Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

ޕޯޗުގަލް ގައި އޮތީ ތަފާތު ހިތްވަރެއް: މާޓިނޭޒް

މެޗުގެ ނަންބަރުތަކަށް ބެލި ނަމަވެސް، ޕޯޗުގަލް އޮތީ ކުރީގައި ކަމަށާއި، ކުޅުންތެރިން ކުރި މަސައްކަތަށް ތައުރީފު ހައްގު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޖުލައި 2024 | ބުދަ 04:25
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް

ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް

ޕޯޗުގަލް ގައި މިހާރު އޮތީ ތަފާތު ހިތްވަރެއް ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ، ޖަރުމަނުގައި ކުރިއަށްދާ ޔުރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ޕޯޗުގަލް އިން ސްލޮވޭނިއާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ސްލޮވޭނިއާއާ ދެކޮޅަށް ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ ޕެނަލްޓީ ގައި ކުރި ހޯދައިގެންނެވެ.

މާޓިނޭޒް ބުނީ މެޗުގައި ފެނުނީ ސްލޮވޭނިއާ އިން އެމީހުން ރާވާފައި އޮތް ގޮތަށް ކުޅުނު މަންޒަރު ކަމަށެވެ. އެގޮތުން އެޓޭކު ކުރުމުގެ ބަދަލުގައި، ސްލޮވޭކިއާ އިން ދިޔައީ ޑިފެންސް އަށް ވިސްނައިގެން ކުޅެމުން ކަމަށް ވެސް އޭނާ ބުންޏެވެ. އޭގެ ބަދަލުގައި ޕޯޗުގަލް އިން ކުޅެމުން ދިޔައީ އެޓޭކަށް ޖެހިގެން ކަމަށާއި، މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ.

ޕޯޗުގަލްގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ތިބެ ކުޅެމުން ދިޔަ މަންޒަރު ކަމަށާއި، ކޮންމެ ކުޅުންތެރިޔަކު ވެސް ބުރަ މަސައްކަތް ކުރިކަން އޭނާ ފާހަގަ ކުރި އެވެ. މެޗުގެ ނަންބަރުތަކަށް ބެލި ނަމަވެސް، ޕޯޗުގަލް އޮތީ ކުރީގައި ކަމަށާއި، ކުޅުންތެރިން ކުރި މަސައްކަތަށް ތައުރީފު ހައްގު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މާޓިނޭޒް ބުނީ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލް އިން ފްރާންސްއާ ދެކޮޅަށް ނިކުންނަން ޖެހޭއިރު، އެ މެޗަށް ކުޅުންތެރިން ތިބޭނީ ފުރިހަމަ އަށް ތައްޔާރަށް ކަމަށް ވެސް އޭނާ ބުންޏެވެ. އެގޮތުން ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން ވެސް، ޕޯޗުގަލްގެ ކުޅުންތެރިން ތިބޭނީ އެންމެ ފުރިހަމަ އަށް ތައްޔާރަށް ކަމަށް އޭނާ ބުންޏެވެ.

މާޓިނޭޒް ބުނީ، މިވަގުތަށް ބަލާއިރު ޕޯޗުގަލް ގައި އޮތީ ވަރަށް ތަފާތު ރޫޙެއް އަދި ހިތްވަރެއް ކަމަށެވެ. އެހެންކަމުން ފްރާންސް މެޗަށް ނިކުންނައިރު، ޓީމު އޮތް ޙާލަތާމެދު އޭނާ ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް އޮތް ކަމަށް ނުދެކޭ ކަމަށް މާޓިނޭޒް ބުންޏެވެ. ފްރާންސް މެޗަށް ނިކުންނާނީ، ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅުކޮށް، އިތުރު ހިތްވަރަކާއެކު ކަމަށް ވެސް މާޓިނޭޒް ބުންޏެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލް އިން ފްރާންސްއާ ދެކޮޅަށް ނިކުންނާނީ ހުކުރު ދުވަހުގެ ރޭ ދަންވަރު، ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ޔޫރޯ 2024 (ޖަރުމަނު)ޕޯޗުގަލްރޮބާޓޯ މާޓިނޭޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި

ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި

20 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް

ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް

19 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު