Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާނިއު އިސްތިއުފާ ދެއްވުން

ކުއްލިގޮތަކަށް ކަސްޓަމްސްގެ ސީޖީކަމުން ވަކިކޮށް ހޯމް މިނިސްޓްރީގެ ސްޓޭޓަކަށް އައްޔަންކުރެއްވި މާނިއު އިސްތިއުފާ ދެއްވައިފި

24 ޖުލައި 2024 | ބުދަ 19:49

ކަސްޓަމްސްގެ ސީޖީކަމުން މާނިއު ވަކިކުރީ 22 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ޖުލައި 2024 | ބުދަ 19:49
މާނިއު ކަސްޓަމްސްގެ ސީޖީއަކަށް އައްޔަންކުރެއްވި ދުވަހު ފަތްކޮޅު އަރުވަނީ

މާނިއު ކަސްޓަމްސްގެ ސީޖީއަކަށް އައްޔަންކުރެއްވި ދުވަހު ފަތްކޮޅު އަރުވަނީ

ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ފަހުން ބަދަލުކުރެއްވި ޔޫސުފް މާނިއު މުހައްމަދު އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްގެ މަގާމަށް މާނިއު އައްޔަންކުރެއްވީ 20 ނޮވެމްބަރު 2023 ގައެވެ. ‏މި މަޤާމަށް ޔޫސުފް މާނިޢު މުޙައްމަދު އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. ނަމަވެސް ދާދި ފަހުން މަޖިލީހުގެ ކޮމިޓީގައި މާނިއު ދެއްކި ބައެއް ވާހަކަތަކަށް އާންމުންގެ ފާޑުކިއުންތައް އަމާޒުވެ، ކަސްޓަމްސްއިން އަމަލުކުރަމުން އަންނަ ބައެއް އުސޫލުތަކަށް ބަދަލު ގެންނަވާ ވާހަކަ ދެއްކެވި ފަހުން މާނިއު ވަނީ ކުއްލި ގޮތަކަށް އެ މަގާމުން ވަކިކުރައްވާފައެވެ.

އަދި މާނިއު އައްޔަންކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށެވެ. މާނިއު ކަސްޓަމްސްއިން ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. ސަރުކާރުން ބުނެފައިވަނީ މާނިއު ކަސްޓަމްސްގެ ސީޖީކަމުން ވަކިކޮށް ހޯމްލޭންޑަށް ބަދަލުކުރެއްވީ ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ. އޭނާ ބަދަލުކުރެއްވީ 22 ޖުލައިގައެވެ.

މާނިއު ކަސްޓަމްސްއިން ވަކިކޮށް ކަސްޓަމްސްގެ ސީޖީގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ފާތިމަދު ދިޔާނާއެވެ.

މާނިއު ކަސްޓަމްސްގެ ސީޖީކަމުން ވަކިކޮށް ހޯމްލޭންޑަށް ބަދަލުކުރައްވާފައިވަނިކޮށް ކުއްލިގޮތަކަށް ވަނީ އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ. އަދި މިކަމާއި ގުޅިގެން ސަރުކާރުންވެސް ވަކިއެއްޗެއް ހާމައެއް ނުކުރެއެވެ.

ކަސްޓަމްސްގެ ސީޖީކަމުގެ މަގާމުން ހޯމްލޭންޑުގެ ސްޓޭޓަކަށް ބަދަލުކުރެއްވުމާއި ގުޅިގެން މާނިއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އެ ހައިސިއްޔަތުން މަސައްކަތް ކުރުމަކީ ލިބުނު ޝަރަފެއް ކަމަށާއި، ހޯމް މިނިސްޓަރު ދެއްވި އެއްބާރުލުމާއި އިރުޝާދަށް ޝުކުރުވެރިވާ ކަމަށެވެ.

ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދުމޯލްޑިވްސް ކަސްޓަމްސް ސާރވިސް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް

16 ނޮވެމްބަރު 2025
51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް
13 ނޮވެމްބަރު 2025

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
29 އޮކްޓޯބަރު 2025

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

29 އޮކްޓޯބަރު 2025
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!
29 އޮކްޓޯބަރު 2025

ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް

29 އޮކްޓޯބަރު 2025
ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް
29 އޮކްޓޯބަރު 2025

ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކި ކޮށްފި

29 އޮކްޓޯބަރު 2025
ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކި ކޮށްފި
27 އޮކްޓޯބަރު 2025

ކަސްޓަމްސް އިން ގާނޫނާ ޚިލާފަށް ސަލާމަތީ ސެޓްފިކެޓު ނެތް ލޯންޗެއް ދުއްވިކަން ހާމަވެއްޖެ

27 އޮކްޓޯބަރު 2025
ކަސްޓަމްސް އިން ގާނޫނާ ޚިލާފަށް ސަލާމަތީ ސެޓްފިކެޓު ނެތް ލޯންޗެއް ދުއްވިކަން ހާމަވެއްޖެ
02 އޮކްޓޯބަރު 2025

ލޫޓުވައިފި، ލޫޓުވައިފި އެއްވުމާ ދިމާ ކޮށް ކަސްޓަމްސް އިން ބޮޑު މަސް ރޭހެއް ރާވައިފި

02 އޮކްޓޯބަރު 2025
ލޫޓުވައިފި، ލޫޓުވައިފި އެއްވުމާ ދިމާ ކޮށް ކަސްޓަމްސް އިން ބޮޑު މަސް ރޭހެއް ރާވައިފި
12 ސެޕްޓެމްބަރު 2025

ވަގަށް ނެރުނު ސިނގިރޭޓްތަކަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފި

12 ސެޕްޓެމްބަރު 2025
ވަގަށް ނެރުނު ސިނގިރޭޓްތަކަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފި
17 ޖުލައި 2025

2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް

17 ޖުލައި 2025
2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް