮގްރާމްތައް ނިމިގެން ދިޔުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.

ޑްރަގް ކޯޓުން ބުނީ ވޭތުވެދިޔަ އަހަރު، އެކޯޓުން 586 މީހެއްގެ މައްޗަށް ފަރުވާއަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި 419 މީހެއް އެ އަހަރުގެ ތެރޭގައި ފަރުވާ ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެކޯޓުން ބުނީ ފަރުވާގެ އަމުރާ ހިލާފުވެގެން މިދިޔަ އަހަރުގެ ތެރޭގައި 173 މީހެއް ވަނީ ފަރުވާއިން ވަކިކޮށް، ފުރަތަމަ ހުކުމް ތަންފީޒު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

5

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް