Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެ އިންތިހާބު އެއްކޮށްލުން

ދެ އިންތިހާބު އެއްކޮށްލުމުން ހަރަދު ކުޑަވެ ވޯޓުލާ މީހުންގެ ނިސްބަތް އިތުރުވާނެ - ފުއާދު

ދެ އިންތިހާބު އެއްކޮށްފިނަމަ 130 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޖުލައި 2024 | ބުދަ 13:28
އީސީގެ ރައީސް ފުވާދު ތައުފީޤު

އީސީގެ ރައީސް ފުވާދު ތައުފީޤު

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުން ހަރަދު ކުޑަވެ ވޯޓުލާ މީހުންގެ ނިސްބަތް އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްފިނަމަ 130 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ފުއާދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ކޮމިޝަންގެ މަސައްކަތަށް އުނދަގޫވުމަށްވުރެ ބޮޑަށް ވާނީ ފަސޭހަ ކަމަށެވެ. އެގޮތުން ރައްޔިތުންނަށްވެސް އެކަމުގެ ފަސޭހަތައް ވާނެކަމަށާއި، އިލެކްޝަންސް ކޮމިޝަނަށް ވެސް އެކަމުގެ ފަސޭހަތައް ވާނެކަމަށެވެ.

ފުއާދު ވިދާޅުވީ އުނދަގުލަކަށް ވާނަމަ ވާނީ ވޯޓުލާ ދުވަހު ދެ ކަރުދާސްކޮޅު ދިނުން ކަމަށެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބުގައި ކޮމިޝަނުން އެ ތަޖުރިބާކޮށްފައިވާ ކަމަށާއި، އެކަމަކީ އުނދަގޫ ކަމަކަށް ނުވާ ކަމަށެވެ.

ފުއާދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލަނީ 80 އިންސައްތަ މީހުންކަމަށާއި، ރިޔާސީ އިންތިހާބުގައި ވޯޓުލަނީ 90 އިންސައްތަ މީހުންކަމުގައިވާނަމަ، ދެ އިންތިހާބު އެއްކޮށްލުމުން ވޯޓުލާ މީހުންގެ ނިސްބަތް 90 އިންސައްތައަށްވުރެ މައްޗަށް ދިއުން އެކަށީގެންވާ ކަމަށެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން ބޮޑު ދެ އިންތިހާބު އެއްކޮށްލުމުގެ ވާހަކަ ދެކެވެމުންދާ އިރު، ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 120 މިލިއަން ރުފިޔާ ހަރަދުވިއެވެ. އަދި ރިޔާސީ އިންތިހާބަށް 180 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު