Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ފްރާންސް މެޗަށް ސްޕޭނުގެ ތިން ކުޅުންތެރިއަކު ސަސްޕެންޑް

މި ތިން ކުޅުންތެރިންނަކީ ދެ ޑިފެންޑަރުން ކަމަށްވާ ޑެނީ ކަވަހާލް އާއި ރޮބިން ލެ ނޯމަންޑް އާއި ފޯވަޑް އަދި ކެޕްޓަން އަލްވާރޯ މޮރާޓާ އެވެ.

ރާއްޖެ އެމްވީ | 9 ޖުލައި 2024 | އަންގާރަ 03:05
ސްޕޭނުގެ ކުޅުންތެރިންނަށް ރެފްރީ ކާޑު ދައްކަނީ

ސްޕޭނުގެ ކުޅުންތެރިންނަށް ރެފްރީ ކާޑު ދައްކަނީ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފްރާންސާ ދެކޮޅަށް ސްޕޭނުގެ ތިން ކުޅުންތެރިއަކަށް ނުކުޅެވޭނެހެން ސަސްޕެންޑްކޮށްފި އެވެ.

މި ތިން ކުޅުންތެރިންނަކީ ދެ ޑިފެންޑަރުން ކަމަށްވާ ޑެނީ ކަވަހާލް އާއި ރޮބިން ލެ ނޯމަންޑް އާއި ފޯވަޑް އަދި ކެޕްޓަން އަލްވާރޯ މޮރާޓާ އެވެ. މީގެ އިތުރުން ޖާމަނީ މެޗުގައި އަނިޔާވެގެން ބޭލި ސްޕޭނުގެ މިޑްފީލްޑަރު ރޮޑްރީ އަށް ވެސް މި މެޗުގައި ނުކުޅެވޭނެ އެވެ.

ސްޕޭން ޓީމުގައި ސަސްޕެންޝަނުގެ މައްސަލަ ބޮޑަސް ފްރާންސް ޓީމުގައި މިފަދަ މައްސަލައެއްނެތެވެ. އެޑްރިއަން ރަބިއޯ މި މެޗަށް ނުކުންނާނީ ސަސްޕެންޝަނެއް ނިންމާފަ އެވެ.

މި މުބާރާތުގައި ސްޕޭން ޓީމުން އެންމެ ބޮޑަށް ވިދަމުން އަންނަ ކުޅުންތެރިއަކީ ޗެކްސީގެ މާކް ކުކުރޭޔާ އެވެ. އޭނާ ބުނީ މުހިންމު ދެ ޑިފެންޑަރުން ނެތަސް ފްރާންސްގެ ފޯވަޑުން ހުއްޓުވާނެގޮތް އެނގޭ ކަމަށެވެ.

އޭނާ ބުނީ މުބާރާތުގައި ސްޕޭން ޓީމު ވަނީ ކިތަންމެ ގަދަ ޓީމެއް ވެސް ބަލިކުރެވޭނެކަން ސާބިތުކޮށްދީފައި ކަމަށެވެ. މިހެންވެ ފްރާންސާ ދެކޮޅަށް ސްޕޭން ނުކުންނާނީ ފުރިހަމަ އިތުބާރާއެކުގައި ކަމަށެވެ.

މި މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ކުޅޭނީ މާދަމާ ރޭ އިނގިރޭސިވިލާތާއި ނެދަލޭންޑްސް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
05 ފެބުރުއަރީ 2017

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު