Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓީޗަރުން އިތުރުކުރުމުގެ މަސައްކަތް

ޓީޗަރުންނަށް ވާން ބޭނުންވާ ދަރިވަރުންނަށް 1500 ރުފިޔާގެ އެލަވަންސެއް ދޭން ނިންމައިފި

ދަރިވަރުންނާ މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއް ހަދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 2 އޯގަސްޓު 2024 | ހުކުރު 12:50
އިނގިރޭސިބަސް ކިޔަވައިދޭ މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު އިތުރު ކުރުމަށް ކުރިއަށްގެންދާ ޓީއޯޓީ ޕްރޮގްރާމުގެ ތެރެއިން

އިނގިރޭސިބަސް ކިޔަވައިދޭ މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު އިތުރު ކުރުމަށް ކުރިއަށްގެންދާ ޓީއޯޓީ ޕްރޮގްރާމުގެ ތެރެއިން

އޭލެވެލް ކިޔެވުމުގެ މަރުހަލާ ފަށާ ދަރިވަރުންގެ ތެރެއިން ޓީޗަރުންނަށް ވާން ބޭނުންވާ ދަރިވަރުންނަށް ޚާއްސަ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ބައެއް މީޑީއާތަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދިވެހި ޓީޗަރުން މަދުވުމަކީ ކަންބޮޑުވުމެއް ކަމަށާއި، ތައުލީމީ ދާއިރާއަށް ދިވެހި ގާބިލް ޓީޗަރުން ނެރެން ޖެހޭ ކަމަށެވެ. ދިވެހި ޓީޗަރުން ނެރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އަންނަ ސެޕްޓެމްބަރު މަހު އޭ ލެވެލް ފަށާ ދަރިވަރުންގެ ތެރެއިން ތައުލީމީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް 1500 ރުފިޔާގެ ޚާއްސަ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

ޓީޗަރުންނަށް ވާން ބޭނުންވާ ދަރިވަރުންނަށް ޚާއްސަ އެލަވަންސެއް ދޫކުރާނެ އުސޫލު އެޑިއުކޭޝަން މިނިސްޓްރީން ހާމަ ނުކުރި ނަމަވެސް ދަރިވަރުންނާ މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއް ހަދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓީޗަރުން ބިނާކުރުމުގެ ގައުމީ ޕްރޮގްރާމް މިމަހުގެފަހުކޮޅު ނުވަތަ ސެޕްޓެންބަރު މަހުގެ ކުރީކޮޅު އިފްތިތާހު ކުރާނެ ކަމަށާއި، ކޮންސެޕްޓް ނިމިފައިވާ ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން އުފައްދާ ޓީޗަރުންނަކީ ގައުމަށް ބޭނުންވާ ކުދިންނަށް އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދޭނެ ގާބިލް ޓީޗަރުންނަށް ވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި ޓީޗަރުންގެ އަދަދު ނިސްބަތުން މަދެވެ. 2000ށް ވުރެ ގިނަ ބޭރުގެ ޓީޗަރުން މަސައްކަތް ކުރާއިރު، ސަރުކާރުން އަމާޒު ހިފާފައިވަނީ ބޭރުގެ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ދާއިރާއަށް ނެރުމަށެވެ.

ކުރާ މަސައްކަތާ އެކަށީގެންވާ މުސާރައެއް ނުލިބޭ ކަމަށް ބުނެ ތައުލީމީ ދާއިރާއަށް ވަންނަ ޒުވާނުންގެ އަދަދު މަދުވެ، ގާބިލް ޓީޗަރުން ވެސް ދާއިރާ ދޫކޮށްލާފައިވެއެވެ. މިމައްސަލަތަކަށް ހައްލު ގެނައުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންގެ މުސާރަ ވަނީ ބޮޑު ކޮށްދީފައެވެ. ޓީޗަރުންގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ، 5 ރޭންކަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ޑިޕްލޮމާ ފެންވަރުގެ ޓީޗަރެއްގެ މުސާރަ 10،000ން 13،000ށް އިތުރުވެގެންދާއިރު، ޑިގްރީ ފެންވަރުގެ ޓީޗަރުންގެ މުސާރަ 13،000ން 19،000ށް ވަނީ ބޮޑުކޮށްފައެވެ. އަދި މާސްޓަރސް ފެންވަރުގެ ޓީޗަރުންގެ މުސާރަ 15،000ން 20،000ށް އިތުރުކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ސަރުކާރުގެ ވެރިން ބޭނުން ވަނީ ސަރުކާރު ބޭނުން ކޮށްގެން މުއްސަނދިވާން: އަމީރު

05 މާރިޗު 2017
ސަރުކާރުގެ ވެރިން ބޭނުން ވަނީ ސަރުކާރު ބޭނުން ކޮށްގެން މުއްސަނދިވާން: އަމީރު
26 ފެބުރުއަރީ 2017

ޓައިނީ ހާޓްސްއަށް ޔުނިވަރސަލް ފައުންޑޭޝަނުން އެހީތެރިވާން ނިންމައިފި

26 ފެބުރުއަރީ 2017
ޓައިނީ ހާޓްސްއަށް ޔުނިވަރސަލް ފައުންޑޭޝަނުން އެހީތެރިވާން ނިންމައިފި
22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު